ބްލޫ ސްޕޯޓްސް ކްލަބްގެ ނަމުގައި، ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަހްމަދު ވާސިފް އާ ކްލަބެއް އުފައްދައިފި އެވެ.
07 އެޕްރީލް 2025
ބްލޫ ސްޕޯޓްސް ކްލަބްގެ ނަމުގައި، ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަހްމަދު ވާސިފް އާ ކްލަބެއް އުފައްދައިފި އެވެ.
އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ތިން އަހަރު ވަންދެން، ނިއު ސަސްޕެންޑްކޮށްފައި އޮތުމުން އެ ޓީމުގެ ސަޕޯޓަރުންނާ ގުޅިގެން ވާސިފް ވަނީ ރޭޑިއަންޓްގެ ނަމުގައި ވެސް ކްލަބެއް އުފައްދައިފަ އެވެ.
ރޭޑިއަންޓަކީ އޭރު ސަސްޕެންޝަނުގައި އޮތް ނިއު ރޭޑިއަންޓް ރަމްޒު ކުރާ ކްލަބެއް ކަމަށް އެފްއޭއެމުން ނިންމުމުން، ރޭޑިއަންޓްގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފަހު ވާސިފް އާއި އެ ކްލަބްގެ ބޯޑް އަލުން ނިއުއާ ހަވާލުވި އެވެ.
އޭރު ސަސްޕެންޝަނުގައި އޮތް ކްލަބް އެ ހާލަތުން ނެގުމަށް އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. އަލުން ފުޓްބޯޅައިގައި ވާދަކުރުމުގެ ފުރުސަތު 2022 ގައި އޭނާގެ ޗެއާމަންކަމުގެ ދަށުން ނިއު ހޯދި އެވެ.
އޭރު ފީފާ އަށް ދައްކަން ޖެހިފައި އޮތް ތިން މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ދަރަނި ވެސް ސަރުކާރުގެ އެހީތެރިކަމާ އެކު ހަލާސް ކުރުމުގައި ވާސިފް އިސް ދައުރެއް އަދާކުރި އެވެ. ނިއުގެ މިހާރުގެ ޗެއާމަން އަހްމަދު މުބީން އެ ކްލަބާ ހަވާލުވާން ޝައުގުވެރިކަން ފާޅުކުރެއްވުމުން، އެ ފުރުސަތު ދިނުމުގެ ގޮތުން ވާސިފް އާ އެކު ނިއުގެ އޭރުގެ ބޯޑް މިދިޔަ އަހަރު އިސްތިއުފާ ދިނީ އެވެ.
ނިއު އިން އިސްތިއުފާ ދިންތާ އަހަރެއް ނުވަނީސް ވާސިފް، އުފެއްދި ބްލޫ ސްޕޯޓްސް ކްލަބްގެ ކުލަ އާއި ލޯގޯ ވެސް ނިއުގެ ކުލަ އާއި ލޯގޯއާ ދާދި އެއްގޮތެވެ.
އެކަމަކު އޭނާ ވިދާޅުވީ، ބްލޫ ސްޕޯޓްސް އާއި ނިއުއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ކްލަބްގެ ކުލަ އާއި ލޯގޯ ފާސް ކުރީގެ ކްލަބްގެ މެންބަރުންގެ ވޯޓަކުން ކަމަށް ވާސިފް ވިދާޅުވި އެވެ. އަދި ވިދާޅުވީ މެންބަރުންނަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ކުލަތަކާއި ލޯގޯގެ ޑިޒައިންތަކުގެ ތެރެއިން، އެންމެ ގިނަ މެންބަރުންނަށް ކަމުދިޔަ ކުލަ އާއި ލޯގޯ އަކީ އެއީ ކަމަށް އޭނާ ބުންޏެވެ.
ރޭޑިއަންޓް ސަލާމަތްވުން ވާނީ އުނދަގޫ ދަތުރަކަށް
17،000 ޑޮލަރު ދައްކައި ނިއުގެ އަދަބު ފިލުވައިފި
މާޒިޔާގެ މަސައްކަތަށް ވާދަވެރި ޓީމުތަކުން ތައުރީފު
ނިއު އަށް ޖާގަ ދޭން މާޒިޔާގެ ކޮއްކީގެ ވޯޓު
ސަސް ޖޫރިމަނާކޮށް ނިއުއަށް އެއްވަނަ ޑިވިޝަނުން ޖާގަދީފި
ދަގަނޑޭ، ސެންޓޭ، ސުޒޭން ނިއުއަށް ތިން އަހަރަށް
ނިއުގެ ކޯޗުކަމަށް ސުޒޭން ހަމަޖައްސަނީ
ނިއު ރޭޑިއަންޓްގެ ވައިސް ޗެއާމަނަކަށް ލަމްއާނާ
ނިއު އާއި ވިކްޓަރީއަށް އަލުން އެފްއޭއެމްގެ މެންބަރުކަން
ލީގު ކަޕް ސެމީގައި މާޒިޔާ-ޓީސީ އަދި ނިއު-އޮޑި