Roadha Mihaaru

ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކާ ބެހުނު ބޮޑުބޭބެ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ދެކުނުގެ ރަށެެއްގައި، އިތުބާރުކުރެވޭ މަގާމެއްގައި ހުރި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ދެކުނުގެ ރަށެއްގައި ކުއްޖަކާ ބެހުނު ބޮޑުބޭބެ ހައްޔަރަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

21 ޖުލައި 2025

ދެކުނުގެ ރަށެެއްގައި، އިތުބާރުކުރެވޭ މަގާމެއްގައި ހުރި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެކުނު ޕޮލިސްގައި ހިމެނޭ ރަށެއްގައި، 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރާ މައްސަލައެއް މިދިޔަ ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން 48 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މިއަދު ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކުރީ ކުއްޖާގެ ބޮޑުބޭބެ އެވެ.

އެ ކުއްޖާއަށް ގޯނާކުރީ ސައިކަލު ދުއްވުމަށް ކަމަށް ބުނެ ބޭރަށް ގެންދިއުމަށްފަހުގަ އެވެ. އޭގެ ތެރެއިން، އަންހެން ކުއްޖާގެ ގައިގައި ނުރުހުމުގައި އަތްލައި، ގޯނާކޮށްފައިވާ ކަމަށް ވެ އެވެ.

އެ ރަށު ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.