ލިއޮނެލް މެސީގެ ގޯލުތަކުން އެމެރިކާގެ އިންޓަ މަޔާމީ، ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ލިއޮނެލް މެސީގެ ގޯލުތަކުން އެމެރިކާގެ އިންޓަ މަޔާމީ، ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ލޮސް އެންޖެލަސް އެފަސީއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުން ވަނީ 1-0 އިން ބަލިވެފަ އެވެ. މިއަދު ހެނދުނު ކުޅުނު ދެ ވަނަ ލެގުގެ ކުރީކޮޅު އެގްރިގޭޓް ލީޑު ފުޅާ ކުރީ ވެސް އޮސް އެންޖެލެސް އެވެ. ނުވަ ވަނަ މިނިޓުގައި އާރޮން ލޯންގް ޖެހި ގޯލުން ލީޑު ކުރަނިކޮށް މަޔާމީގެ ފުރަތަމަ ގޯލު ޖެހީ މެސީ އެވެ.
ދެ ވަނަ ހާފުގައި ނޯއާ އެލެން، މަޔާމީ އަށް އެގްރިގޭޓް ނަތީޖާ އެއްވަރު ކޮށްދިން އިރު، ހަވިއޭ މަޝަރާނޯގެ ކޯޗުކަމުގައި ކުޅޭ މަޔާމީ މޮޅުވީ މެޗު ނިމެނިކޮށް މެސީ ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ.
މި މެޗުގައި ކާމިޔާބުކުރި ދެ ގޯލާ އެކު މެސީ ވަނީ ޖުމްލަ ފަސް ގޯލު ހަމަކޮށްފަ އެވެ. ލަނޑު ލިސްޓުގެ ކުރީގައި އޮތީ ހަ ގޯލު ޖަހާފައިވާ މެކްސިކޯގެ ކްރޫޒް އަޒުލްގެ އެންޖެލް ސުޕޫލްވޭޑާ އެވެ. ސެމީގައި އެ ޓީމު ނުކުންނާނީ ވާދަވެރި ޓައިގާސް ޔޫއޭއެންއެލްއާ އެވެ
މިދިޔަ އަހަރުގެ އެމްއެލްއެސް ސަޕޯޓާސް ޝީލްޑްގެ ޗެމްޕިއަންގެ ގޮތުގައި މުބާރާތަށް ކޮލިފައިވި އިންޓަ މަޔާމީ، ސެމީ ފައިނަލްގައި ވާދަކުރާނީ ކެނެޑާގެ ވެންކޫޕާ ވައިޓްކެޕްސްއާ އެވެ.
މިއަހަރުގެ އެމްއެލްއެސް ގައި އިންޓަ މަޔާމީ މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބައްޔެއް ނުވެ އެވެ. ހަތަރު މެޗުން މޮޅުވެ، ދެ މެޗު އެއްވަރު ކޮށްލައިގެން އަދި އޮތީ ލީގުގެ ދެ ވަނައިގަ އެވެ. މެސީ ވަނީ ތިން ގޯލު ޖަހައިފަ އެވެ.
ސަޕޯޓާސް ޝީލްޑްގެ ޗެމްޕިއަނުންގެ ގޮތުގައި އިންޓަ މަޔާމީ ވަނީ މި އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕަށް ވެސް ހޮވިފަ އެވެ.
މެސީ ނެތި އާޖެންޓީނާއަށް ވޯލްޑް ކަޕް ދިފާއު ކުރެވިދާނެ
މެސީ އަށް އަނިޔާވެ އާޖެންޓީނާގެ ސްކޮޑުން ވަކި ވެއްޖެ
މަޝެރާނޯގެ ކޯޗުކަމުގެދަށުން ކުޅެން މެސީ ތައްޔާރު
އެމެރިކާގެ ރައީސް ދެއްވާ ފްރީޑަމް މެޑަލް މެސީ އަށް
17 އަހަރަށްފަހު ފިފްޕްރޯ ގަދަ 11އިން މެސީ ކަޓައިފި
އެމްއެލްއެސް ކަޕުން މެސީގެ އިންޓަ މަޔާމީ ކަޓައިފި
މެސީގެ ޓީމަށް ކްލަބް ވޯލްޑް ކަޕުން ފުރުސަތު ދީފި
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
މެސީ އެނބުރި އައިސް މަޔާމީ މޮޅުކޮށްދީފި
މެސީގެ ފަރާތުން ސުއަރޭޒް އަށް ޖަޒުބާތީ ވަދާއެއް