Roadha Mihaaru

ފެޒޫއާ އެކު މިހާރު ބަދިގެ: ތޮއްޑޫގައި އެންމެ ހިނގާ ހާލުފޮޅި

ހާލުފޮޅިއާ އެކު މަޝްހޫރުވެފައި އޮންނަނީ ހދ. ކުޅުދުއްފުއްޓެވެ. އެކަމަކު އއ. ތޮއްޑޫއަކީ ވެސް ހާލުފޮޅީގައި ކުޅުދުއްފުއްޓަށް ދޫކުރާ ރަށެއް ނޫނެވެ. ކުދިބޮޑު އެންމެންނަށް ތޮއްޑޫގެ ހާލުފޮޅި ވަރަށް ހާއްސަ އެވެ.

ހާލުފޮޅިއާ އެކު މަޝްހޫރުވެފައި އޮންނަނީ ހދ. ކުޅުދުއްފުއްޓެވެ. އެކަމަކު އއ. ތޮއްޑޫއަކީ ވެސް ހާލުފޮޅީގައި ކުޅުދުއްފުއްޓަށް ދޫކުރާ ރަށެއް ނޫނެވެ. ކުދިބޮޑު އެންމެންނަށް ތޮއްޑޫގެ ހާލުފޮޅި ވަރަށް ހާއްސަ އެވެ.

މިއީ މި ރަށުގެ ހުރިހާ ގެއެއްގައި ވެސް ހަދާ ރެސިޕީއެކެވެ. އެކި މުނާސަބަތުތަކަށް ވެސް މި ރަށުގައި ހާލު ފޮޅި ހަދަ އެވެ. ހާއްސަކޮށް އީދު ކަހަލަ މުނާސަބަތުތަކަށް މަހެއް ކުރިން ހުރިހާ އެންމެން ވެސް ހާލުފޮޅި ލައި ރައްކާކުރެ އެވެ.

ހާލުފޮޅި ތައްޔާރުކުރުމަކީ މި ރަށުގައި އެންމެން ތެރޭގައި އޮންނަ ސަގާފީ އާދައަކަށް ވެސް ވަނީ ވެފަ އެވެ. ފޮޅި ތެލުލައިގެން އާއްމުކޮށް ކައި އުޅެނީ ދިޔާ ހަކުރާ އެކުގަ އެވެ. އެކަމަކު މުރަނަކޮށް ހުންނަ ހާލުފޮޅި ހުހަށް ކާން ވެސް މީރެވެ. ބޭނުން ނަމަ، ޗޮކްލެޓް ހޫނުކޮށްފައި މައްޗަށް އަޅައިގެން ވެސް ކެވިދާނެ އެވެ.

ހާލުފޮޅި ތައްޔާރުކުރަނީ.

ހާލުފޮޅި ތައްޔާރުކުރަނީ.

ދިރާގާ ގުޅިގެން ގެނެސްދޭ މިހާރު ބަދިގެ އިން ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ) މިއަދު ބައްދަލުކޮށްލީ ތޮއްޑޫންނެވެ. ފެޒޫއާ އެކު މި ރެސިޕީ ހަދާ ގޮތް ކިޔައިދެނީ ކައުންސިލް މެމްބަރު އައިމިނަތު ފަޒްލާ އެވެ.

ހާލުފޮޅި މި ރަށަށް ހާއްސަވީ ވަރަށް ކުރިންނެވެ. ފުރަތަމަ ހާލުފޮޅި ލައި އުޅުނީ ނާށި ތޮރުފައިގެން ނާށިންނެވެ. އެކަމަކު މިހާރު އެއަށް ވުރެ ފަސޭހަ އިން އެކި ޑިޒައިންތަކަށް ހާލު ފޮޅި އެޅޭނެ ގޮތްތައް މި ރަށުން ވަނީ ހޯދައިފަ އެވެ.

ފެޒޫ ތޮއްޑޫގައި.

ފެޒޫ ތޮއްޑޫގައި.

ބޭނުންވާ ތަކެތި

2 ޖޯޑު ފުށް

2 ސަމްސާ ކޯންފްލާ

1 ބިސް

1 ޖޯޑު ފެން (ފުށް ގިރާލަން)

ތައްޔާރުކުރާނެ ގޮތް

ބިހާއި ކޯންފްލާ އަދި ފެން އަޅައި ފުށް ގިރާލާށެވެ. މި ފުއްގަނޑު ހުންނަން ޖެހޭނީ ތަވާގައި ފަސޭހައިން ޑިޒައިން އަޅާލެވޭ ވަރަށް ދިޔާކޮށެވެ. ފުށް ގިރާލުމަށް ފަހު ފުރާނާލާށެވެ.

ތޮއްޑޫގައި އެންމެ ކުރިން ހާލުފޮޅި ލަނީ ނާށީގަ އެވެ. ޑިޒައިނަށް ތަވާގައި ފަތުރަނީ ފޫނާށިންނެވެ. އެކަމަކު މިހާރު ހާލުފޮޅު ލަނީ ފަސޭހައަކަށް ފުޅިއަކަށް އަޅައިގެންނެވެ.

ހާލުފޮޅި ފިހެލުމަށް ފަހު ދެން ޖެހޭނީ އަވީލާށެވެ. ތެލުލާނީ އަވިން މުރަނަވުމުންނެވެ. ތޮއްޑޫގައި ހާލުފޮޅި ކަނީ ދިޔާ ހަކުރާ އެކުގަ އެވެ.