Roadha Mihaaru

ރޯދައިގެ ފުރަތަމަ 20 ދުވަހު ޒަކާތަށް 7.6 މިލިއަން ރުފިޔާ

މި ރޯދަ މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ފުރަތަމަ 20 ދުވަހު ޒަކާތަށް 7.6 މިލިއަން ރުފިޔާ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

24 މާޗް 2025

މި ރޯދަ މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7،623،214ރ. ވަނީ ބަލައިގެންފަ އެވެ.

އެއީ މިދިޔަ ފަސް އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 20 ދުވަހަށް ބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

ފަހު 10 ގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ (23 މާޗް އިން 30 މާޗް އަށް) ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށެވެ.

ފިތުރު ޒަކާތް ދެއްކޭނެ ގޮތްތައް:

1. ދިރާގު: ދިރާގު އެޕް އަދި ދިރާގު ޕޭ (ވެބްސައިޓު އަދި އެސްއެމްއެސް މެދުވެރިކޮށް)

2. އުރީދޫ: އެމް ފައިސާ (އެޕްލިކޭޝަން އަދި އެސްއެމްއެސް)

3. އެމްއައިބީ: ފައިސާ މޯބައިލް އެކްސް (އެޕްލިކޭޝަން އަދި ފައިސާ ނެޓް)

4. ބީއެމްއެލް: ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން އަދި ވެބްސައިޓް)

5. ފަހިޕޭ: ފަހިޕޭ (އެޕްލިކޭޝަން އަދި ވެބްސައިޓް)

6. ފިނޭންސް މިނިސްޓްރީ: ބަނޑޭރިޕޭ/ ވެބްސައިޓް/ ޕޯޓަލް

ޒަކާތު ހައުސިން އިން ބުނީ މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ނަގުދު ފައިސާ އިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.