26 އޯގަސްޓް 2024
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް މިއަދު ބަދަލުކޮށްފި އެވެ.
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް މިއަދު ބަދަލުކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ، ގުރައިދޫ މަރުކަޒު ހެލްތު މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ހިންގާ ގޮތަށް ބަދަލުކުރަން، މިނިސްޓަރުންގެ ލަފާފުޅާ އެކު، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ރައީސް އެގޮތަށް ނިންމަވާފައި ވަނީ ގުރައިދޫ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ބަދަލުކުރުމާ ގުޅޭ ގޮތުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ނިންމުމާ އެކު، އެ މަރުކަޒު ހިންގުމުގެ ބަޖެޓާއި މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިބި މުވައްޒަފުން ވެސް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވާނެ އެވެ.
ނަފުސާނީ ފަރުވާދިނުމަށް ހާއްސަކޮށްގެން ހަދާފައިވާ ގުރައިދޫ މަރުކަޒު ކުރިން ވެސް ހެލްތު މިނިސްޓްރީގެ ދަށުން ހިންގި އެވެ.
ގުރައިދޫ މަރުކަޒަށް ގެންދާ މީހުންނަށް ފަރުވާދީ ރަނގަޅު ވިޔަސް އާއިލާތަކުން އެ މީހުންނާ ހަވާލުނުވާ މައްސަލަ އަބަދުވެސް ބޮޑެވެ. އަދި އަޅާލާނެ ބަޔަކު ނުވެގެން އުމުރުން ދުވަސްވީ އެތައް ބަޔަކު ވެސް އެ މަރުކަޒަށް ގެންގޮސްފައި އެބަތިއްބެވެ.
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން އެންމެ ފަހުން ބުނި ގޮތުގައި، ގުރައިދޫ މަރުކަޒުގައި 221 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ނަފުސާނީ މައްސަލަތަކަށް ފަރުވާ ހޯދަމުން އަންނަ 183 މީހުންނާއި އުމުރުން ދުވަސްވީ 31 މީހުންނާއި އެނދުމަތިވެފައިވާ 15 މީހުންނެވެ.
ގުރައިދޫ މަރުކަޒުގެ ވޯޑެއް ތަންމަކުނުން ފުރިފައި!
ދަރިން ދޫކޮށްލާ މުވައްޒަފުންނަށް ފިޔަވަޅު އަޅަނީ
ދުންފަތާ ދެކޮޅަށް ނަތީޖާ ހާސިލްކުރެވޭނެ ޕްލޭނެއް ހަދަނީ
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރަނީ!
ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަންކުރައްވައިފި
މާޗު 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން އެދިއްޖެ
އާދަޔާޚިލާފު ރީތި ކޭލަކުނަށް އިކޯ ޓޫރިޒަމް
ހައުސިންގެ ލުއިލޯން ސްކީމްތައް މާޗުގެ ނިޔަލަށް ނިންމަނީ
ރާއްޖެއަށް ޕޭޕަލް ހޯދަން އެމެރިކާއާއެކު މަޝްވަރާ ފަށަނީ