އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޓޮޓްނަމް ހޮޓްސްޕާސް އަތުން 1-0 އިން ލިވަޕޫލް ބަލިވުމުން، ޑިފެންޑަރު ވާޖިލް ވެންޑައިކްގެ ހިތްހަމަނުޖެހުން ރެފްރީ އަށް ބަންޑުންކޮށްލައިފި އެވެ.
09 ޖެނުއަރީ 2025
އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޓޮޓްނަމް ހޮޓްސްޕާސް އަތުން 1-0 އިން ލިވަޕޫލް ބަލިވުމުން، ޑިފެންޑަރު ވާޖިލް ވެންޑައިކްގެ ހިތްހަމަނުޖެހުން ރެފްރީ އަށް ބަންޑުންކޮށްލައިފި އެވެ.
ޓޮޓަންމަގެ ލަނޑު ޖެހީ ލޫކަސް ބާފްވޯލް އަށް އޭގެ ކުރިން ދެވަނަ ރީނދޫކާޑަކާ އެކު ރަތްކާޑެއް ދައްކަން ޖެހޭނެ ކަމަށް، ވެންޑައިކް ބުންޏެވެ.
ލުއިސް ޑިއާޒަށް ކުރި ފައުލަކަށް ރެފްރީ ސްޓުއާޓް އަޓްވޯލް ރީނދޫ ކާޑެއް ދެއްކި އެވެ. މެޗުގެ ފަހުކޮޅު ލިވަޕޫލްގެ ޑިފެންޑަރު ކޮސްޓާސް ސިމިކާސް އަށް އޭނާ ޓެކްލް ކުރި އެވެ. އެކަމަކު ރެފްރީ ދޫކޮށްލީ އެޑްވާންޓޭޖަށެވެ. އޭގެ ފަހުން އޭނާ ލަނޑު ޖަހައި ޓޮޓްނަމް ފައިނަލާ ގާތްކޮށް ދިނެވެ.
"ދެ ވަނަ ރީނދޫކާޑެއް ދައްކަން ޖެހޭ،" މެޗަށް ފަހު ވެންޑައިކް ބުންޏެވެ.
"އެކަން ވަރަށް ސާފު. އޭގެ މިނެޓެއް ފަހުން މޮޅުން މޮޅުވި ގޯލް ޖެހީ. ކޮންމެ ގޮތެއް ވިޔަސް އެކަން ވެއްޖެ. އަހަރެންދެކޭ ގޮތުގައި ރެފްރީ ވަނީ ގޯހެއް ހަދާފައި. އެ ވާހަކަ އޭނާ ގާތުވެސް ބުނެފިން. އޭނާ ހީކުރީ އޭނާ އަށް ގޯހެއް ނުހެދޭކަމަށް. އެކަމަކު އެންމެންނަށް ވަރަށް ސާފު. އަރިމަތީގައި ހުރި ލައިސްމަނަށް ވެސް ފެންނާނެ."
ވެންޑައިކް ބުނީ ލިވަޕޫލް ބަލިވީ އެހެންވެގެންނޭ ބުނަން އޭނާ ބޭނުންނުވާ ކަމަށެވެ.
"އެކަމަކު އެއީ މެޗު ބަދަލުވެގެންދިޔަ ކަމެއް،" އޭނާ ބުންޏެވެ.
މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގު މެޗު އަންނަ މަހު ހައެއްގައި ކުޅޭނީ ލިވަޕޫލްގެ އެންފީލްޑްގަ އެވެ.
ހުރިހާ ތައްޓަކަށް ވާދަކުރަން ބޭނުން: ސްލޮޓް
ކްލޮޕްގެ ވަދާއީ ލީގުކަޕު ޗެލްސީ ރޮއްވާލައި ތަށިނަގައިފި
ސޮބޮސްލާއީ ޖެހީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ފްރީކިކް؟
ނަތީޖާ އަނބުރާލައި ޕީއެސްޖީއަށް ސުޕަ ކަޕް
ފުރަތަމަ ތަށި ލިވަޕޫލަށް ގެއްލިއްޖެ، ގޯހީ ޑިފެންސް
ޓޮޓްނަމްގެ ކެޕްޓަން ސަން ކްލަބް ދޫކޮށްލަން ނިންމައިފި
ލިވަޕޫލުގެ އޯނަރުން ގެޓާފޭ ގަންނަން މަޝްވަރާ ކުރަނީ
ޔުނައިޓެޑުން ފާރަލީ ތިން ފޯވާޑުން ވާދަވެރި ކްލަބްތަކަށް
ޕީއެސްއާރްގެ ބިރެއް ނެތި ލިވަޕޫލުން 400 މިލިއަން
ވާޓްޒްއަށް ލިވަޕޫލްގެ ދެވަނަ ބިޑްވެސް ރިޖެކްޓް