Roadha Mihaaru

ހިތަދޫގައި މީހަކު ރަހީނުކޮށް، އަނިޔާކުރި ފަސް މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ހިތަދޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ހައްޔަރުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

11 ފެބުރުއަރީ 2025

އައްޑޫ ސިޓީގެ ހިތަދޫގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 1:35 ހާއިރު ހިތަދޫ، މިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ދިޔަ ފުލުހުންނަށް އެތަނުން ބަޔަކު ނިކުމެގެން ފިލަން ދުވަނިކޮށް ފެނުނު ކަމަށެވެ.

އެހެންވެ، އިތުރަށް އެކަން ބަލަންދިޔައިރު އެތަނުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، އޭނާގެ ބޮލުން ބައެއް ބާލައި، އަނިޔާ ކޮށްފައި ހުއްޓާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އަނިޔާ ކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އެ މައްސަލައާ ގުޅިގެން ކުށުގެ ވެށިން 4 މީހަކާއި 15 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު އެ މީހާ ރަހީނުކޮށް، އަނިޔާކުރި ސަބަބެއް ނޭނގެ އެވެ.