Roadha Mihaaru

މި ފިލްމު ބަލަން ދާ ކަހަލަ: އަބަދަށް ވެސް ތަފާތު ޓްރެއިލާއެއް!

ރައިޓަރު އަދި ޑައިރެކްޓަރު މޫމިން ފުއާދުގެ ފިލްމުތަކުން އަބަދުވެސް ދޭ ޔަގީން ކަމަކީ ދިވެހި އެހެން ފިލްމުތަކަށް ވުރެ އޭނާގެ މަސައްކަތް ތަފާތުވާނެ ކަމުގެ ޔަގީންކަމެވެ. އެގޮތުން އޭނާގެ އާ ފިލްމު އަންނަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު އޮލިމްޕަހުގައި ދެއްކުމަށް ތައްޔާރުވަމުން އަންނައިރު އިއްޔެ މި ވަނީ ފިލްމުގެ ޓްރެއިލާ ނެރެފަ އެވެ.

ބަލަން ދާ ކަހަލަ: އަބަދަށް ވެސް ތަފާތު ޓްރެއިލާއެއް!

ރައިޓަރު އަދި ޑައިރެކްޓަރު މޫމިން ފުއާދުގެ ފިލްމުތަކުން އަބަދުވެސް ދޭ ޔަގީން ކަމަކީ ދިވެހި އެހެން ފިލްމުތަކަށް ވުރެ އޭނާގެ މަސައްކަތް ތަފާތުވާނެ ކަމުގެ ޔަގީންކަމެވެ. އެގޮތުން އޭނާގެ އާ ފިލްމު އަންނަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު އޮލިމްޕަހުގައި ދެއްކުމަށް ތައްޔާރުވަމުން އަންނައިރު އިއްޔެ މި ވަނީ ފިލްމުގެ ޓްރެއިލާ ނެރެފަ އެވެ.

މި ޓްރެއިލާ އިން ވެސް ދެނީ އެ ޔަގީންކަމެވެ؛ އަހަރުގެ ފުރަތަމަ ފިލްމަށް ވެގެން ދާނެ މި ފިލްމުގެ ކުލަ އާއި ރަހަ އާއި އިހުސާސް ވެސް ފެންނަނީ ވަރަށް ތަފާތުކޮށެވެ. މި އަހަރުގެ އެންމެ ބޮޑު ދިވެހި ފިލްމަށް ވެދާނެ ކަމުގެ އެތައް ސިގުނަލެކެވެ.

ވާޝިޔާ މުހައްމަދު އާއި އަހުމަދު ޝަރަފް އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ކޮޕީ އިސްމާއިލް ރަޝީދު މުހިންމު ރޯލުތައް ކުޅެފައިވާ 'އަބަދަށް' މިއީ މުޖުތަމައެއްގެ އިހުސާސްތަކެވެ. މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރު މޫމިން ބުނެފައި ވަނީ އޭނާގެ މި ފިލްމުގައި ކިޔައިދޭ ވާހަކަ އަކީ މާލޭގައި ދިރިއުޅެން ޖެހިފައިވާ ހަމަ ކޮންމެ މީހެއްގެ ވެސް ވާހަކަ ކަމަށެވެ.

"ވަކިން ހާއްސަކޮށް މާލޭގެ މީހުންނަށް ނުވަތަ މާލޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ މައްސަލަތަކެއް ފިލްމުގައި ދައްކުވައިދެނީ. މި މައްސަލަތަކަކީ ޖެހިގެން ހުރި ގޭގައި ނުވަތަ ޖެހިގެން ހުރިހާ މީހާގެ ދިރިއުޅުމުގައި ވެސް އޮތް މައްސަލައެއް،" ފިލްމުގައި އަލިއަޅުވައިދޭ މުޖުތަމައުގެ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މޫމިން ބުންޏެވެ.

"އަބަދަށް" ފިލްމުގެ މަންޒަރެއް.--

"އަބަދަށް" ފިލްމުގެ މަންޒަރެއް.--

"ހުރިހާ އާއިލާތަކެއްގައި ވެސް އެބައޮތް މި މައްސަލަ. އެއްބަނޑު އެއްބަފާ މީހުން އަނގައިން ނުބުނެ ވިހި ފަންސަވީސް އަހަރުވެފައި ތިބި މީހުން ވެސް އެބަތިބި މިފަދަ މައްސަލަތަކާ ހެދި."

