ދ. ބަނޑިދޫގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކުރަމުންދާ ފައިބަރު މަސައްކަތް ފަދަ، ބައެއް ކަންކަން ބަދަލުކުރުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމުގެ ގޮތުން ފަޅުން ބައެއް ހިއްކަން ނިންމައިފި އެވެ.
24 ފެބުރުއަރީ 2025
ދ. ބަނޑިދޫގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކުރަމުންދާ ފައިބަރު މަސައްކަތް ފަދަ، ބައެއް ކަންކަން ބަދަލުކުރުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމުގެ ގޮތުން ފަޅުން ބައެއް ހިއްކަން ނިންމައިފި އެވެ.
ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބަނޑިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރަށުގެ ފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި އަހަރުގެ ބަޖެޓުގައި އެކަން ހިމެނިފައި ނެތުމުން އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމަވާލައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ރަށުގެ ރައްޔިތުންގެ އުއްމީދެއް އެއީ ރަށު ތެރޭގައި އުނދަގޫވާ ގޮތަށް ފައިބަރު މަސައްކަތް ކަހަލަ ކުނި ކޮށި ކަހަލަ ރައްޔިތުންގެ ތެރޭގައި ހުރުމުން ދަތިވާ ކަހަލަ އުނދަގޫވާ ކަންކަން ބަދަލުކުރެވޭނެ ކަހަލަ ބިމެއް ހިއްކިގެން ދިއުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފައިބަރުގެ މަސައްކަތްކުރާ ސަރަހައްދު، އާންމުން އުޅޭ ސަރަހައްދުގައި ހުރުމުން އޭގެ ނުރައްކާތެރިކަން އެބަ އޮތް ކަމަށާއި އެހެންވެ، ހިއްކާ ސަރަހައްދަށް އެތަން ބަދަލުކުރުމާއި ކުނި ކޮށި އެ ސަރަަހައްދަށް ބަދަލުކުރުން ހިމެނޭ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. ބަނޑިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން.
ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތްކުރާ އިރު އެ ރަށުން ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ.
"އަމަލީ ގޮތުން މީގެ ނަތީޖާއަކަށް ވާނީ ބިން ހިއްކި، މި ދެންނެވި ހުރިހާ މަގްސަދެއް ހާސިލުވާ ގޮތަށް ޖާގަ ބާއްވައިގެން މި ރަށުގެ އެ މަސައްކަތްކުރާ ތަންތަން ބަދަލުކުރުމުގެ މަޝްރޫއުއެއް މި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނައިގެން އެ މަސައްކަތް އަޅުގަނޑު ނިންމައިދޭނަން،" ރައީސް ވިދާޅުވި އެވެ.
އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ބޭރު ތޮށި ބަދަލުކޮށްދިނުމަށް ވެސް ރައްޔިތުން އެދިފައިވާ ކަމަށެެވެ. މަސްވެރިންނާއި ކުދި ދޯނި ބޭނުންކުރާ ފަރާތްތަކަށް އެއީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ބޭރު ތޮށި ބަދަލުކުރުމުން ބަނދަރުގެ ޖާގަ އިތުރުވާނެތީ އެކަން ވެސް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަމަކީ ދިގު ރާސްތާ އިންވެސްޓްމަންޓެކެވެ. އަންނަ އަހަރުގެ ބަޖެޓުގެ ދަށުން އެކަން ވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ސްކޫލު މަޝްރޫއު އާއި ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމާއި ވަސީލަތްތައް އިތުރުކުރުން ފަދަ ކަންކަން މިއަހަރުގެ ބަޖެޓުގެ ދަށުން ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެެވެ.
ބަނޑިދޫގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ފަށައިފި
ފެލިދޫން 12 ހެކްޓަރުގެ ބިން ހިއްކައިދޭނަން: ރައީސް
އަމާޒަކީ ރަށްރަށަށް މަތީ ފެންވަރުގެ ހިދުމަތް ދިނުން
ގދ.ތިނަދޫގެ ނަމާ މެދު ވ.ތިނަދޫން މައްސަލަ ޖައްސަނީ
ކެމްޕެއިންގެ ބޭރުން ވަޑައިގެންނެވި ރައީސަކަށް މުއިއްޒު
ފުލިދޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަނީ
ރައްޔިތުން އެދޭނަމަ ފުލިދޫގެ ބިން ހިއްކައިދެނީ
ފުލިދު އަށް އެންމެ އުފާވެރި އެއް ދުވަސް
ރައީސް، ހަތަރު އަތޮޅަކަށް ފުރާވަޑައިގެންފި
މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަން އުފައްދައިފި