"ޕުޝްޕާ 2"ގެ ޕްރިމިއާއަށް ބޭއްވި އިވެންޓުގައި ފިތިބާރުވެގެން މަރުވި އަންހެން މީހާގެ އާއިލާއާ ބައްދަލުނުކުރަނީ އެކަން ނުކުރަން އޭނާގެ ގާނޫނީ ވަކީލުން ލަފާދީފައި ވާތީ ކަމަށް އެ ފިލްމުގެ ލީޑު އެކްޓަރު އައްލޫ އަރްޖުން އިއްޔެ ބުނެފި އެވެ.
"ޕުޝްޕާ 2"ގެ ޕްރިމިއާއަށް ބޭއްވި އިވެންޓުގައި ފިތިބާރުވެގެން މަރުވި އަންހެން މީހާގެ އާއިލާއާ ބައްދަލުނުކުރަނީ އެކަން ނުކުރަން އޭނާގެ ގާނޫނީ ވަކީލުން ލަފާދީފައި ވާތީ ކަމަށް އެ ފިލްމުގެ ލީޑު އެކްޓަރު އައްލޫ އަރްޖުން އިއްޔެ ބުނެފި އެވެ.
ސިނަމާގައި ފިތިގެން މަރުވި އަންހެން މީހާގެ އާއިލާ އާއި އެ ހާދިސާގައި އަނިޔާވި އޭނާގެ ދަރިފުޅު ކައިރިއަށް އަރްޖުން ނުދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފަ އެވެ. އަނިޔާވި ކުއްޖާ އަދިވެސް އޮތީ ފަރުވާދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން އަރްޖުން އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާއަށް އަނިޔާވުމުން އޭނާ ވަރަށް ދެރަވެ، ހިތާމަކުރާ ކަމަށެވެ. އަދި އެ ކުއްޖާއަށް އަވަސް ޝިފާއެއް ލިބުމަށް އެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"މި މައްސަލައިގެ ގާނޫނީ މަރުހަލާ އަދިވެސް ކުރިއަށް ދާތީ، އެ ކުއްޖާ އާއި އެ އާއިލާއާ ބައްދަލުނުކުރަން އަހަންނަށް ވަނީ ލަފާދީފައި. އަހަރެންގެ ދުއާ ވަނީ އެ އާއިލާއާ އެކު. އަދި އެ ކުއްޖާއަށް ބޭނުންވާ ސިއްހީ ފަރުވާ އާއި އެ އާއިލާއަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގެ ޒިންމާ އަހަރެން ނަގާނެ ކަމުގެ ޔަގީންކަން އަދިވެސް ދެން،" އަރްޖުން ބުންޏެވެ.
"އެ ކުއްޖާއަށް އަވަސް ޝިފާއަކަށް އެދެން. އަދި އަހަރެން އުއްމީދުކުރަނީ ވަރަށް އަވަހަށް އެ ކުއްޖާ އާއި އެ އާއިލާއާ ވެސް ބައްދަލުވާނެ ކަމަށް."
އެ ހާދިސާ ހިނގިތާ ދުވަހެއް ފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަރްޖުން ވަނީ މަރުވި މީހާގެ އާއިލާގެ ކިބައިން މާފަށް ވެސް އެދިފަ އެވެ.
އަންހެން މީހާ މަރުވި މައްސަލާގައި މިދިޔަ ހުކުރު ދުވަހު އަރްޖުން ހައްޔަރު ވެސް ކުރި އެވެ. އެ ސްޓޭޓުގެ ދަށު ކޯޓަކުން އޭނާ 14 ދުވަހަށް ޖަލުގައި ބަންދުކުރަން އަމުރުކުރި ނަމަވެސް، އަރްޖުންގެ ވަކީލުން ވަނީ ޓެލަންގާނާ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ. އަދި ދަށު ކޯޓުގެ ނިންމުން ބަދަލުކޮށް، ހައި ކޯޓުން ވަނީ ކަފާލާތުގެ ދަށުން އޭނާ ހަތަރު ހަފުތާއަށް ގެއަށް ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.
އަރްޖުން ހައްޔަރުކުރުމުން ގިނަ ބަޔަކު ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، އެ މީހާ މަރުވީ ސިނަމާ ހިންގާ ފަރާތުގެ އިހުމާލުންނެވެ. އެކަމަކު، މިހާތަނަށް ވެސް ސިނަމާގެ ވެރިފަރާތަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ފާޑުކިޔުން ބޮޑެވެ.
އަރްޖުން ވެސް ބައިވެރިވި އެ އިވެންޓު ބޭއްވީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހައިދަރުއާބާދުގެ ސަންދިޔާ ތިއޭޓަރުގަ އެވެ. އެ ފިލްމު ބަލަން ދިޔަ މީހުންނާއި އަރްޖުން ދެކިލަން ސިމަނާ ކައިރިއަށް އެއްވި މީހުންނާ އެކު، އެ ސަރަހައްދު އޮތީ ފުރި ބާރުވެފަ އެވެ. އަންހެން މީހާ މަރުވީ އެ އެންމެންގެ ތެރޭގައި ފިތިބާރުވެ، ނޭވާ ހާސްވެގެންނެވެ.
މަރުވި މީހާގެ އާއިލާއަށް ފަސް މިލިއަން ރުޕީސް ދީފި
އަނިޔާވި ކުއްޖާގެ ހާލު ބަލަން އަރްޖުން ހޮސްޕިޓަލަށް
އައްލޫ އަރްޖުން ހައްޔަރުކުރުން؛ އާއިލާއިން ދެކޮޅު!
"ޕުޝްޕާ 2" ނެޓްފްލިކްސަށް އަންނަނީ
"ޕުޝްޕާ"ގެ ޑައިރެކްޓަރުގެ ގެއަށް ޓެކްސް އޮފިސަރުން
ރާމް ޗަރަންގެ ފިލްމަށް ދިޔަ ދެ މީހަކު މަރުވެއްޖެ
ޕުޝްޕާ ހަމީދާ ބައްދަލުކުރީ ސިޔާމް އޮޅުވެލީގައި
"ޕުޝްޕާ 2"ގެ މަންޒަރެއް ރާއްޖޭގައި؟
މަރުވިމީހާގެ އާއިލާގެ ކިބައިން އަރްޖުން މާފަށް އެދިއްޖެ
ޕުޝްޕާ އެޅުވި ސިނަމާއެއްގައި ފިތިބާރުވެގެން އެކަކު މަރު