އެފްޑީސީން އަޅަން ނިންމާފައިވާ ފްލެޓުތަކުގެ ތެރެއިން 5،000 ހައުސިން ޔުނިޓަށް ލޯނު ހަމަޖެހިއްޖެ އެވެ.
10 އެޕްރީލް 2025
އެފްޑީސީން އަޅަން ނިންމާފައިވާ ފްލެޓުތަކުގެ ތެރެއިން 5،000 ހައުސިން ޔުނިޓަށް ލޯނު ހަމަޖެހިއްޖެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "މިހާރު"އަށް މިއަދު ވިދާޅުވީ މާލެ ސަރަހައްދުގައި އަޅާ 15،000 ފްލެޓުގެ ތެރެއިން މިހާތަނަށް 5،000 ފްލެޓަކަށް ޗައިނާގެ ބޭންކަކުން ލޯނު ހަމަޖެހިފައިވާ ކަމަށެވެ.
އެ ބޭންކުން ލޯނު ދޫކުރާނެ އަދަދާއި އިންޓްރެސްޓް އަދި އަނބުރާ ދައްކަންޖެހޭ މުއްދަތު ހިމެނޭ ފައިނޭންޝަލް ޝީޓު ހިއްސާކޮށްފައިވާ ކަމަށާއި އެ މައުލޫމާތުތައް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ
އޭނާ ވިދާޅުވި ގޮތުގައި އިކޮނޮމިކް ކައުންސިލަށް ކުރިއަށް އޮތް މަދު ހަފުތާތަކުގެ ތެރޭގައި މިނިސްޓްރީން އެ ރިޕޯޓު ހުށަހަޅާނެ އެވެ.
އެ ލޯނާ ގުޅޭގޮތުން އިކޮނޮމިކް ކައުންސިލުން ގޮތެއް ނިންމުމުން އެގްރިމެންޓުގައި ސޮއިކޮށް، ޕްރޮޖެކްޓު ލޯންޗުކުރާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ އިތުރު ހައުސިން ޔުނިޓުތަކަށް ވެސް ލޯނު ހޯދަމުން އަންނަ ކަމަށެވެ. އޭގެ ތަފްސީލުތައް ވެސް އަވަހަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ އާއި ރަށްރަށުގައި 27،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅަން މި އަހަރު ފަށާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ނޮވެމްބަރު މަހު އިއުލާންކުރައްވައިފަ އެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 15،000 އަޅާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެފްޑީސީން މިހާރު އަންނަނީ ހުޅުމާލޭގައި 4،000 ފްލެޓު އަޅަމުންނެވެ. އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ގެންދާ މަޝްރޫއުގެ ތެރެއިން 700 ހައުސިން ޔުނިޓު ނިންމައި ވަނީ ހަވާލުކޮށްފަ އެވެ.
ފްލެޓްތައް މި އަހަރު ނިންމަން އިތުރު ލޭބަރުން ގެންނަނީ
އެފްޑީސީ ފްލެޓުގެ ވަސީލަތްތަކަށް 454 މިލިއަން ބޭނުން
އެންމެ އަވަަހަށް ނިންމާ 4 ޓަވަރުގައި ލިފްޓު ހަރުކުރަނީ
3،000 ހައުސިން ޔުނިޓްގެ ފްރޭމްވޯކެއްގައި ސޮއިކޮށްފި
ފެބުރުއަރީގައި 512 ފްލެޓް ހަވާލުކުރެވޭނެ: ހަމްދާން
ފަހި ދިރިއުޅުން "އަމާން ދޯދި" މޮކް-އަޕް ދައްކާލައިފި
ފްލެޓު ލިސްޓަށް ހުށަހެޅި ޝަކުވާތައް ބަލަން ފަށައިފި
ސައުދީ ފަންޑު ލޯނުގައި 400 ފްލެޓު މަޝްރޫއު ފަށައިފި
ފްލެޓް ލިސްޓް ޝަކުވާއަށް ހުޅުވާލައިފި
ފްލެޓު މައްސަލާގައި އެފްޑީސީގެ ވެރިން މަޖިލީހަށް ހާޒިރުކުރަނީ