އއ. ރަސްދޫގައި ފިހުނު ފިރިހެން މީހާއަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާއަށް ގެންގޮސްފި އެވެ.
08 އެޕްރީލް 2025
އއ. ރަސްދޫގައި ފިހުނު ފިރިހެން މީހާއަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާއަށް ގެންގޮސްފި އެވެ.
އެ އާއިލާއިން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ އިތުރު ފަރުވާއަށް އިއްޔެ ހެނދުނު އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބޭރަށް ގެންދިޔައިރު، ކުރިއަށް ވުރެ ހާލު ރަނގަޅު ކަމަށް ވެސް އާއިލާއިން ބުންޏެވެ.
އޭނާގެ ހާލަތު ރަނގަޅުވާން ފެށުމުން ވެންޓިލޭޓަރުން ވެސް ވަނީ ނަގައިފަ އެވެ. އެކަމަކު، ބޭރަށް ގެންދިއުމާ ހަމައަށް އޭނާއަށް ފަރުވާ ދިނީ އައިސީޔޫގަ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ހާދިސާގައި އަލިފާން ރޯވީ، ކުރިން ކައިވެނި ކޮށްގެން އުޅުނު ދެ މީހުންގެ ގައިގަ އެވެ.
އެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު 31 އަހަރުގެ އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ވަނީ މަރުވެފަ އެވެ. އަދި ފިރިހެން މީހާގެ ވެސް ގައިގެ ބޮޑުބައެއް ވަނީ އެ ހާދިސާގައި ފިހިފަ އެވެ.
އެ މީހުންނަށް ފަރުވާ ދިނުމުގައި ލަފާ ދޭން މިދިޔަ މަހުގެ ފަހުކޮޅު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ. ޝައިލާޝް ވީ ރަނާދު ވެސް ރާއްޖެ އަ އެވެ.
ދެ މީހުންގެ ގައިގައި ރޯވެ ފިހުނަސް، އެ މީހުން ތިބި ކޮޓަރީގައި ރޯވީ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ.
ފިހުނު ދެމަފަރިންގެ ފަރުވާއަށް ބޭރުގެ ޑޮކްޓަރެއްގެެ ލަފާ
ފިހުނު ދެމީހުންގެ ހާލު އަދިވެސް ސީރިއަސް
ދެ މީހުން ފިހުނުއިރު ކޮޓަރީގައި ރޮލެއް ނުވޭ!
ރަސްދޫގައި ފިހުނު ފިރިހެން މީހާ ވެސް މަރުވެެއްޖެ
ރަސްދޫގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި
ރަސްދޫގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެ
ރަސްދޫގެ ގެއެއްގައި ރޯވެ، ދެމަފިރިން ފިހިއްޖެ
ދުމުގެ އަސަރުކުރި އެކަކު ހާލު ސީރިއަސްވެ އައިސީޔޫގައި
ފިހިގެން ފަރުވާދޭ މީހާ ވެންޓިލޭޓަރުން ނަގައިފި
އައިޖީއެމްއެޗުގައި އޮތް މީހާގެ ހާލު އަދިވެސް ސީރިއަސް