Roadha Mihaaru

ފެޒޫއާ އެކު "މިހާރު" ބަދިގެ: ސްޓަފްޑް ޒުކިނީ

ތެލުލި ހެދިކާ، ރޯދަ ވީއްލާގަޑިއަށް ސިއްހަތަށް އެހާ ރަނގަޅެއް ނޫނެވެ. މިއަދުގެ ރެސިޕީއަކީ ހެދިކާގެ ބަދަލުގައި، ރޯދަ ވީއްލާ ގަޑިއަށް ހަށިގަނޑަށް ލުއި ވާނެ މީރު ރެސިޕީއެކެވެ.

ތެލުލި ހެދިކާ، ރޯދަ ވީއްލާގަޑިއަށް ސިއްހަތަށް އެހާ ރަނގަޅެއް ނޫނެވެ. މިއަދުގެ ރެސިޕީއަކީ ހެދިކާގެ ބަދަލުގައި، ރޯދަ ވީއްލާ ގަޑިއަށް ހަށިގަނޑަށް ލުއި ވާނެ މީރު ރެސިޕީއެކެވެ.

ދިރާގާ ގުޅިގެން ގެނެސްދޭ މިހާރު ބަދިގެ މިއަދުގެ ރެސިޕީއަކީ ސްޓަފްޑް ޒުކިނީ އެވެ. ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ)ގެ މި ރެސިޕީ ތައްޔާރުކޮށްލަން ނަގަނީ މަދު ވަގުތުކޮޅެކެވެ.

ބޭނުންވާ ތަކެތި

1 ޒުކިނީ (ބޮޑު)

3 ބިސް

2 ލޮނުމެދު

ތެޅި މިރުސްކޮޅެއް

ގްރީން އަނިއަންސް

ޗިކަން ސްޓޮކް

ސެސެމީ އޮއިލް

ތައްޔާރުކުރާނެ ގޮތް

ޒުކިނީ މެދުން ފަޅާފައި އެތެރެ ސަމްސަލަކުން ކަހާފައި ނަގާލާށެވެ. އޭގެ ތެރެއަށް ކުކުޅު ބިސް އަޅާފައި ސްޓީމްކޮށްލާނީ އެވެ. ބިސް ގިރާއިރު ދެ ސަމްސާ ޗިކަން ސްޓޮކް އަޅާލަންވާނެ އެވެ.

ޒުކިނީ ސްޓީމްކުރާނީ 15-20 މިނެޓަށެވެ.

އޭގެ ފަހުން ސެސެމީ އޮއިލްކޮޅު ހޫނުކޮށްލާށެވެ. މި ތެޔޮކޮޅު އަޅާނީ ލޮނުމެދާއި ގްރީން އަނިއަން އާއި މިރުސްކޮޅުގެ ތެރެއަށެވެ.

ލޮނުމެދާ އެކު ހެދި މި ތެޔޮ ފޮދު ޒުކިނީ މައްޗަށް އަޅައި ރީއްޗަށް ފަތުރާލާށެވެ.