Roadha Mihaaru

ފެޒޫއާ އެކު "މިހާރު" ބަދިގެ: މެންގޯ ސެލަޑް

ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު" ބަދިގެ މިއަދުގެ ރެސިޕީއަކީ މެންގޯ ސެލަޑެވެ.

ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު" ބަދިގެ މިއަދުގެ ރެސިޕީއަކީ މެންގޯ ސެލަޑެވެ.

މި ޝޯ ހުށަހަޅައިދޭ ފެޒޫ މި ސެލަޑް ތައްޔާރުކުރީ ތެލުލާފައި ހުރި ރެހި އަޅައިގެންނެވެ. އެކަމަކު ބޭނުން ނަމަ ހިކިމަސް ނުވަތަ ޕްރޯންސް އަޅައިގެން ވެސް ހެދިދާނެ އެވެ.

ބޭނުންވާ ތަކެތި

9 އަނބު (ދިގަށް ކޮށާފައި)

ކޮރިއެންޑާ ފަތްކޮޅެއް

5 ލޮނުމެދު (ކޮށާފައި)

ތައިރެޑް ޗިލީކޮޅެއް (ކޮށާފައި)

1 ލުނބޯގެ ހުތް

1/2 ރޯސްޓެޑް ޕީނަޓްސް

3 ސަމްސާ ފިޝް ސޯސް

1/2 ޖޯޑުގެ ރެހި (ތެލުލާފައި)

ޕާމްޝުގާކޮޅެއް

ތައްޔާރުކުރާނެ ގޮތް

ފެޒޫ ފުރަތަމަ ހެދީ މެންގޯ ސެލަޑަށް އަޅާ ސޯސްގަނޑެވެ. ފިޝް ސޯސް ތެރެއަށް ފުރަތަމަ އަޅާނީ ޕާމްޝުގާކޮޅާއި ލުނބޯ ހުތެވެ. ދެން ކޮށާފައި ހުރި ލޮނުމެދާއި މިރުސްކޮޅާއި ކޮރިއެންޑާ ފަތްކޮޅެއ އަޅާލުމަށް ފަހު އެއްކޮށްލާށެވެ.

މި ސޯސް ކޮށާފައި ހުރި އަނބުގެ ތެރެއަށް އަޅައި ރަނގަޅަށް މޮޑެލާށެވެ. އޭގެ ތެރެއަށް ރޯސްޓެޑް ޕީނަޓްސް އަޅާލާށެވެ. ތެލުލި ރެހި އަޅާފައި މަޑުމަޑުން އެއްކޮށްލާށެވެ. މައްޗަށް ކޮރިއެންޑާ ފަތްކޮޅު އަޅާލާށެވެ.