ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅުނު މައްސަލާގައި ހައްޔަރުކުރި ފަސް މީހުން ބަންދުން ދޫކޮށްލައިފި އެވެ.
19 ނޮވެމްބަރ 2024
ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅުނު މައްސަލާގައި ހައްޔަރުކުރި ފަސް މީހުން ބަންދުން ދޫކޮށްލައިފި އެވެ.
ހުޅުމާލޭގެ އޯކިޑްމާ ހިނގުމުގައި، ކާރެއްގެ ތެރޭގައި، ދިވެހި ފިރިހެނަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައެއް ފުލުހުންގެ އިދާރާ އަށް ހުށަހެޅުމުން ބަލަން ފެށީ މި މަހުގެ 11 ގަ އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ދަފްތަރު ނަމްބަރު 9022 ތޮލާލް މޫސާ އާއި ހދ. ކުމުންދޫ، ރަތްބަގީޗާގޭ ހުޝާމް އިބްރާހިމާއި ހަމަ އެ ގޭ އާދަމް ޝަރީފާއި ގ. ކަޅަގާރިމާގޭ، ހުސެއިން ހައިކަލް ނިޔާޒު އަދި ހުޅުމާލެ ފްލެޓް ނަންބަރު 71-1-04 އަހުމަދު ރިޝްފާން އެވެ.
އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ.
ރަހީނު ކުރި މައްސަލާގައި ހައްޔަރުކުރި އިތުރު މީހެއް.-- ފޮޓޯ: ޕޮލިސް
ފުލުހުން މިއަދު ބުނީ އެ ފަސް މީހުން ބަންދުގައި ބައިތިއްބަން ނުފެންނާތީ ދޫކޮށްލީ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏަސް އިތުރު ތަފްސީލެއް ނުދެ އެވެ.
ރަހީނުކުރި މައްސަލައެއްގައި ހިމެނޭ އެންމެން ދޫކޮށްލާފައި ވާއިރު، މި މަހު ހަތްވަނަ ދުވަހުގެ ރޭ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ވެސް 12 މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެ މައްސަލާގައި އެ މީހުން ހައްޔަރުކުރީ ރަހީނު ކޮށްފައިވާ މީހާގެ އިނގިލި ބުރިކޮށްލަން އުޅެނިކޮށެވެ.
ފަހަކަށް އައިސް ރަހީނު ކުރުމުގެ މައްސަލަތައް އިތުރުވެފައި ވާއިރު، އެ މައްސަލަތަކުގައި ކަން ހިނގި ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ރަހީނުކުރުމުގައި ފްލެޓުގެ ވެރިމީހާ ބައިވެރިވި: ޕޮލިސް
ކުޑަކުއްޖާގެ މަރު: އިދާރާތަކުން އަަމަލުކުރިގޮތް ބަލަނީ
މަރާލާފައި އޮއްވައި ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ
މަރުގެ ތުހުމަތަށް ހައްޔަރުކުރީ ކުއްޖާގެ ދެ އެކުވެރިން!
ފްލެޓަކަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ހައްޔަރު
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ހިތަދޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ހައްޔަރުކޮށްފި
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ހުޅުމާލެ 3 ގައި ރާ ކައްކަމުން ދިޔަ ބަޔަކު ހައްޔަރު
އިނގިލި ބުރިކުރަން އުޅުނު މައްސަލަ:އެންމެން ދޫކޮށްފި