Roadha Mihaaru
ޑިވެލޮޕްމަންޓް ބޭންކަށް ހާއްސަ އޮތޯރިޓީއެއް ހަދަނީ

ޑިވެލޮޕްމަންޓް ބޭންކެއް ހަދަން ހާއްސަ އޮތޯރިޓީއެއް އުފައްދަނީ

07 ޖެނުއަރީ 2024

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސަށް ލިބިދޭ ބާރުގެ ދަށުން، ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށް ހާއްސަ އޮތޯރިޓީއެއް އުފައްދަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސަށް ލިބިދޭ ބާރުގެ ދަށުން، ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށް ހާއްސަ އޮތޯރިޓީއެއް އުފައްދަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ނަމުގައި ހާއްސަ އޮތޯރިޓީއެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެ އޮތޯރިޓީ އުފެއްދުމަށް ހާއްސަ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ އެއާ އެކު އޮންޝޯ ބޭންކިންގެ އޮޕަރޭޝަން ލައިސަންސް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީން ގަވާއިދެއް އެކުލަވާލެއްވުމަށް ފަހު އެ ގަވާއިދުގެ ދަށުން މި އޮތޯރިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުން،" ނާޒިމް ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމްކުރުމާ ބެހޭ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކާ އެ ކަމާބެހޭ ބިލެއް ޑްރާފްޓްކޮށް، އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ފާސްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޭގެ ނަތީޖާއެއްގެ ގޮތުގައި ސަރުކާރުން މި އުފައްދާ ޑިވެލޮޕްމަންޓް ބޭންކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ އެވެ.