17 ފެބުރުއަރީ 2022
މިލާން (ފެބްރުއަރީ 17) - ޔޫއެފާ ޗެމްޕިއަންސް ލީގގައި ރޭ ލިވަޕޫލުން 2-0 އިން އިންޓަ މިލާން ބަލިކުރިއިރު، އޮސްޓްރިއާގެ ރެޑް ބުލް ސަލްޒްބާގާ ދެކޮޅަށް ބެޔާން މިއުނިކް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.
މިލާން (ފެބްރުއަރީ 17) - ޔޫއެފާ ޗެމްޕިއަންސް ލީގގައި ރޭ ލިވަޕޫލުން 2-0 އިން އިންޓަ މިލާން ބަލިކުރިއިރު، އޮސްޓްރިއާގެ ރެޑް ބުލް ސަލްޒްބާގާ ދެކޮޅަށް ބެޔާން މިއުނިކް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.
މި މެޗުގައި ދެ ޓީމަށް ލަނޑެއް ނުޖެހި 75 މިނިޓުގެ ކުޅުން ހަމަވި ފަހުން، ލިވަޕޫލަށް ލީޑް ނަގައިދިނީ ރޮބާޓޯ ފިރްމީނޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އެންޑީ ރޮބާޓްސަން ނެގި ކޯނަރެއް ބޮލުން ޖަހައި ގޯލުގެ ތެރަށް ފޮނުވައިލައިގެންނެވެ. އޭގެ ކުރިން އިންޓަ މިލާނުގެ ފޯވާޑް ހަކަން ކަލްހަނޮގްލޫ ފޮނުވައިލި ހަމަލައެއް ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވި އެވެ.
އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގައި ފިރްމީނޯ ދެވަނަ ހާފަށް ކުޅެން އެރީ ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އަށް އަނިޔާވެގެން ބަދަކުކުރަން ޖެހުމުންނެވެ.
ލިވަޕޫލުން ލީޑް ނެގިތާ އަށް މިނިޓު ފަހުން މުހައްމަދު ސަލާހު، އިތުރު ލަނޑެއް ޖަހައި ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފުރަތަމަ ލެގު ލިވަޕޫލަށް ކާމިޔާބު ކޮށްދިނެވެ. ލިވަޕޫލުން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ އެ ޓީމުން ގޯލަށް އަމާޒުކޮށް ފޮނުވައިލި ހަމައެކަނި ދެ ހަމަލައިންނެވެ. މި ނަތީޖާއާއެކު އެންމެ ފަހުން ލިވަޕޫލް ކުޅުނު ހަތް މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ.
ކޯމަން ރޭގެ މެޗުގައި ބެޔާން އަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ޗެމްޕިއަންސް ލީގް ހަ ފަހަރު ކާމިޔާބު ކޮށްފައިވާ ޖަރުމަންގެ ބެޔާން މިއުނިކުން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ސަލްޒްބާގުންނެވެ. މެޗުގެ 21 ވަނަ މިނިޓުގައި ގޯލް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗުކްވުބުއިކޭ އަޑަމޫ އެވެ. އޭނާ ކުޅެން އެރީ 12 ވަނަ މިނިޓުގައި އެ ޓީމުގެ ފޯވާޑް ނޯއާ އޮކަމޫ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހިގެންނެވެ.
މި މެޗުގައި ލިޑް ފުޅާކުރަން ވެސް ސަލްޒްބާގަށް ފުރުސަތު ލިބި، އެކަމަކު ބޭނުމެއް ނުކުރެވުނެވެ. ކަރީމް އަޑެޔޭމީ ފޮނުވައިލި ބޯޅަ ބެޔާންގެ ކީޕަރު ސްވެން އުލްރިއޭ ދިފާއު ކުރުމުން ރީބައުންސާއެކު ދިޔަ ބޯޅަ އަޑަމޫ ފޮނުވާލުމުން ބެޔާންގެ ޑިފެންޑަރުން ބްލޮކްކުރީ އެވެ.
ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ނޮކައުޓް ބުރުން ޖާގަ ހޯދި ބެޔާން އަށް ނަތީޖާ އެއްވަރު ކޮށްދިނީ 90 ވަނަ މިނިޓުގައި ކިންގްސްލޭ ކޯމަން އެވެ. ޔޯޝުއާ ކިމިކް ނެގި ފްރީކިކަކުން ތޯމަސް މުލާ ބޮލުން ދިން ބޯޅަ ކޯމަން ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ. މި ލަނޑު ޖެހުމުގެ ކުރިން ބެޔާންގެ ލެރޯއީ ސާނޭ ފޮނުވައިލި ނުރައްކާތެރި ހަމަލާއެއް ސަލްޒްބާގްގެ ކީޕަރު ފިލިޕް ކޯން ދިފާއުކުރި އެވެ.
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ލެވަންޑޯސްކީއާ އެކު ވެސް ބެޔާން އަތުން ބާސާ ބަލިވެއްޖެ
ލެވޮންޑޮސްކީގެ ހެޓްރިކުން ބާސެލޯނާ އަށް ބޮޑު މޮޅެއް
ކުއާޓާގެ ފުރަތަމަ ދެ ޖާގަ ބެޔާން އާއި ލިވަޕޫލަށް
ލިވަޕޫލް އަނެއް ބުރަށް، ބަޔާންގެ ރެކޯޑް ނިމުމަކަށް
ބަޔާނާއި ސިޓީ އަނެއް ބުރަށް، ލިވަޕޫލް ބަލިވެއްޖެ
ލިވަޕޫލްގެ ރެކޯޑް ކުރިއަށް، ރެއާލަށް ފުރަތަމަ މޮޅު
"ފޯރިގެންނަން ލިވަޕޫލަށް ޕްރެޝަރު ކުރާކަށް ނުޖެހޭ"
ފުރަތަމަ ލެގުގައި ލިވަޕޫލާއި ބަޔާން އެއްވަރުވެއްޖެ