Roadha Mihaaru

ރައީސްގެ ޕޮޑްކާސްޓް "ރައްޔިތުންނާ އެކު" މިއަދު ފަށަނީ

ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާތީވެ، ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް "ރައްޔިތުންނާ އެކު" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދަވާ ޕޮޑްކާސްޓުގެ ޝޯގެ ފުރަތަމަ އެޕިސޯޑް މިއަދު ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސްގެ ޕޮޑްކާސްޓް "ރައްޔިތުންނާ އެކު" މިއަދު ފަށަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 މާޗް 2025

ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާތީވެ، ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް "ރައްޔިތުންނާ އެކު" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދަވާ ޕޮޑްކާސްޓުގެ ޝޯގެ ފުރަތަމަ އެޕިސޯޑް މިއަދު ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ބުނީ އެ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް ގެނެސްދޭނީ މިއަދު މެންދުރު އެކެއް ޖަހާއިރު ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ކަމަށެވެ.

ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ރައީސް ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް

އެ ޕޮޑްކާސްޓް ހޯސްޓް ކުރައްވާނީ ޓީވީއެމްގެ ކުރީގެ ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ) އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް މުއިއްޒުގެ ޕޮޑްކާސްޓް ފަށަން ނިންމާފައި ވާއިރު، ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް، ސީދާ އެ މަނިކުފާނު ދެއްވުމަށް ކުރިއަށް ގެންދެވި "ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅަން އާންމުކޮށް ހުޅުވާލާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފައްޓަވަން ނިންމާފައި ވަނީ ވީޑިއޯ މެދުވެރިކޮށް ކޮންމެ ރައްޔިތަކު ކޮންމެ ވަގުތަކު ރައީސަށް ހުށަހަޅަން ބޭނުންވާ ކޮންމެ ސުވާލެއް ވެސް، "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ވަގުތުން ހުށަހެޅޭނެ އިންތިޒާމުތަކާ އެކުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.