07 ނޮވެމްބަރ 2024
ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓެއްގައި ރަހީނުކޮގެން ގެންގުޅުނު މީހަކު ސަލާމަތްކޮށް، 12 މީހަކު ހިފަހައްޓައިފި އެވެ.
ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓެއްގައި ރަހީނުކޮގެން ގެންގުޅުނު މީހަކު ސަލާމަތްކޮށް، 12 މީހަކު ހިފަހައްޓައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ އެޗް9 ޓަވަރުގެ އެޕާޓްމަންޓެއްގެ ތެރޭގަ އެވެ. ރަހީނުކުރި މީހާ ސަލާމަތްކޮށް، އެތަނުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެ ފްލެޓުގައި ތިބި 12 މީހަކު އެ މައްސަލައާ ގުޅިގެން ހިފަހައްޓައި، ހައްޔަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަން އެނގިފައިވެ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ ހާދިސާއެއް ރިޕޯޓުކޮށްގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމަކު ތަފްސީލު އަދި ނުލިބޭ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، އެ މީހާ ރަހީނުކުރި ސަބަބެއް އަދި ހޭދަވި ދުވަހެއް ވެސް އަދި ސާފެއް ނުވެ އެވެ.
ހިޔާ ފްލެޓުގައި މީހުން ރަހީނުކުރާ މައްސަލަތައް މިފަހުން ވަރަށް ބޮޑުވެފައިވާއިރު މީހުންނަށް އޮޅުވާލައިގެން ފްލެޓަށް ގެންގޮސް ރަހީނުކޮށް ފޭރެމުންދާ މައްސަލަތައް ވެސް ވަނީ އެތަނުގައި އިތުރުވެފަ އެވެ.
ކާރުގައި މީހަކު ރަހީނުކުރި 5 މީހުން ދޫކޮށްލައިފި
ރަހީނުކުރުމުގައި ފްލެޓުގެ ވެރިމީހާ ބައިވެރިވި: ޕޮލިސް
ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރުކޮށްފި
ކާރެއްގައި މީހަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅެފި
ރަހީނުކުރި މައްސަލަ: ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި
ރަހީނުކުރި މައްސަލަ: 12 މީހުންގެ މުއްދަތު ޖަހައިފި
މީހާ ސަލާމަތްކުރީ އިނގިލި ބުރިކުރަން އުޅެނިކޮށް!
މީހެއްގެ އިނގިލި ބުރިކުރި މައްސަލާގައި ދެ ސިފައިން
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ
އަތުހަރު އިނީ އަމިއްލަ ކަރުގައި ވެސް ވަޅި ޖައްސައިގެން