ރ. އުނގޫފާރަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ވިސްނަވާފައިވާ ރަށަކަށްވާތީ، އެ ރަށުގައި 500 ހައުސިން ޔުނިޓް އަޅައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
21 ޖެނުއަރީ 2025
ރ. އުނގޫފާރަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ވިސްނަވާފައިވާ ރަށަކަށްވާތީ، އެ ރަށުގައި 500 ހައުސިން ޔުނިޓް އަޅައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހަތް ސަރަހައްދެއް އެންމެ މަތީ ފެންވަރަށް ތަރައްގީ ކުރެއްވުމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން އެ ސަރަހައްދުތަކަކީ ކޮންމެ ދާއިރާއަކުން ވެސް އެންމެ މަތީ ފެންވަރުގައި ހިމެނޭ ސަރަހައްދަކަށް ވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ތަރައްގީ އާއި ސިއްހީ އަދި ތައުލީމީ ދާއިރާ އާއި އިގްތިސާދީ ދާއިރާއަކީ ވެސް އެންމެ ފެންވަރު ރަނގަޅު ދާއިރާތަކަށް ވާންޖެހެ އެވެ.
އާބަން ސެންޓަރުތަކަށް ހުރިހާ ހިދުމަތްތަކެއް ފުޅާ ކުރައްވައި، ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އާބަން ސެންޓަރެއްގެ ގޮތުގައި އުނގޫފާރު ތަރައްގީވާއިރު އެ ރަށަށް ހިޖުރަކުރަން މީހުން ބޭނުންވާނެ އެވެ. އެހެންވެ، ރަށުގެ މީހުންނާއި ހިޖުރާ ކުރާ މީހުންނަށް ވެސް ލިބޭ ގޮތަށް 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަށް ބޭނުންވާ ބިމާއި ފަންނީ މަސައްކަތްތައް ކައުންސިލާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ރަށުން ހިއްކާފައިވާ ސަރަހައްދު ހިމާޔަތް ކުރުމުގެ ކުރިން، އެތަން ގިރައިގެންދާން ފަށާފައިވާ ކަމަށާއި އެކަމަކު މޫސުމީ ގޮތުން އަންނަ އެ ބަދަލުތަކާ މެދު މަޝްވަރާކޮށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް، ބިން ހިއްކުމުގެ މަސައްކަތް ކުރާއިރު މިހާރު ގިރާފައިވާ ސަރަހައްދު އަލުން ހިއްކައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ ސްކޫލު ބޮޑުކުރުމާއި ސިއްހީ ނިޒާމު ވަރުގަދަ ކުރެއްވުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ސިއްހީ ނިޒާމު ވަރުގަދަކުރާނީ ތިން އަހަރުގެ ބަޖެޓަކަށް ބަހާލައިގެން ކަމަށް ވިދާޅުވި އެވެ.
އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
4،000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
18 އަހަރުން މައްޗަށް ގެދޮރު ދޭން މިއަހަރު ހުޅުވާލަނީ
މާލެއިން ގޯތި ދޫކޮށްލާ މީހުންނަށް ގޯތި ދޭން ފަށަނީ
ގުޅިފަޅު ގޯތިތަކުގެ ރަޖިސްޓްރީ މިމަހު ދޭން ފަށާނެ
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
އުތުރުތިލަފަޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް
"މިއީ ނުފޫޒެއް ނެތް ހަމައެކަނި ހައުސިން ލިސްޓް"
އަމިއްލަ ގޯތީގައި ހައުސިން ޔުނިޓްތައް އަޅައިދެނީ
ގުޅިފަޅުގެ ހިއްކާފައިވާ ބައިން ހުރިހާ ގޯއްޗެއް ދެނީ