އުތުރުތިލަފަޅުގެ 45 ހެކްޓަރުގެ ބިން ހިއްކައި ރީހެބިލިޓޭޝަނަށް ހާއްސަ ރަށަކާއި ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްއެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.
21 މާޗް 2025
އުތުރުތިލަފަޅުގެ 45 ހެކްޓަރުގެ ބިން ހިއްކައި ރީހެބިލިޓޭޝަނަށް ހާއްސަ ރަށަކާއި ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްއެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ އަދި އިޖްތިމާއީ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ ޕްރޮޖެކްޓްތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގެ ދަށުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. އޭގައި ވަނީ ސަރުކާރުން ހިންގުމަށް ރާވާފައިވާ މުހިއްމު 25 ޕްރޮޖެކްޓެއް ހިމަނައި، އެ ޕްރޮޖެކްޓްތަކަށް އެންމެ މަދުވެގެން ހަރަދު ކުރަން ޖެހޭ ވަރު އާންމުކޮށްފަ އެވެ.
އެ ލިޔުމުގައިވާ ގޮތުން އުތުރުތިލަފަޅުގައި ނުވަތަ ގިރާވަރު އުތުރު ފަޅުން މުހިއްމު ހަތަރު ޕްރޮޖެކްޓެއް ހިންގުމަށް އެންމެ މަދުވެގެން ހޭދަކުރަންޖެހޭ އަގުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލއަން ރުފިޔާ) ހިމަނާފައިވެ އެވެ. އެ ޕްރޮޖެކްޓްތައް ހިންގަނީ ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަކެއްގެ ގޮތުގަ އެވެ.
އެ ޕްރޮޖެކްޓްތަކުގެ ތަފްސީލު:
- ރީހެބިލިޓޭޝަން ޕްރޮގްރާމުގެ ދަށުން "ހޯޕް އައިލެންޑް" އަށް 15 ހެކްޓަރުގެ ބިން ހިއްކުމަށް: 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)
- ހޯޕް އައިލެންޑް ތަރައްގީ ކުރުމަށް: 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ)
- ސެންޓްރަލް ޕްރިޒަމް ކޮމްޕްލެކްސް އަށް 30 ހެކްޓަރުގެ ބިން ހިއްކުމަށް : 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ)
- ސެންޓްރަލް ޕްރިޒަމް ކޮމްޕްލެކްސް ތަރައްގީ ކުރަން: 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ)
"ހޯޕް އައިލެންޑް" އަކީ ކުށަށް އަރައިގަތުނުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމަށްޓަކައި އިސްލާހީ އަދި ރިހެބިލިޓޭޝަން ގާއިމް ކުރުމަށްޓަކައި ހިއްކާ ތަނެކެވެ.
މީގެ ކުރިން ސަރުކާރުން ވަނީ އުތުުރުތިލަފަޅުގައި ބިން ހިއްކައިގެން ދަނޑުވެރިކަމުގެ ބިޔަ ޕްރޮޖެކްޓެއް ފެށުމަށް ވެސް ނިންމައިފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހުކޮޅު އެ ޕްރޮޖެކްޓް ރަސްމާލެ އަށް ބަދަލު ކުރުމަށް ނިންމި އެވެ.
އެ މަޝްރޫއުގެ އިތުރުން ރާއްޖޭގެ 13 ރަށެއްގައި އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާއިރު، އެ މަޝްރޫއަށް އެންމެ މަދުވެގެން ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ހޭދަކުރަން ޖެހޭ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ރަސްމާލެ ހިއްކުމާއި ގުޅިފަޅު ހިއްކުމާއި ސޯޝަލް ހައުސިން މަޝްރޫއު ހިންގުމަށް ވެސް އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އެވެ.
އޭގެ އިތުރުން ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް ހިންގާ ޕްރޮޖެކްޓަކަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. އެ ޕްރޮޖެކްޓުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ވަކިވަކި ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ހައިޕަފޯމަންސް ސެންޓަރެއް ހެދުމަށެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) އެވެ. އެކަމަކު،
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
ގުޅިފަޅުން އުތުރުތިލަފަޅާ ހަމަށް ބްރިޖަކުން ގުޅާލަނީ
ޑިވެލޮޕްމަންޓް ބޭންކަށް ހާއްސަ އޮތޯރިޓީއެއް ހަދަނީ
ބިޑްގެ ދައުވަތު ނެތި ޕްރޮޕޯސަލް ހުށަހެޅުން އުވާލައިފި
އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަނީ
ރައީސްގެ ޔޫކޭ ދަތުރަށް ހަރަދުވީ ދޮޅުލައްކަ ރުފިޔާ
ސައުދީއާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވޭ: ރައީސް
ކަޑެވާރެހާ، ހޯނޑެއްދޫގެ އިހުތިސާސުން ވަކިކޮށްފި
ދުންފަތް މަނާކުރާ އުމުރު ކަނޑައަޅަން އާންމު ހިޔާލަށް