އއ. ރަސްދޫގައި ފިހުނު ދެ މީހުންގެ ތެރެއިން އަންހެން މީހާ މިރޭ ނިޔާވެއްޖެ އެވެ.
31 މާޗް 2025
އއ. ރަސްދޫގައި ފިހުނު ދެ މީހުންގެ ތެރެއިން އަންހެން މީހާ މިރޭ ނިޔާވެއްޖެ އެވެ.
އުމުރުން 31 އަހަރުގެ އެ އަންހެން މީހާ ނިޔާވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.
މިިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއާ ގުޅިގެން ފަރުވާއަށް މާލެ ގެނައި އިރު ވެސް އޭނާގެ ހަށިގަނޑު 80-90 ޕަސެންޓް އޮތީ ވަރަށް ބޮޑަށް ފިހިފަ އެވެ. އޭރު ވެސް ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލާފައި ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވެ އެވެ.
އެ ހާދިސާގައި ފިރިހެނަކު ވެސް ވަރަށް ބޮޑަށް ފިހިގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.
މި ދެ މީހުންގެ ފަސް އަހަރުގެ ކުއްޖަކު ވެސް ހުރެ އެވެ.
ފިހުނު ދެ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ލަފާ ދޭން މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ ޝައިލާޝް ވީ ރަނާދު ރާއްޖެ އައިސް ހާލަތު ބައްލަވާފައިވެ އެވެ.
އައިޖީއެމްއެޗް އިން ބުނީ ގޮތުގައި ފިހުނު ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ އެ ޑޮކްޓަރުގެ ލަފާ އާއި މަޝްވަރާއާ އެކުގައި ކަމަށެވެ.
އެ ދެ މީހުން ފިހުނު ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ ދެ މީހުންގެ ގައިގައި ރޯވެ ފިހުނަސް އެ މީހުން ތިބި ކޮޓަރީގައި މާބޮޑަށް އަލިފާނެއް ނުހިފަ އެވެ. ރޯވެފައި ވަނީ ކޮޓަރީގެ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ.
ރަސްދޫގައި ފިހުނު ފިރިހެން މީހާ ވެސް މަރުވެެއްޖެ
ރަސްދޫގައި ފިހުނު މީހާ ފަރުވާއަށް އިންޑިއާއަށް
ރަސްދޫގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި
ފިހުނު ދެމަފަރިންގެ ފަރުވާއަށް ބޭރުގެ ޑޮކްޓަރެއްގެެ ލަފާ
ފިހުނު ދެމީހުންގެ ހާލު އަދިވެސް ސީރިއަސް
ދެ މީހުން ފިހުނުއިރު ކޮޓަރީގައި ރޮލެއް ނުވޭ!
ކެފޭއެއްގައި އިންދާ ޚަބަރު ހުސްވި މީހަކު މަރުވެއްޖެ
މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ރަސްދޫ މަރު: ހުއްޓޭނީ ލޯބިވެރިޔާއަށް އިންސާފު ހޯދާފައި
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންއައި ޓޫރިސްޓަކު މަރުވެއްޖެ