ނިއުކާސަލް (އޭޕްރީލް 15) - ނިއުކާސަލް ޔުނައިޓެޑްގެ ކޯޗު އެޑީ ހައު، ނިއުމޯނިއާ އަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަކަމަށް އެ ކްލަބުން ބުނެފި އެވެ.
ނިއުކާސަލް (އޭޕްރީލް 15) - ނިއުކާސަލް ޔުނައިޓެޑްގެ ކޯޗު އެޑީ ހައު، ނިއުމޯނިއާ އަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަކަމަށް އެ ކްލަބުން ބުނެފި އެވެ.
އުމުރުން 47 އަހަރުގެ ކޯޗު ދުވަސްކޮޅަކު ބަލިކޮށް އުޅުމަށް ފަހު މިދިޔަ ހުކުރު ދުވަހު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ އެވެ. މިއާ ގުޅިގެން އޭނާ އަށް ވަނީ އާދިއްތަ ދުވަހުގެ ރޭ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް 4-1 އިން ބަލިކުރި މެޗު ގެއްލިފަ އެވެ.
މި ހާލަތުގައި ނިއުކާސަލް މިރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހޮނިހިރު ދުވަހުގެ ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު ޖޭސަން ޓިންޑަލް އެވެ.
ހައުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި ފަރުވާގެ ކަންކަން ކުރިއަށް ދާ ވަރަކުން އިތުރު ތަފްސީލު ހާމަ ކުރާނެ ކަމަށް ވެސް އެޓީމުން ނެރުނު ބަޔާނުގައި ހާމަކޮށްފައިވެ އެވެ.
ކުރިން ބޯންމަތާއި ބާންލީ އަށް ކޯޗު ކޮށްދިނުމަށް ފަހު 2021 ވަނަ އަހަރު ނިއުކާސަލްއާ ހަވާލުވި ހައު ވަނީ ނިއުކާސަލްގެ ބަތަލަކަށް ވެފަ އެވެ. މިދިޔަ މާޗު މަހު އޭނާ ވަނީ ލިވަޕޫލާ ދެކޮޅަށް ލީގު ކަޕް ފައިނަލްގައި ކާމިޔާބު ހޯދައި ނިއުކާސަލް އަށް 70 އަހަރު ފަހުން ތައްޓެއް ހޯދައިދީފަ އެވެ. އަދި މިއީ 2008 ވަނަ އަހަރަށް ފަހު މި ތަށި ހޯދި އިންގްލެންޑްގެ ފުރަތަމަ ކޯޗެވެ.
ނިއުކާސަލް ވަނީ ފާއިތުވި ތިން ސީޒަންގައި ލީގުގެ 11 ވަނައިގަ އާއި ހަތަރު ވަނައިގައި އަދި ހަތް ވަނައިގައި ނިންމައިފަ އެވެ. މި ސީޒަންގެ ލީގުގައި މިވަގުތު އޮތީ ހަތަރު ވަނައިގަ އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި އެޓީމުން ޕީއެސްޖީ ބަލިކުރި ނަމަވެސް ގުރޫޕް ސްޓޭޖުން ކުރިއަކަށް ނުދިޔަ އެވެ.
އެސްޓަން ވިލާ މޮޅުވެ، ޗެލްސީ އަށް ޕްރެޝަރު
އޮނާނާ ނުލައި ވެސް ޔުނައިޓެޑަކަށް ނުވި
ނިއުކާސަލްގެ ކޯޗު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
މި ސީޒަނުގައި ސިޓީގެ އެންމެ މޮޅު 45 މިނެޓު
މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޓް ވެދާނެ: ކޯޗު
ސިޓީން ދައްކާލީ ޑިބްރޭނާ އެނބުރި އަތުވެއްޖެކަން
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް
ފިނީގައި ޔުނައިޓެޑަށް ނިއުކާސަލް މައިތިރި ނުކުރެވުނު
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ނިއުކާސަލްއިން ޖެހީ ގޯލެއް ކަމަށް އާޓެޓާ ގަބޫލެއްނުކުރި