ޕްރައިވެޓް އިންޝުއަރެންސެއް އޮންނަ މީހުންނަށް އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫނީ އާސަންދަ ނުދޭން ނިންމި ނިންމުން ބަދަލުކޮށް، ޑުއަލް އިންޝުއަރެންސް ދޭން އަނެއްކާ ވެސް ފަށައިފި އެވެ.
20 މާޗް 2025
ޕްރައިވެޓް އިންޝުއަރެންސެއް އޮންނަ މީހުންނަށް އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫނީ އާސަންދަ ނުދޭން ނިންމި ނިންމުން ބަދަލުކޮށް، ޑުއަލް އިންޝުއަރެންސް ދޭން އަނެއްކާ ވެސް ފަށައިފި އެވެ.
އާސަންދަ ރިފޯމްކުރަން ފަށައި، އެ ސްކީމަށް ގެނައި ބަދަލުގެ ދަށުން، ޕްރައިވެޓް އިންޝުއަރެންސެއް އޮތް ނަމަ، އޭގެ ލިމިޓް ހަމަވުމުން ނޫން ގޮތަކަށް އާސަންދަ ދޫނުކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. އެންސްޕާ އިން އޭރު ބުނި ގޮތުގައި ޕްރައިވެޓް އިންޝުއަރެންސް ނަގާފައިވާ ނަމަ އެ ފަރާތްތަކަށް އާސަންދަ ލިބޭނީ އެ މީހުންގެ ފެކޭޖުގެ ލިމިޓް ހަމަވުމުންނެވެ.
ނަމަވެސް، އެނގިފައިވާ ގޮތުގައި އެ އުސޫލަށް އާސަންދަ ކުންފުނިން މި ހަފުތާގައި ވަނީ ބަދަލެއް ގެނެސްފަ އެވެ.
ހޮސްޕިޓަލަކުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މި ފަހުން ގެނައި ބަދަލުން، ކޮންސަލްޓޭޝަނަށް ފުރަތަމަ ޗާޖުކުރާނީ އަމިއްލަ އިންޝުއަރެންސުންނެވެ. އާސަންދައިން ކަނޑާނީ ބާކީ އަދަދެވެ. އެހެންވެ، އަމިއްލަ ޖީބުން ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އަމިއްލަ އިންޝުއަރެންސެއް އޮތް ނަމަ އެއިން ފައިސާ ދެއްކުމަށް ފަހު ބާކީ އަދަދު އަމިއްލައަށް ދައްކަންޖެހޭ ގޮތަށް އިންޝުއަރެންސް ނިޒާމަށް މިދިޔަ އަހަރު ގެނައި ބަދަލާ އެކު، ގިނަ ބަޔަކު ޝަކުވާކުރި އެވެ. އެކަމަކު އެ ބަދަލާ އެކު ވެސް އެޑްމިޓުކޮށްގެން ފަރުވާ ހޯދާ ނަމަ ދެ އިންޝުއަރެންސް ވެސް ލިބެ އެވެ.
ހޮސްޕިޓަލުން ވާހަކަދެއްކެވި އޮފިޝަލު ވިދާޅުވީ އެޑްމިޓްނުކޮށް ފަރުވާ ހޯދާ އެހެން ހިދުމަތްތަކަށް ވެސް ދެ އިންޝުއަރެންސް ލިބޭނެ ގޮތަށް އާސަންދައިން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
މި ބަދަލުތަކާ ގުޅިގެން އާސަންދައިގެ ބަހެއް އަދި ނުލިބެ އެވެ.
ފުލުހުން/ސިފައިންގެ އިންޝުއަރެންސަށް އުނިކަމެއް ނާންނާނެ
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް ފަށައިފި
ފައިސާ ދައްކަން ޖެހޭ ހާލަތުގައި އާސަންދަ ލިބޭނެ
އެލައިޑުން ކޭޝްލެސް ސާވިސް އަލުން ފަށައިފި
އިންޝުއަރެންސްތަކަކުން ކޭޝްލެސް ސާވިސް މެދުކަނޑާލައިފި
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
ދެން އާސަންދަ ލިބޭނީ އެހެން އިންޝުއަރެންސަށް ކަނޑާފައި
އާސަންދަ ފުޅާކުރިޔަސް ހިދުމަތް ލިބޭ އަދަދު މަދެއްނުވާނެ