ރާއްޖޭގައި ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލު ޓިކްޓޮކްގެ އިސް ބޭފުޅުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.
16 އެޕްރީލް 2025
ރާއްޖޭގައި ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލު ޓިކްޓޮކްގެ އިސް ބޭފުޅުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.
ރާއްޖޭގައި ޓިކްޓޮކުން ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ ޕްލެޓްފޯމްގެ އިސް ބޭފުޅުންގެ ވަފުދެއް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެ ވަފުދުގެ ބޭފުޅުންނާ އެކު ރައީސް މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖެ ޑިޖިޓަލައިޒްކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރު ހިއްސާ ކުރެއްވި އެވެ.
އެ ތަސައްވަރަށް ޓިކޮޓޮކްގެ ފަރާތުން އެއްބާރުލުންދޭނެ ކަމަށް ވަފުދުގެ ބޭފުޅުން ޔަގީންކަން އެރުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖެ އާއި ޓިކްޓޮކް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށް ބުންޏެވެ.
ޓިކްޓޮކްގެ ބޭފުޅުން އިއްޔެ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނާ އެކު ވެސް ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ މަޝްވަރާތަކުގައި ވަނީ ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްވަރާތައް ޓިކްޓޮކާ އެކު ކޮށްފައި ވަނީ ކުރިއަރަމުން އަންނަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅަކަށް ވާތީ އެވެ.
ޓިކްޓޮކް ވީޑިއޯ ހަދާ މީހުންނަށް މިހާރު ވެސް އެއިން އާމްދަނީ ހޯދެ އެވެ. ޓިކްޓޮކްގެ "ކްރިއޭޓާ ފަންޑުން" ފައިސާ ދެނީ ވީޑިއޯތައް މަޝްހޫރުވާ ވަރަށް ބަލައިގެން، އެ މީހުން ބޭނުންވާ އުފެއްދުންތެރިންނަށް އެކަންޏެވެ. އަދި ލައިވްތަކަށް އަރައިގެން ވެސް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ލިބެ އެވެ. ރާއްޖޭގައި ވެސް ބައެއް މީހުން ގެންދަނީ އެ މަގުން އާމްދަނީ ހޯދަމުންނެވެ.
ރުފިޔާއިން ފައިސާ ދައްކަން ޗައިނާއާއެކު އެއްބަސްވުމެއް
ސޮވެރިންފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފި:ސައީދު
ޖުލައިގައި އިހަވަންދިއްޕޮޅުގައި ބަންކަރިން ފަށަނީ
އިލްމުވެރިން ފަރުވާކުޑަކޮށްފިނަމަ ގައުމު ދާނީ ފަހަތަށް
ޝައިހު އިސްމާއިލަށް އައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން
އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ދައްކާލައިފި
މަޖީދިއްޔާއަކީ ރާއްޖޭގެ "އިލްމީ ބަގީޗާ": ރައީސް
ސައީދުގެ ރައްދު: ހަމައިން ނެއްޓުމަކުން މޮޅެއް ނެތް!
2007 ވަނަ އަހަރަށް ނިންމީ ރަނގަޅަށް ތަންފީޒުކުރަން
ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