ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް އެތަނުގެ މަސައްކަތްތައް ސިފައިން މިއަދު ފަށައިފި އެވެ.
28 މާޗް 2025
ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް އެތަނުގެ މަސައްކަތްތައް ސިފައިން މިއަދު ފަށައިފި އެވެ.
އެތަނުގެ މަސައްކަތްްތައް ސިފައިންނާ ހަވާލުކޮށްފައި މިވަނީ މިހާރު ދަމަނަވެށީގައި ހިންގަމުންދާ އެތަނާ މެދު ތެލެސީމިއާ ކުދިންނާއި އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް، މިދިޔަ އާދީއްތަ ދުވަހު މުޒާހަރާކޮށްފައި ވަނިކޮށެވެ.
އެހެންވެ، އެތަނުގެ މަސައްކަތް އަވަސްކުރުމަށް ސިފައިންނަށް ހަވާލުކުރީ މިހާރު ހިދުމަތްދޭ ތަނުގެ ހާލަތު ރައީސް ބައްލަވާލެއްވުމަށް ފަހު އެވެ.
އެކްސްގައި އެމްއެންޑީއެފުން ކުރި ޕޯސްޓެއްގައި ވަނީ ރައީސްގެ އެންގެވުމާ ގުޅިގެން އެތަނުގެ މަސައްކަތް މިއަދު ސިފައިން ފަށާފައިވާ ކަމަށެވެ.
ހުޅުމާލޭގަ ހުންނަ އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު އަވަހަށް ބަދަލުކުުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން ސިފައިން އެ މަސައްކަތް މިއަދު ފަށައިފި. pic.twitter.com/oFVzX1S5n4
— Maldives National Defence Force (@MNDF_Official) March 28, 2025
އެމްއެންޑީއެފުން ބުނި ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ސާވިސް ކޯގެ ބެލުމުގެ ދަށުންނެވެ. ސާވިސް ކޯ މިލިޓަރީ އިންޖީނިއަރުންނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތުގައި އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް ކުރާނީ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުންނެވެ. އަދި އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިން ކަމަށް އެމްއެންޑީއެފުން ބުންޏެެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެތަނުގެ މަސައްކަތް ފެށުމުކުރިން ވެސް އިންޖީނިއަރުންގެ ޓީމުން ވަނީ އެތަނަކީ ކުޑަކުދިން ގަޔާވާ ކަހަލަ ތަނަކަށް ހެދުމަށް ބައެއް ކަހަލަ ބަދަލުތައް ވެސް ޑިޒައިނަށް ގެނެސްފަ އެވެ.
ސިފައިން އެ މަސައްކަތް ނިންމުމަށް އަޒުމު ހިފާފައި ހުރީ އަންނަ މަހުގެ 25 އަށެވެ.
ކުރިން ކޮވިޑް-19 ފެސިލިޓީގެ ގޮތުގައި ހުޅުމާލޭގައި ބޭނުންކުރި އޮރެންޖް ހިޔާގެ އިމާރާތުން ފްލޯއެއް ތެލެސީމިއާ ސެންޓަރު ހިންގުމަށް ބަދަލުކުރަމުން އަންނައިރު އެތަނުގެ މަސައްކަތް ހަވާލުކުރި ކުންފުނިން އެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މަސައްކަތް ވެސް ނިންމާފައިނުވާ ކަމަށް ރައީސް ވިދާޅުވެ އެވެ.
އެހެންވެ، އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެ މުއްދަތު އިތުރެއް ނުކުރެ އެވެ.
ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމަން ސިފައިންނަށް
ތެލެސީމިއާ ސެންޓަރުގެ ބައެއް ވެރިން މަގާމުން ވަކިކޮށްފި
ތެލެސީމިއާ ސެންޓަރަށް ޑިރެކްޓަ ޖެނެރަލަކު ހަމަޖައްސައިފި
ކަންބޮޑުވުންތައް ވަގުތުން ހައްލުކުރުމުގެ އެންގުންތަކެއް!
ތެލެސީމިއާއާ ގުޅޭ ކަންބޮޑުވުންތައް ހައްލު ކުރަނީ!
ހާލަތު ބައްލަވަން ރައީސް ތެލެސީމިއާ ސެންޓަރަށް
ތެލެސީމިއާ ކުދިން އުފަންވާ ވަރު ކުރިއަށްވުރެ މަދުވެއްޖެ
ތެލެސީމިއާގެ ފަރުވާއަށް ހާއްސަ ބޮޑު ހޮސްޕިޓަލެއް
އެމްއައި ކޮލެޖުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި
ތެލެސީމިއާއިން ސަަލާމަތްވެފައި އޮތީ އެންމެ އަތޮޅެއް