08 ޑިސެމްބަރ 2024
"ޕުޝްޕާ 2" ޕްރިމިއާކުރުމަށް ހައިދަރުއާބާދުގެ ސިނަމާއެއްގައި ބޭއްވި އިވެންޓުގައި ފިތިބާރުވެގެން މަރުވި މީހާގެ އާއިލާގެ ކިބައިން އެ ފިލްމުގެ ލީޑު އެކްޓަރު އައްލޫ އަރްޖުން އިއްޔެ މާފަށް އެދިއްޖެ އެވެ.
"ޕުޝްޕާ 2" ޕްރިމިއާކުރުމަށް ހައިދަރުއާބާދުގެ ސިނަމާއެއްގައި ބޭއްވި އިވެންޓުގައި ފިތިބާރުވެގެން މަރުވި މީހާގެ އާއިލާގެ ކިބައިން އެ ފިލްމުގެ ލީޑު އެކްޓަރު އައްލޫ އަރްޖުން އިއްޔެ މާފަށް އެދިއްޖެ އެވެ.
އަރްޖުން އާއި އެ ފިލްމުގެ ޑައިރެކްޓަރު ސުކްމާރް ވަނީ ފިލްމުގެ ކާމިޔާބީ ފާހަގަކުރުމަށް އިއްޔެ ޕްރެސް ކޮންފަރެންސްއެއް ބާއްވައިފަ އެވެ. މަރުވި މީހާގެ އާއިލާގެ ފަރާތުން އެ ދެ ފަންނާނުން މާފަށް އެދުނީ އެ ޕްރެސް ކޮންފަރެންސްގަ އެވެ.
"އެ ދުވަހު ކަންތައްތައް ވެގެން ދިޔަ ގޮތުން އަހަރެންގެ ހިތް ވަނީ ހަލާކުވެފައި. ވަރަށް ހިތާމަކުރަން އެކަން އެގޮތަށް ވީމަ. އަހަރެން އެ އާއިލާގެ ކިބައިން މާފަށް އެދެން އަދި އެ އާއިލާއަށް ބޭނުންވާ އެހީތެރިކަން އަބަދުވެސް ދޭނަން،" ސުކްމާރް ބުންޏެވެ.
އަރްޖުން ބުނީ ފިލްމަށް ލިބުނު ކާމިޔާބީ ފާހަގަކުރާއިރު، އެ ދުވަހު ކަންތައްތައް ވެގެން ދިޔަ ގޮތުގެ ސަބަބުން ލިބުނު ހިތާމަ މާ ބޮޑު ކަމަށެވެ.
"އަހަރެމެން ހަމަ ހަގީގަތުގައި ވެސް ވަރަށް ބޮޑަށް ހިތާމަކުރަން ކަންތައްތައް ވީ ގޮތުން. އަހަރެން މިގޮތަށް ސިނަމާތަކަށް ދާތާ 20 އަހަރު ވެއްޖެ، މިއީ ލިބުނު އެންމެ ބޮޑު ހިތާމަ،" އަރްޖުން ބުންޏެވެ.
އަރްޖުން ވެސް ބައިވެރިވި އެ އިވެންޓު ބޭއްވީ މިދިޔަ ބުދަ ދުވަހުގެ ރޭ ހައިދަރުއާބާދުގެ ސަންދިޔާ ތިއޭޓަރުގަ އެވެ. އެ ފިލްމު ބަލަން ދިޔަ މީހުންނާއި އައްލޫ އަރްޖުން ދެކިލަން ސިމަނާ ކައިރިއަށް އެއްވި މީހުންނާ އެކު، އެ ސަރަހައްދު އޮތީ ފުރި ބާރުވެފަ އެވެ.
އެ ހާދިސާގައި މަރުވީ ކުޑަކުއްޖަކު ގޮވައިގެން ފިލްމު ބަލަން ދިޔަ އަންހެނެކެވެ. އޭނާގެ ދަރިފުޅަށް ވެސް އަނިޔާވި އެވެ.
ހައިދަރުއާބާދުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ، އެތަނަށް ގިނަ ބަޔަކު އެއްވާނެ ކަން އެނގިހުރެ، އެ ސަރަހައްދުގެ ސެކިއުރިޓީ ރަނގަޅަށް ބަލަހައްޓަން ސިނަމާ ހިންގާ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ކަމަށެވެ. އަދި ސިނަމާއަށް ވަދެ، ނުކުތުމުގެ އިންތިޒާމު ވެސް އެންމެ ރަނގަޅަށް ހަމަޖައްސާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ އަންހެން މީހާ މަރުވީ އައްލޫ އަރްޖުން ސިނަމާއަށް އައި ވަގުތާ ދިމާކޮށް، އެ ސަރަހައްދަށް އެއްވެ ތިބި މީހުން ސިނަމާގެ ތެރެއަށް ވަންނަން އުޅުމާ އެކު، އެކްޓަރުގެ ސެކިއުރިޓީ ގާޑުން މީހުން ފަހަތަށް ޖައްސަން ފެށުމުން އެންމެންގެ ތެރޭގައި ފިތިގެން، ނޭވާ ހާސްވެގެންނެވެ.
"ޕުޝްޕާ 2" ފުރަތަމަ ތިން ދުވަހު ވަނީ 360 ކްރޯޑް ރުޕީސް (42.5 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ލިބިފަ އެވެ. އެއީ، އެއީ "ޕުޝްޕާ"ގެ ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު މުޅި އާމްދަނީއަށް ވުރެ ބޮޑު އަދަދެކެވެ.
ޕުޝްޕާ އެޅުވި ސިނަމާއެއްގައި ފިތިބާރުވެގެން އެކަކު މަރު
ޕުޝްޕާ 2އަށް ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް
"ޕުޝްޕާ 2"ގެ ބައެއް މަންޒަރުތައް ކަނޑަން އަންގައިފި
"ޕުޝްޕާ 2" ރިލީޒްކުރުމުގެ ކުރިން ބޮޑު އާމްދަނީއެއް
އެންޓީއާރާއި ޖާންވީގެ "ދޭވަރާ"ގެ ޓްރެއިލާ ނެރެފި
"ކަލްކީ" އަށް ރިކޯޑް އަމްދަނީއެއް ލިބިއްޖެ
އަކްޝޭ ދެކުނު އިންޑިއާގެ ފިލްމެއް ކުޅެނީ
"ޕުޝްޕާ"ގެ ތިންވަނަ ބައެއް ވެސް ގެނެސްދެނީ
އޭއާރް ރަހްމާން އޭއައި ބޭނުންކޮށްގެން ލަވައެއް ހަދައިފި
"އެނިމަލް" މިއަދު ނެޓްފްލިކްސް އަށް