އުރީދޫން މި އަހަރުގެ ކަލަންޑަރާ ގުޅުވާ ލޯންޗް ކުރި ޗެޓްބޮޓްއިން މި މަހު ސަންތި މަރިޔަނބާ ޗެޓު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
07 އެޕްރީލް 2025
އުރީދޫން މި އަހަރުގެ ކަލަންޑަރާ ގުޅުވާ ލޯންޗް ކުރި ޗެޓްބޮޓްއިން މި މަހު ސަންތި މަރިޔަނބާ ޗެޓު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
"ފިއުޗާ މީޓްސް ނޮސްޓަލްޖިއާ"ގެ ނަމުގައި އުރީދޫއިން މިއަހަރަށް ލޯންޗުކުރި ކަލަންޑަރަކީ ރާއްޖޭގެ ފޯކްލޯ ވާހަކަތަކުގައި ހިމެނޭ ކެރެކްޓަރުތައް ހިމަނާ ނެރުނު ކަލަންޑަރެކެވެ. އެ ކަލަންޑަރުގައި ކޮންމެ މަހަކަށް ހާއްސަ ވަކި ކެރެކްޓާއެއް ހުރެ އެވެ. އަދި ކަލަންޑަރުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ނުވަތަ އެންއެފްސީގައި ފޯނު ޖެއްސުމުން ލިބޭ ލިންކަށް ވަދެގެން އެ މަހަކަށް ހާއްސަކޮށްފައިވާ ކެރެކްޓަރާ ޗެޓު ކުރެވޭނެ އެވެ.
އުރީދޫން އިން ކޮންމެ މަހަކަށް ވެސް ތަފާތު ހާއްސަ ކެރެކްޓާއެއް ވަނީ ހިޔާރު ކޮށްފަ އެވެ. ޖުމްލަ 12 ކެރެކްޓަރާ ޗެޓްކުރުމުގެ ފުރުސަތު ލިބޭއިރު، ކޮންމެ މަހަކު އާ ކެރެކްޓާއެއް އަންލޮކްވާނެ އެވެ. ކެރެކްޓަރުންނާއި ޗެޓު ކުރެވޭނީ އަންލޮކްވުމުންނެވެ. މި މަހު އަންލޮކްވި ސަންތި މަރިޔަނބާއި އެކު މިހާރު ފޫޅުދިގު ހަންޑި އަދި ސަފަރުކައްދަ، މި ތިން ކެރެކްޓަރާ ޗެޓު ކުރެވޭނެ އެވެ. މި ކެރެކްޓަރުންނާއި އެކި ސުވާލުތައް ކުރުމާއި އެ ކެރެކްޓާއާ ގުޅޭ އެކި މައުލޫމާތުތައް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
އުރީދޫއިން ބުނީ ކޮންމެ ކެރެކްޓާއެއްގެ ޗެޓްބޮޓް ޗެޓުކުރުމުގައި ގެންގުޅޭނީ އެ ކެރެކްޓަރަކާ ގުޅޭ ސިފަތައް ކަމަށެވެ. މި ޗެޓްބޮޓުގައި ދިވެހި އަދި އިނގިރޭސިން ޗެޓު ކުރެވޭނެ އެވެ.
އުރީދޫއިން ބުނީ މި ފަހަރުގެ ކަލަންޑަރު ރާއްޖޭގެ ފޯކްލޯރުތައް ހިމަނާ ތައާރަފްކުރީ އެ ވާހަކަތައް އަންނަން އޮތް ޖީލާ ހަމައަށް ފޯރުކޮށްދީ، ރާއްޖޭގެ އެފަދަ އެކި ވާހަކަތަކަށް ޒުވާނުންގެ މެދުގައި އޮތް ޝައުގުވެރިކަން އިތުރުކުރުވުމަށް ކަމަށެވެ.
ރާއްޖެއާ ގުޅޭ އެކި މައުލޫމާތާއި ކަންތައްތައް ހިމަނައިގެން، އެންމެ ފަހުގެ ޓެކްނޮލޮޖީތަކުގެ އެހީގައި އުރީދޫން ކޮންމެ އަހަރަކު ވެސް އަންނަނީ ކަލަންޑަރުތައް ނެރެމުންނެވެ.
ހާވާޑުން އުރީދޫގެ ދެ މުވައްޒަފަކަށް ތަމްރީނު ދީފި
އިންޓާ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕަށް ހުޅުވާލައިފި
އުރީދޫން 19 އުމްރާ ދަތުރާއި ހައްޖު ދަތުރެއް ދެނީ
އުރީދޫން އަހަރީ ދުވަހުގެ ކެމްޕެއިން ލޯންޗުކޮށްފި
އެމްފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ
އީސްޕޯޓްސް ފެސްޓިވަލް ކާމިޔާބުކަމާ އެކު ނިންމާލައިފި
ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް ކުރިއަށް ދަނީ
ރާއްޖޭގެ 80 ޕަސެންޓަށް އުރީދޫ 5ޖީ ހިދުމަތް ދެނީ
އުރީދޫން ހިއްސާއަކަށް 3.43ރ. ބަހަނީ
އުރީދޫން ހުޅުމާލޭ ބޮޑުމިސްކިތް އޭސީކޮށް، މަރާމާތުކޮށްފި