ޕާކިސްތާނުގެ ގެއެއްގައި މަސައްކަތްކުރަން ގެންގުޅުނު އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު އެ ގެއިން ޗޮކްލެޓެއް ވަގަށް ނެގި ކަމަށް ބުނެ ކުރި އަނިޔާގެ ސަބަބުން މަރުވެއްޖެ އެވެ.
ޕާކިސްތާނުގެ ގެއެއްގައި މަސައްކަތްކުރަން ގެންގުޅުނު އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު އެ ގެއިން ޗޮކްލެޓެއް ވަގަށް ނެގި ކަމަށް ބުނެ ކުރި އަނިޔާގެ ސަބަބުން މަރުވެއްޖެ އެވެ.
ޕާކިސްތާނު ފުލުހުން ބުނީ މި މައްސަލައިގައި ދެމަފިރިއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އިގްރާ ނަމަކަށް ކިޔާ ކުއްޖާއަށް ލިބިފައިވާ އެކި އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ބުދަ ދުވަހު ކަމަށެވެ. ތަހުގީގުގެ މިހާތަނަށް އެނގިފައިވާ ގޮތުގައި ކުއްޖާ ޒަހަމްވެފައިވަނީ އަނިޔާކުރުމުގެ ސަބަބުންކަން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާވަލްޕިންޑީގައި ހިންގި މި ލާއިންސާނީ އަމަލާ ގުޅިގެން ޕާކިސްތާނުގެ ސޯޝަލް މީޑިއާގައި ގެންދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ. އަދި ގޭގޭގައި މަސައްކަތްކުރަން ކުޑަކުދިން ގެންގުޅުން މުޅި ގައުމުގައި މަނާކުރުމުގެ ވާހަކަ އަނެއްކާވެސް ވަނީ ދެކެވެން ފަށައިފަ އެވެ.
ކުޑަކުދިން ލައްވާ މަސައްކަތްކުރުވުމާ ގުޅޭ ގާނޫނުތައް ޕާކިސްތާނުގެ އެކި ސްޓޭޓްތަކުގައި ތަފާތެވެ. ޕަންޖާބު ޕްރޮވިންސްގައި 15 އަހަރުން ދަށުގެ ކުދިން ގެވެށި މަސައްކަތްތެރިންގެ ގޮތުގައި ގެންގުޅުން މަނަލެވެ.
މަރުވި ކުއްޖާގެ ބައްޕަ ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު ގޭގެއަށް ގޮސް މަސައްކަތްކޮށްދޭން އުމުރުން 8 އަހަރުގައި ވަނީ ފަށައިފަ އެވެ. އެގޮތަށް މަޖުބޫރުވީ ވަރަށް ބޮޑަށް ދަރަނިވެރިވުމުން އެކަމުން ސަލާމަތްވާނެ ގޮތެއް ނެތުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
އަނިޔާ ލިބުނު ގޭގައި މަސައްކަތްކުރަން ފެށީ އެކި މީހުންނަށް މަސައްކަތްކޮށްދެމުން ގޮސް މީގެ ދެ އަހަރު ކުރިން ކަމަށާއި އެއީ އަށް ދަރިން ތިބޭ ދެމަފިރިންގެ ގެއެއް ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. ކުއްޖާއަށް މުސާރައަށް ލިބެނީ މަހަކު 28 ޑޮލަރު (7،800 ޕާކިސްތާން ރުޕީސް) އެވެ.
ފުލުހުން ބުނީ ކުއްޖާއަށް އަނިޔާކޮށްފައިވާ ކަމަށް ބެލެވެނީ ޗޮކްލެޓެއް ވަގަށް ނެގި ކަމަށް ބުނެފައި ކަމަށާއި އެކަމަކު އޭގެ ކުރިން ވެސް ކުއްޖާއަށް ތަކުރާރުކޮށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް އެބަހުރި ކަމަށެވެ. ބީބީސީން ބުނެފައިވާ ގޮތުގައި، ކުއްޖާގެ އަތާއި ފައިގެ ކަށިތަކުގައި ރެނދުލައި ބޮލަށް ބޮޑެތި އަނިޔާތައް ވެފައިވާ ފޮޓޯތައް ވަނީ ފެނިފަ އެވެ.
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް
އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
އަބްދުއްރަހުމާނަށް ހަމަލާދިންކަން ނޭނގެނީސް ކޯލެއް!
އަބްދުއްރަހުމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް
މާވަށު މަރުގެ ފަހަތުގައި މަސްތުވާތަކެތީގެ ވިޔަފާރި!
ޒަކިއްޔާގެ މަރު: އިންސާފު ވާސިލްވާނެ ކަމުގެ ޔަގީންކަން
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވާލައިފި
އަންހެނުންނަށް ފެނުނީ އަބްދުއްރަހްމާން މަރަށް ތެޅެނިކޮށް