ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ނޭހާ ކައްކަރު އާއި ޓޯނީ ކައްކަރުގެ ދައްތަ، ލަވަކިޔުންތެރިޔާ ސޯނޫ ކައްކަރު އެ ދެބެއިންނާ އޮތް އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން ކަނޑާލައިފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ނޭހާ ކައްކަރު އާއި ޓޯނީ ކައްކަރުގެ ދައްތަ، ލަވަކިޔުންތެރިޔާ ސޯނޫ ކައްކަރު އެ ދެބެއިންނާ އޮތް އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން ކަނޑާލައިފި އެވެ.
ސޯނޫ އޭނާގެ ކޮއްކޮމެންނާ ގުޅުން ކަނޑާލި ކަމަށް ބުނީ އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގަ އެވެ. ނަމަވެސް، މިއަދު އޭނާ ވަނީ އެ ޕޯސްޓު ޑިލިޓްކޮށްފަ އެވެ.
ސޯނޫ ބުނި ގޮތުގައި، އެއީ އޭނާއަށް ވަރަށް އުނދަގޫވި ނިންމުމެކެވެ. އަދި އެ ނިންމުން ނިންމަން ޖެހުނީ އޭނާއަށް ލިބިފައިވާ ހިތާމައެއްގެ ބޮޑުކަމުން ކަމަށް ވެސް ބުނެފައިވެ އެވެ.
"ޓޯނީ ކައްކަރު އާއި ނެހާ ކައްކަރުއާ އަހަރެން މިހާރު އެއްވެސް ގުޅުމެއް ނުބާއްވާކަން ވަރަށް ހިތާމަޔާ އެކު އެންމެނަށް އަންގާލަން. އަހަރެންގެ މި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް. އަދި މިއަދު އަހަރެން މި ހުރީ ވަރަށް ބޮޑަށް ހިތްދަތިވެފައި،" ސޯނޫގެ ޕޯސްޓުގައި ބުންޏެވެ.
ސޯނޫ މި ޕޯސްޓުކުރީ މިދިޔަ ބުދަ ދުވަހު ފާހަގަކުރި ޓޯނީގެ އުފަންދުވަހުގެ ޕާޓީއަށް އޭނާ ނުދާތީ އެ ވާހަކަ ފޭނުން ސޯޝަލް މީޑިއާގައި ދައްކަމުން ދަނިކޮށެވެ.
މި ޕޯސްޓާ ގުޅިގެން ނޭހާ އާއި ޓޯނީ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ފަރާއާ އެކު އޭނާގެ ކައްކާ ވެސް ރާއްޖޭގައި
އީދު ކުޅިވަރު ބަލައިލަން ފަރާ ޚާން ރާއްޖެ އަތުވެއްޖެ
ހީނާ އާއި ރޮކީ ކައިވެނިކޮށްފި
މަސައްކަތު ވަގުތު 8 ގަޑިއިރަށް ކުޑަކުރަން ގޮވާލަނީ
ކާފަ ދަރިފުޅު އުރަން ސުނިލް ކަސްރަތު ބަދަލުކޮށްފި
ކުނާލް މިފަހަރު ވެސް އުފަންދުވަސް ފާހަގަކުރީ ރާއްޖޭގައި
ސުނިލްގެ ދަރިފުޅު އަތިޔާ ފިލްމު ކުޅުން ހުއްޓާލައިފި
އުރްވަޝީ ހަތަރު ލައްކައިގެ "ގުރައެއް" ހިފައިގެން
އިންޑިއާ-ޕާކިސްތާން ފަންނާނުންގެ މެދުގައި "ހަމަލާތައް"
ބޮލީވުޑްގެ ތަރިން ބުލީކުރާ ކަމަށް ބާބިލް ބުނެފި