ދުނިޔޭގައި އެންމެ ރަނގަޅު ބޭސްފަރުވާގެ ހިދުމަތް ދޭ، އެކަމަކު ސިއްހީ ހިދުމަތުގެ އަގު ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ފުޅާކުރިޔަސް ހިދުމަތް ލިބޭ މީހުންގެ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.
27 މާޗް 2024
ދުނިޔޭގައި އެންމެ ރަނގަޅު ބޭސްފަރުވާގެ ހިދުމަތް ދޭ، އެކަމަކު ސިއްހީ ހިދުމަތުގެ އަގު ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ފުޅާކުރިޔަސް ހިދުމަތް ލިބޭ މީހުންގެ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރޮޒައިނާ ސުވާލުކުރީ ދެ ގައުމުން ލިބޭ ހިދުމަތްތަކުގެ ތަފްސީލް ހޯދާށެވެ. އަދި އިންޑިއާ އިން ހޯދާ ހިދުމަތްތަކުގެ އަގަށް ވުރެ ބޮޑުކޮށް ހިދުމަތް ހޯދަން ނިންމާފައިވޭތޯ އާއި އެހެންކަމަށްވާ ނަމަ ހިދުމަތް ލިބޭ މީހުންގެ އަދަދު މަދުވެދާނެތޯ ވެސް އޭނާ އެއްސެވި އެވެ.
އާސަންދައާ ގުޅޭ ގޮތުން މެންބަރު ރޮޒައިނާ މިނިސްޓަރާ ސުވާލުކުރައްވަނީ -- ފޮޓޯ: މަޖިލިސް
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރަށް އާސަންދައަށް ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން މެނޭޖުކުރެވޭނެ ގޮތަށް މި ސިޔާސަތު އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ބަދަލާ އެކު ހިދުމަތްދޭނެ މޮޑެލްތަކާއި ކަވަރު ކުރާނެ ހިދުމަތްތަކާއި ހަރަދު ހަމަޖައްސާނެ ގޮތް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މި ކަންކަން ނިމުނުހާ އަވަހަކަށް އާންމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހިދުމަތް ދެވޭ މީހުންގެ އަދަދު އެއް ގޮތަކަށް ވެސް އުނި ނުވާނެ ގޮތަށް އަނެއްކާ ވެސް މިހާރު އެ ލިބޭ ފެންވަރު ވެސް އުނި ނުވާނެ ގޮތަށް ހިދުމަތް ދެވޭނެ ކަމަށް ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ބަދަލު ގެނައުމަށް މަސައްކަތް ކުރަނީ މިހާރު އާސަންދަ ނިޒާމުގެ ތެރެއިން އިސްރާފުވަމުން އަންނަ ހަރަދުތައް ކުޑަކޮށް، ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ކަމަށެވެ.
މިނިސްޓަރުގެ ސުވާލާ ގުޅިގެން ގިނަ މެންބަރުން ވަނީ މި ދެ ގައުމަށް ބޭސްފަރުވާއަށް ދެވެން ފަށާނެ ދުވަހަކާ ގުޅޭ ގޮތުން ސުވާލުކުރައްވައިފަ އެވެ. ނަމަވެސް އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ ދެން ބަދަލު ކުރަން ނުޖެހޭނެ ފަދަ ސަސްޓެއިނަބަލް ނިޒާމެއް ގާއިމް ކުރުމަށެވެ. ވީ އެންމެ އަވަހަކަށް އެ ތަފްސީލްތައް އާންމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އާސަންދަ ހިދުމަތް ފުޅާކުރައްވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރެއްވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. ސަރުކާރުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމު، އާސަންދައަކީ "ހަމައެކަނި ވަކި ދިމާއެއްގައި" އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ އަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ އެވެ.
ޕްރައިވެޓް އިންޝުއަރެންސާ އެކު އަލުން އާސަންދަ ދެނީ
ފުލުހުން/ސިފައިންގެ އިންޝުއަރެންސަށް އުނިކަމެއް ނާންނާނެ
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް ފަށައިފި
ފައިސާ ދައްކަން ޖެހޭ ހާލަތުގައި އާސަންދަ ލިބޭނެ
އެލައިޑުން ކޭޝްލެސް ސާވިސް އަލުން ފަށައިފި
އިންޝުއަރެންސްތަކަކުން ކޭޝްލެސް ސާވިސް މެދުކަނޑާލައިފި
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
ދެން އާސަންދަ ލިބޭނީ އެހެން އިންޝުއަރެންސަށް ކަނޑާފައި