ދެކުނު ރަށެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ދައްކައި އެފަދަ ތަކެތި އެ ކުއްޖާގެ ފޯނަށް ފޮނުވި ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށާއި އެކަމަކު އެ ކުއްޖާ ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
15 އެޕްރީލް 2025
ދެކުނު ރަށެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ދައްކައި އެފަދަ ތަކެތި އެ ކުއްޖާގެ ފޯނަށް ފޮނުވި ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށާއި އެކަމަކު އެ ކުއްޖާ ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެއީ ޖެނުއަރީ 22، 2022 ގައި ފުލުހުންނަށް ރިޕޯޓުކުރި މައްސަލަައެކެވެ. މިހާރު އުމުރުން 17 އަހަރުގެ އެ ކުއްޖާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ކުއްޖާ ދައްކާފައިވާ ވާހަކަތަކަކާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގައި ތުހުމަތުކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޮރެންސިކް ތަހުލީލުތައް ކުރި ކަމަށެވެ.
އޭގެ އިތުރުން ހަ މީހެއްގެ ބަޔާނާއި ހެކި ބަސް އަދި އިތުރު ދެ މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ބުންޏެވެ.
"މަތީގައި ދެންނެވުނު [ފޯނާއި ލެޕްޓޮޕް އަދި މީހުންގެ ބަޔާން] ތަހުލީލުތަކުންނާއި ބަޔާންތަކުން، ކުއްޖާ ބުނާ ބުނުން ފިޔަވައި އެ މައްސަލައާ ގުޅުންހުރި އަދި ކުރާ ތުހުމަތުތަކަށް ބާރުލިބޭ އެެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައެއް ނުވޭ،" މީީޑިއާ ގްރޫޕަށް ފުލުހުން ފޮނުވި މެސެޖުގައިވެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތުކުރެވޭ މީހާ، ކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖުތަކާއި މައްސަލައާ ގުޅުންހުރި އެއްވެސް އެއްޗެއް އެ ކުއްޖާގެ ފޯނުގެ ފޮރެންސިކް ތަހުލީލުތަކުން ވެސް ފެނިފައިނުވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، އޭޕްރީލް 22، 2024 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނަރަލްގެ މަޝްވަރާއަށް ފޮނުވުމުން ވަނީ ބައެއް އިސްލާހުތައް ގެނައުމަށް އެދިފަ އެވެ. އެ އިސްލާހުތައް ގެނައުމުގައި މައްސަލަ ހުށަހަޅާ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ މައްސަލަ މިހާތަނަށް އޮތީ ނުނިމި ކަމަށް ވެސް އެ އިދާރާ އިން ބުންޏެެވެ.
"މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ކުރެވެންހުރި މަސައްކަތްތައް ފުލުހުން ދަނީ ކުރަމުން." ފުލުހުން ބުންޏެވެ.
ޗެނަލްތަކަށް ވަތް މީހުންނަށް ފިޔަވަޅު އަޅާނެ: ފުލުހުން
ބަރަހަނާ މަންޒަރުތައް އާންމުކުރީ ވަނަވަރު އެނގޭ ގޮތަށް
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
ކުއްޖަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ސަސްޕެންޑްކޮށްފި
ދެމީހަކު ތަކުރާރުކޮށް ކުއްޖަކާ ބެހުނު މައްސަލަ ބަލަނީ
3 އަހަރުގެ ކުއްޖަކަށް މެއިޑަކު އަނިޔާކުރި މައްސަލައެއް
ކުދިންތަކެއް ގްރޫމުކުރި ޓީޗަރު ބަންދުކުރަން އަންގައިފި
ކުޑަކުއްޖަކާ ބެހުނު މީހަކު 25 އަހަރަށް ޖަލަށް
ޓީޗަރު ދޫކޮށްލައިފި، ޗިޓް ގެންދިޔައީ މެޖިސްޓްރޭޓް
މޫދުގައި އުޅުނު ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް