Roadha Mihaaru

ފިހުނު ދެމީހުންގެ ހާލު އަދިވެސް ސީރިއަސް

އއ. ރަސްދޫގައި ފިހުނު ދެމަފިރިންގެ ހާލު ސީރިއަސް ކަމަށާއި އެ މީހުންނަށް އަދިވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

ފިހުނު ދެމީހުންގެ ހާލު އަދިވެސް ސީރިއަސް

އއ. ރަސްދޫގައި ފިހުނު ދެމަފިރިންގެ ހާލު ސީރިއަސް ކަމަށާއި އެ މީހުންނަށް އަދިވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ހިނގި، އެ ހާދިސާގައި އަލިފާން ރޯވީ އުމުރުން 31 އަހަރުގެ ދެމަފިރިންގެ ގައިގަ އެވެ.

އެ ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށް ހަމަ އެ ރޭ މާލެ ގެނެސް އަންހެން މީހާއަށް ފަރުވާދިނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. އައިސީޔޫ އިން ޖާގަ ލިބުމުން، އިއްޔެ މެންދުރު ފަހު ފިރިހެން މީހާ ވެސް އެތަނަށް ވަނީ ބަދަލުކޮށްފަ އެވެ. އޭނާ އަށް ވެސް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގަ އެވެ.

އުމުރުން ފަސް އަހަރުގެ ކުއްޖަކު ވެސް ހުރި ދެ މީހުން ވެސް ވަނީ 80-90 ޕަސެންޓަށް ފިހިފަ އެވެ. އެ ދެ މީހުން ވެސް ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ޑޮކްޓަރު ކަނޑާލާފައިވާ ކަމަށް އާއިލާ އިން އިއްޔެ ބުނެފައިވެ އެވެ.

މައުލޫމާތު އެނގޭ މީހަކު ބުނީ، ދެމަފިރިންގެ ހާލު އަދިވެސް "ވަރަށް ކްރިޓިކަލް" ކަށާއި އަދި ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

އެ ދެމަފިރިންގެ ކޮޓަރީގައި މާބޮޑަށް އަލިފާން ނުހިފަ އެވެ. ރޯވެފައި ވަނީ ކޮޓަރީގެ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ. އެކަމަކު އެ މީހުންގެ ގައިގައި އެހާ ބޮޑަށް އަލިފާން ރޯވި ގޮތެއް ސާފެއް ނޫނެވެ.

އެ މައްސަލާގައި ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ 11:15 ހާއިރު ރަސްދޫ ގެއެއްގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް އަދި ނުދެ އެވެ.