ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ 20،000 މީހުންގެ ފޯމް އިވެލުއޭޓް ކުރުމުގެ ބަދަލުގައި ކުރީ ސަރުކާރުން އިއުލާން ކުރި 4،000 މީހުންގެ ފްލެޓް ލިސްޓު ވެރިފައި ކުރުމުގެ މަސައްކަތް ފަށަން ސަރުކާރުން ނިންމައިފި އެވެ.
14 ޖެނުއަރީ 2025
ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ 20،000 މީހުންގެ ފޯމް އިވެލުއޭޓް ކުރުމުގެ ބަދަލުގައި ކުރީ ސަރުކާރުން އިއުލާން ކުރި 4،000 މީހުންގެ ފްލެޓް ލިސްޓު ވެރިފައި ކުރުމުގެ މަސައްކަތް ފަށަން ސަރުކާރުން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ޖޫން 26، 2022 ގައި އިއުލާން ކުރި ސްކީމުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް 6،000 މީހުން އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 14،000 މީހުން ކުރިމަތިލާފައިވާ ކަމަށެވެ.
އެ ހުށަހެޅުންތައް ރީ އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރުމާއި ފައިނަލް ލިސްޓު ނެރުމުގެ މަސައްކަތް މިދިޔަ 14 މަސް ތެރޭގައި ކުރަން މަސައްކަތް ކުރުމަށް ފަހު ބޮޑެތި މައްސަލަތައް ފާހަގަވެފައިވާތީ އެ ލިސްޓު އާންމު ކުރުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ނިންމާފައި ވަނީ ކުރީ ސަރުކާރުން އިއުލާން ކުރި 4،000 ފްލެޓްގެ ލިސްޓު ވެރިފައި ކުރުމުގެ މަސައްކަތް ފެށުމަށެވެ. އެކަން ކުރާއިރު އޭރު ހެދިފައިވާ އުސޫލުތަކަށް ރިއާޔަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން އިއުލާން ކުރި އުސޫލުގައި 15 އަހަރު މާލޭގައި ދިރިއުޅުނު ކަން ސާބިތު ކުރުމަށްޓަކައި ހަ ލިޔެކިޔުމެއް ބަލައިގަންނާނެ ކަމަށް ބުނެފައިވެ އެވެ. އެއީ؛
1. މާލޭގައި ވަޒީފާ އަދާކުރި ކަމުގެ ލިޔުން.
2. އަނބިމީހާ/ފިރިމީހާ ކައިވެނި ކުރުމަށް ފަހު ވަޒީފާ އަދާ ކުރިކަމުގެ ލިޔުން.
3. ސްކޫލް/ކޮލެޖް/ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން.
4. އަނބިމީހާ/ފިރިމީހާ ކައިވެންޏަށް ފަހު ސްކޫލް/ކޮލެޖް/ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން.
5. ދަރިން މާލެ ސްކޫލް/ކޮލެޖު/ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން.
6. ޕެންޝަނާ ބެހޭ ލިޔުންތައް.
މުއްތަލިބް ވިދާޅުވި ގޮތުގައި ވެރިފިކޭޝަން ޕްރޮސެސް ކުރިޔަށް ގެންދާ އިރު މި ލިޔެކިޔުންތައް ހުރިތޯ ބަލާނެ އެވެ. ކައުންސިލްގެ ސިޓީ ފަދަ އެހެނިހެން އެއްވެސް ލިޔެކިޔުމެއް ބަލައި ނުގަތުމަށް އޭސީސީ އާއި އޮޑިޓާ ޖެނަރަލް އޮފީހުން ވެސް ލަފާ ދީފައިވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
ނަމަވެސް އުސޫލުގައި "މެދުކެނޑުމެއް ނެތި މާލޭގައި ދިރިއުޅުން" ވެސް މާނަކޮށްފައި ނުވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ. އެކަން ހަރުކަށިކޮށް މާނަ ކޮށްފި ނަމަ މުއްދަތުގައި ބޭސް ފަރުވާ އަށް ނުވަތަ އެހެން ސަބަބަކަށް ރާއްޖެއިން ބޭރަށް ގޮސްފައިވާ ނަމަ ޝަރުތެއް ހަމައެއް ނުވާނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
އެހެންވެ، މިނިސްޓްރީން ވެރިފައި ކުރާނީ އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް މެދުކެނޑިފައި ނުވާ ނަމަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތަށް މުއްތަލިބް ވެސް ވަނީ ވެރިފިކޭޝަން އަށް ފަހު ފައިނަލް ލިސްޓެއް ރޯދައިގެ ކުރިން ނެރޭނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ. އަދި ވެރިފައި ކުރާ ލިސްޓު އާންމު ކުރުމަށް ފަހު އާންމުންނަށް ޝަކުވާ ހުށަހަޅަން ވެސް ފުރުސަތު ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފްލެޓް ލިސްޓަށް ޝަކުވާގެ މުއްދަތު އިތުރުކޮށްފި
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
ފްލެޓް މައްސަލަ ދިގުލައިގެން ދިއުމުން މާފަށް އެދިއްޖެ
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ހިޔާވަހި ސްކީމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ކުޑަހުވަދޫގައި 160ފްލެޓުގެ ދެ އިމާރާތް ހަދައި ވިއްކަނީ
ހިޔާވަހި ސްކީމަށް ފަހުން ކުރެހުން ހުށަހެޅޭ ގޮތް ހަދަނީ
ފްލެޓްތަކުގެ އަދަދަށް ވުރެ ޝަކުވާ ދެ ގުނަ އިތުރު
ފްލެޓް ލިސްޓަށް 5000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ
ސައުދީ ފަންޑު ލޯނުގައި 400 ފްލެޓު މަޝްރޫއު ފަށައިފި