20 ނޮވެމްބަރ 2024
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގަ އާއި މީހުން ނިދާ އެނދުތަކުގައި ތަންމަކުނު އަޅައި މުޅި ތަނުގައި މަކުނުތައް ދުވާތަން ފެންނަ ވީޑިއޯތަކެއް ދައުރުވާން ފަށައިފި އެވެ.
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގަ އާއި މީހުން ނިދާ އެނދުތަކުގައި ތަންމަކުނު އަޅައި މުޅި ތަނުގައި މަކުނުތައް ދުވާތަން ފެންނަ ވީޑިއޯތަކެއް ދައުރުވާން ފަށައިފި އެވެ.
މީގެ ހަތަރު ދުވަސް ކުރިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ އެނދުމަތީ މީހަކު އޮށޯވެގެން އޮންނަ އިރު ވެސް އެނދާއި ބާލީސްތަކުގައި މަކުނުތައް ދުވާތީ އެވެ. ފާރުގައި ވެސް މަކުނުތައް ދުވާތީ އެ ވީޑިއޯތަކުން ފެނެ އެވެ.
ފޭސްބުކް ޕޭޖެއްގައި އެ ވީޑިއޯތައް ޕޯސްޓުކޮށް ލިޔެފައިވާ ވަނީ އެއީ މަރުކަޒުގައި މިހާރު ވެސް މީހުން ތިބި ވޯޑެއްގެ ހާލަތު ކަމަށެވެ.
ގުރައިދޫ މަރުކަޒުގެ ފާރުގައި މަކުނުތައް ދުވަނީ.
ގުރައިދޫ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރީ މިދިޔަ އޮގަސްޓު މަހު އެވެ. އޭގެ ކުރިން އެތަން ބަލަހައްޓަމުން އައީ ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
މިކަމާ ގުޅޭގޮތުން މިދިޔަ ހަތަރު ދުވަހު ހެލްތު މިނިސްޓްރީގައި ސުވާލު ކުރުމުން ބުނީ ދޭނެ ޖަވާބެއް ނެތް ކަމަށެވެ.
މަރުކަޒުގެ ބާލީސްތަކުގައި ވެސް މަކުނުތައް ދުވަނީ.--
މީގެ ކުރިން 2022 ގައި ވެސް އެތަނުގައި މަކުނު ގިނަވެ އެ މައްސަލަ ހައްލުކުރަން ޖެހުނެވެ.
ފެމިލީ މިނިސްޓްރީން މިދިޔަ މޭ މަހު ބުނެފައިވާ ގޮތުގައި އެ މަރުކަޒުގައި އޭރު 221 މީހަކު އުޅެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދާ 183 މީހަކާއި އުމުރުން ދުވަސްވީ 31 މީހަކާއި އެނދުމަތިވެފައިވާ 15 މީހަކު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިދިޔަ އަހަރު ނޮވެމްބަރުން ފެށިގެން ފަރުވާ ފުރިހަމަ ކުރުމަށް ފަހު އާއިލާތަކާ ހަވާލުކޮށްފައިވާ 15 މީހަކާއި ފަރުވާ ފުރިހަމަ ކުރުމަށް ފަހު މުޖުތަމައުއަށް ނެރުމުގެ މަސައްކަތް ކުރާ 24 މީހެއް ހިމެނޭ ކަމަށް ވެސް އޭރު މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި، ހިމެނެނީ 10 އަންހެނުންނާއި 14 ފިރިހެނުންނެވެ.
ގުރައިދޫ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް
ގުރައިދޫ މަރުކަޒުން 19 މީހަކު އެނބުރި އާއިލާއަށް
ޗެރިޓީ ފަންޑުން ގުރައިދޫ މަރުކަޒަށް 32 ހޮސްޕިޓަލް ބެޑް
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
އަދިވެސް އެ ރުއިމުގެ އަޑު؛ އާދޭސްތައް!
ގުރައިދޫ މަރުކަޒަށް ދެ ސައިކޭޓްރިސްޓް ހޯދަނީ
ގުރައިދޫ މަރުކަޒުގައި ސައިކޭޓްރިސްޓެއް ނެތްތާ 9 އަހަރު
ކުލި ނުދެއްކިގެން 220 މީހަކު ހުށަހެޅި: ޖެންޑާ
ގުރައިދޫ މަރުކަޒާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް
ދަރިން ދޫކޮށްލާ މުވައްޒަފުންނަށް ފިޔަވަޅު އަޅަނީ