މޫމިން ބުނީ ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި، ގޭގައި އެކަނި އިނދެ ލިޔުނު މި ސްކްރިޕްޓަކީ ވަށައިގެން އޮތް މާހައުލުން އިންސްޕަޔާވެ އުފެދިގެން އައި ހިޔާލުތަކެއް ކަމަށެވެ.

"މި ފިލްމަކީ ވެސް މި ގައުމުގައި ހިނގަމުން އަންނަ ވަރަށް ބޮޑު އަދި އެހާމެ ނުރައްކާތެރި މައްސަލަތަކެއްގެ ތެރެއިން އުފެދިގެން އައި ހިޔާލެއް،" މޫމިން ކިޔައިދިނެވެ.

"މި ފިލްމަކީ އެކި ކަހަލަ އިޖުތިމާއީ މައްސަލަތައް. އޭގެ ތެރޭގައި އެބަ އުޅޭ ބޯހިޔާވަހިކަމުގެ މައްސަލަ ވެސް. އޭގެތެރޭގައި އުޅޭ އާއިލާ ތެރޭގައި އޮތް ހަމަނުޖެހުން އަދި އޮތް ދުރުކަންވެސް. އަމިއްލަ އެދުމާ ދަހިވެތިކަންވެސް"

"އަބަދަށް" ފިލްމުގެ މަންޒަރެއް.--

"އަބަދަށް" ފިލްމުގެ މަންޒަރެއް.--

"މި ހުރިހާ އެއްޗަކަށް ވުރެވެސް އަމިއްލަ ނަފުސުގައި އޮތް ދަހިވެތިކަން. ދުނިޔޭގެ ހުރުމަށް ބޭނުންވާ މިންގަނޑު. އިންސާނާގެ ހިތުގައި ދުނިޔެއަށް އޮތް ދަހިވެތިކަން. އެކަހަލަ ކޮންސެޕްޓެއް މިއީ."

މީގެ 19 އަހަރު ކުރިން މޫމިން ގެނެސްދިން އޭނާގެ އަލަތު ޑައިރެކްޝަން 'ހޭލާ' އަކީ ވެސް ދިވެހި ސިނަމާ ބަދަލުކޮށްލި ފިލްމެކެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އޭނާ ލިޔެ ޑައިރެކްޓްކުރި 'ލޫދިފާ' އަކީ ދިވެހި ސިނަމާގެ ރިހި ސްކްރީން އަބަދަށް ބަދަލުކޮށްލި، ދިވެހި ސިނަމާގެ ތާރީޚުގައި ވެސް ފެނިގެން ދިޔަ އެންމެ ބޮޑު އަދި އެންމެ މޮޅު ފިލްމެވެ.

"އަބަދަށް" ފިލްމުގެ މަންޒަރެއް.--

"އަބަދަށް" ފިލްމުގެ މަންޒަރެއް.--

އޭނާގެ އާ ފިލްމަށް ރަތްދޫލައިގެ ތައްޔާރީތައް ވަމުން އަންނައިރު މިފަހަރުގެ ފިލްމުގެ ފަހަތުގައި ވެސް ހުރީ ޕްރޮޑިއުސަރު ހުސެއިން ނޫރައްދީން ނާސިރު އެވެ. މިއީ 'ލޫދިފާ' ވެސް ޕްރޮޑިއުސްކޮށް ބެންޗުމާކު ގާއިމުކޮށްދިން ތަޖުރިބާކާރެވެ.

'އަބަދަށް' ގެ ޕްރޮޑަކްޝަން ހުރިހާ މަސައްކަތްތަކެއް މިފަހަރު ކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ސްޓޫޑިއޯ އޯކޭސް އިންކިންނެވެ. ފިލްމުގެ ސިނަމެޓޯގްރެފީ ބެލެހެއްޓީ ތަޖުރިބާކާރު ކެމެރާމަން ކަނޑި އިބްރާހިމް ވިސާން އެވެ.