05 ޖެނުއަރީ 2025
ޗައިނާގައި އާދަޔާ ހިލާފް ވައިރަސްއެއް ފެތުރެން ފަށައި ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެފައިވާ ކަމަށް ބުންޏަސް އެއީ ނުރައްކާ ހާލަތެއް ނޫން ކަމަށާއި އެއީ ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމުގައި ފެތުރޭ ރޯގާ ކަމަށް ޗައިނާއިން ބުނެފި އެވެ.
ޗައިނާގައި އާދަޔާ ހިލާފް ވައިރަސްއެއް ފެތުރެން ފަށައި ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެފައިވާ ކަމަށް ބުންޏަސް އެއީ ނުރައްކާ ހާލަތެއް ނޫން ކަމަށާއި އެއީ ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމުގައި ފެތުރޭ ރޯގާ ކަމަށް ޗައިނާއިން ބުނެފި އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ބުނި ގޮތުގައި ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެފައި ވިޔަސް މިފަހަރު ފިނިމޫސުމުގައި ރޯގާ ޖެހުނު މީހުންގެ އަދަދު ކުރީ އަހަރާ އަޅާބަލާއިރު މަދެވެ.
އެހެންވެ، ޗައިނާއަށް ދަތުރުކުރުމުގައި ނުރައްކަލެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"އުތުރު ހެމިސްފިއާގައި ފިނި މޫސުމާ ދިމާކޮށް، ނޭވާލާ ނިޒާމުގެ އިންފެކްޝަންތައް ޕީކްވޭ،" ޗައިނާގައި އިންފްލުއެންޒާ އޭ އާއި ނޭވާލާ ނިޒާމުގެ އެހެނިހެން ބަލިތައް ފެތުރެމުންދާ ގޮތާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވި އެވެ.
ޗައިނާގައި ހޮސްޕިޓަލްތައް ފުރިފައި އޮންނަ މަންޒަރު ފެންނަ ވީޑިއޯތައް މި ދުވަސްވަރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
"މި ބަލިތައް ފެންނަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު މަދުން އަދި ސީރިއަސްކަން ކުޑަކޮށް،" ތަރުޖަމާނު ވިދާޅުވި އެވެ.
"އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން. ޗައިނާ ސަރުކާރުން ޗައިނާގައި ދިރިއުޅޭ ޗައިނާ ރައްޔިތުންނާއި، ބިދޭސީންގެ ސިއްހަތަށް ވަރަށް ބޮޑަށް ވިސްނާނެ. ޗައިނާއަށް ދަތުރުކުރުމަކީ ރައްކާތެރި ކަމެއް."
ފިނި މޫސުމުގައި، ނޭވާލާ ނިޒާމުގެ ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތައް ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން ޗައިނާގެ ނޭޝަނަލް ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ގައިޑްލައިންތަކަށް އޭނާ އިޝާރާތްކުރެއްވި އެވެ.
ފާއިތުވި ދުވަސްތަކުގައި، ޗައިނާގައި ބޮޑު ރޯގާއެއް ފެތުރެމުންދާ ކަމުގެ ރިޕޯޓްތައް ވަނީ ފެތުރިފަ އެވެ. މި ވާހަކަ އެންމެ ބޮޑަށް އުޅެނީ އިންޑިއާ އާއި އިންޑޮނީޝިއާގެ މީޑިއާގަ އެވެ. އަދި މި ރޯގާ އާއި މީގެ ފަސް އަަހަރު ކުރިން ފެތުރު ކޮވިޑާ ގުޅުވައި އެކި ވާހަކަތައް ދަނީ ދެކެވެމުންނެވެ.
ނަމަވެސް ސިއްހީ އޮފިޝަލުން ބުނަނީ ފިނި މޫސުމުގައި ކޮންމެ އަހަރަކު ވެސް ބަލި ފެތުރޭ ކަމަށާއި ފާއިތުވި ދުވަސްތަކުގައި ޗައިނާއަށް ވަނީ ފިނި މޫސުން އިތުރަށް ގޯސްވެފައި ކަމަށެވެ.
ރާމާމަކުނުގެ ވައިރަހުގައި ޗައިނާއިން މީހަކު މަރުވެއްޖެ
ދޫނިރޯގާގެ ނާދިރު ވައިރަހެއް ޗައިނާ މީހަކަށް ޖެހިއްޖެ
70 ޕަސެންޓް މީހުން ސިނޮފޯމްގެ ދެވަނަ ޑޯޒް ނުޖަހާ
ސައިނޯފާމްގެ ދެ ވަނަ ޑޯޒް ދޭނީ ހަތަރު ހަފުތާ ފަހުން
ސިނޮފާމްގެ ވެކްސިންގެ 100،000 ޑޯޒް ގެނެސްފި
ސައިނޯފާމް ވެކްސިނަށް ހުއްދަދިނުމުގެ ދިރާސާ އަދި ނުނިމޭ
ޗައިނާ ވެކްސިންގެ 5،000 ޑޯޒު ރާއްޖެ ގެނެސްފި
ބްރަޔަން އެޑަމްސް ކޮރޯނާވައިރަސް ޗައިނާއާ ގުޅުވައިފި
ރާއްޖެއަށް ޗައިނާގެ އެހީތައް ގެނައުމުގެ ދަތުރު ފަށައިފި
ވޫހާންގައި ހުރި ދިވެއްސެއް: މުހިންމީ ކެތްތެރިކަން