ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، ސުހްލަ ގާއިމްކުރަން ހިންގާ މަޝްރޫއުތަކަށް އިންވެސްޓްމަންޓް ކުރަންޖެހޭ އަދަދު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) މިއަދު ބޮޑުކޮށްފި އެވެ.
ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، ސުހްލަ ގާއިމްކުރަން ހިންގާ މަޝްރޫއުތަކަށް އިންވެސްޓްމަންޓް ކުރަންޖެހޭ އަދަދު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) މިއަދު ބޮޑުކޮށްފި އެވެ.
ޓޫރިޒަމްގެ ގާނޫނުގެ ދަށުން، ދައުލަތުގެ އާންމު މަންފާއަށް ހިންގުމަށް ސަރުކާރުން ކަނޑައަޅާ މަޝްރޫއުތަކާއި އަދި އެ މަޝްރޫއުތަކާ ހަވާލުވާ ފަރާތްތަކުން އިންވެސްޓް ކުރަންޖެހޭ އެންމެ މަދު މިންވަރު ރައީސް ކަނޑައަޅުއްވަން ޖެހެ އެވެ.
އެ ގާނޫނުގެ ދަށުން ރައީސް ކުރިން ނެރުއްވި ގަރާރުގައި ރާއްޖޭގެ މިނިވަންކަމާއި ހަމަޖެހުން ގާއިމް ކުރަން ހިންގާ މަޝްރޫއުތަކަށް އިންވެސްޓް ކުރަންޖެހޭ އަދަދެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ކުރިން އޮތީ 15 މިލިއަން ޑޮލަރެވެ.
ނަމަވެސް ރައީސް މިއަދު ނެރުއްވި ގަރާރުގައިވަނީ އެ އަދަދު 100 މިލިއަން ޑޮލަރަށް ބޮޑު ކުރައްވައިފަ އެވެ.
ރާއްޖޭގެ މިނިވަންކަމާއި ހަމަޖެހުމާ ގުޅޭ މަޝްރޫއުތަކުގެ އިތުރުން އެއާޕޯޓްތައް އެޅުމާއި ރާއްޖޭގައި ހައުސިން މަޝްރޫއުތައް ހިންގުމާއި ބިން ހިއްކުން ފަދަ ކަންކަމަށް ވެސް އެ ގަރާރުގެ ދަށުން އިންވެސްޓް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ނަމަވެސް އެފަދަ މަޝްރޫއުތަކަށް އިންވެސްޓް ކުރަންޖެހޭ އަދަދެއް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ޓޫރިޒަމް އިންވެސްޓްމަންޓް މެނޭޖު ކުރުން މޯޓީޒާ އަށް
ރާއްޖޭގަ އިތުރަށް އިންވެސްޓްކުރަން ބޭނުން: ޖޯން ކީލްސް
ހދ. ނާގޯށި އަންނަ އަހަރު ހުޅުވަނީ
ޓޫރިޒަމް ފައްކާވެފައި އޮތް އަތޮޅަކަށް ހދ. ހަދާނަން
ލޯކަލް ޓޫރިޒަމް ހިންގަންވާނީ ދީނީ އިމުގައި: ރައީސް
ކުދިންތަކެއް ރައީސަށް ދިން ސިޓީ: ކުރީ ބޮޑު ޝަކުވާއެއް
ފެބްރުއަރީގައި ތޮއްޑު އަށް ސީޕްލޭން ފަށަނީ
ކޮންމެ އަތޮޅެއްގައި ދަތުރުދާ ރަށެއް ތަރައްގީކުރަނީ
ކަސާމިއާ ގެސްޓް ހައުސް މަތިވެރި ކައުންސިލާ ހަވާލުކޮށްފި
މަތިވެރި އެއާޕޯޓު އަޅައި ހިންގަން އެމްއޭސީއެލަށް