އަނިޔާގެ މައްސަލަ ކުރިމަތިވެފައި ވިޔަސް އަމާޒަށް ބަދަލެއް ނާންނަ ކަމަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ނުކުންނަ ޖަރުމަނުގެ ބެޔާން މިއުނިކުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފި އެވެ.
އަނިޔާގެ މައްސަލަ ކުރިމަތިވެފައި ވިޔަސް އަމާޒަށް ބަދަލެއް ނާންނަ ކަމަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ނުކުންނަ ޖަރުމަނުގެ ބެޔާން މިއުނިކުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފި އެވެ.
ބެޔާނުގެ އެލިއަންޒް އެރީނާގައި މިރޭ ކުޅޭ މެޗުގައި އެ ޓީމުގެ ޖަމާލް މުސިއާލާ، އަލްފޮންސޯ ޑޭވިސް، ޑަޔޯ އުޕަމެކާނޯ، ހިރޮކީ އިޓޯ، މެނުއަލް ނޯޔާ، ކިންގްސްލީ ކޯމަން، އަދި އެލެކްސެންޑާ ޕަވްލޮވިޗް އަށް ނުކުޅެވޭނެ އެވެ. މީގެ ތެރެއިން ގިނަ ކުޅުންތެރިންނަށް އަންނަ ހަފުތާގައި އޮންނަ ދެ ވަނަ ލެގުގައި ވެސް ނުކުޅެވޭނެ އެވެ.
އެކަމަކު ކޮމްޕެނީ ބުނީ ޝަކުވާކުރަން ބޭނުންނުވާ ކަމަށެވެ.
"އަނިޔާގެ މައްސަލަ ދިމާވިޔަސް އަމާޒަށް ބަދަލު ގެންނަން ބޭނުމެއް ނޫން،" ކޮމްޕެނީ ބުންޏެވެ.
"އަނެއްކާ ހަނދާން ނައްތާލައިގެން ނުވާނެ މާދަން ރޭ (މިރޭ) ބަދަލުގައި އަރާ ކުޅުންތެރިންނަކީ މި ޓީމު މި ހިސާބަށް އައުމުގައި ހިއްސާވި ކުޅުންތެރިކަން ވެސް."
ކޮމްޕެނީ ބުނީ މިރޭ އަރާ ކުޅުންތެރިން މޮޅަށް ކުޅެ ނަތީޖާ ނެރޭ ކަމަށް އޭނާ ޔަގީންކުރާ ކަމަށެވެ.
އިންޓަގެ ކޯޗު ސިމޯނީ އިންޒާގީ ބުނީ ބެޔާން އަށް ދިމާވެފައިވާ މައްސަލައާ މެދު އޭނާ ހަމްދަރުދީވާ ކަމަށެވެ. ހާއްސަކޮށް މުސިއާލާ ފަދަ ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް ނުކުޅެވުމަކީ ބެޔާނަށް ކުރިމަތިވާނެ ބޮޑު މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.
އެކަމަކު އިންޒާގީ ބުނީ ބެޔާން އަކީ ރެއާލް މެޑްރިޑާ އެކު މުބާރާތުގެ ފޭވަރިޓުން ކަމަށާއި، ބަދަލުގައި އަރާނެ މޮޅު ކުޅުންތެރިން އެ ޓީމުގައި އެބަތިބި ކަމަށެވެ.
"އެކަމަކު އޭނާ (މުސިއާލާ) ނެތްތަން ތޯމަސް މުލާ ނޫނީ ސާޖް ގްނެބެރީ އަށް ފޫބެއްދޭނެކަން ވިސްނާލީމާ އެބަ އެނގޭ އެ ޓީމުގެ ވަރުގަދަކަން،" އިންޒާގީ ބުންޏެވެ.
އިންޒާގީ ބުނީ އިންޓަގެ ވެސް މުހިއްމު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭ ކަމަށާއި، އެހެންކަމުން އެ ޓީމު ވެސް އޮތީ ދެރަ ހާލަތެއްގައި ކަމަށެވެ.
އިންޓަ އިން ނުކުޅެވެނީ ޑެންޒެލް ޑުމްފްރިސް އާއި، މެހްދީ ޓެރަމީ އާއި، ޕިޓްރީ ޒިއެލިންސްކީ އަށެވެ. އެ ޓީމުގެ އެންމެ މުހިއްމު ދިފާއީ ކުޅުންތެރިޔާ އަލެސަންދްރޯ ބަސްޓޯނީ އާއި، ފުލްބެކް ފެޑެރިކޯ ޑިމާކޯ އަށް ވެސް ކުޅެވޭނެކަމެއް ޔަގީނެއް ނޫނެވެ.
މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރެވެ.
ރެއާލްގެ އެނބުރި އައުން ފެއިލްވެ އާސެނަލް ސެމީއަށް
ބެޔާން އަތުން ބަލިވީ ގޯސްތަކެއް ހެދިގެން: އޮލޮންސޯ
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ލެވަންޑޯސްކީއާ އެކު ވެސް ބެޔާން އަތުން ބާސާ ބަލިވެއްޖެ
ލެވޮންޑޮސްކީގެ ހެޓްރިކުން ބާސެލޯނާ އަށް ބޮޑު މޮޅެއް
ލިވަޕޫލުން އިންޓަ ބަލިކޮށްފި، ބެޔާން ސަލާމަތްވީ ކިރިޔާ
އިންޓަ އަށް ކޯޗުކޮށްދޭނަން: ސިމިއޯނީ
ރެއާލް، ބެޔާން؛ ކޮންމެ ޓީމެއް ޖެހުނަސް ސިޓީއަށް ހެޔޮ
އާސެނަލް އާއި އިންޓަ ގަދަ 16 ޓީމުގެ ބުރާ ގާތަށް