18 އެޕްރީލް 2020
ޗައިނާގެ ވޫހާން ސިޓީން އުފަންވެގެން އައި ކޮވިޑް-19 ވައިރަސް މުޅި ދުނިޔޭގައި ފެތުރެމުންދާއިރު، މި ބަލީގެ ނުރައްކާތެރިކަން އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް ފެނުނު ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެ އެވެ. އަދި ވަކުން ހާއްސަކޮށް އެތަނެއްގައި މި ބަލި އުފަންވި ވޫހާން ސިޓީ އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
ޗައިނާގެ ވޫހާން ސިޓީން އުފަންވެގެން އައި ކޮވިޑް-19 ވައިރަސް މުޅި ދުނިޔޭގައި ފެތުރެމުންދާއިރު، މި ބަލީގެ ނުރައްކާތެރިކަން އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް ފެނުނު ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެ އެވެ. އަދި ވަކުން ހާއްސަކޮށް އެތަނެއްގައި މި ބަލި އުފަންވި ވޫހާން ސިޓީ އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
ބަލި އެންމެ ފުރަތަމަ ފެތުރެން ފެށި އިރު މިއީ ކިހިނެއްވާ ކޮން ކަހަލަ ބައްޔެއްކަން މިހާރު މި އެނގޭ ވަރަށް ވެސް ނޭނގެ އެވެ. ކުއްލިއަކަށް މުޅި ސިޓީ ލޮކްޑައުންއަކަށް ދިޔަ އިރު އެ ސިޓީގައި ނުވަ ދިވެހިން ތާށިވި އެވެ. ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅައި އެމީހުން އިންޑިއާ މަގުން ރާއްޖެ ގެނެސްދިން ނަމަވެސް އެމީހުންނަށް އެ ގައުމުގައި ކަޅު އަނދިރި ދުވަސްތަކެއް ދެކެން ޖެހުނެވެ.
ފުލް ލޮކްޑައުންއަކަށް މާލެ ދިއުމުން ކާބޯތަކެތީގެ ދަތިކަމުގެ ވާހަކަ ދައްކައި އާންމުން ޝަކުވާ ކުރަމުންދާއިރު އަމިއްލަ ފަސްގަނޑު ނޫން ތަނެއްގައި އާންމުކޮށް ވެސް ދިވެހިންނަށް ކެވޭ ފަދަ ތަކެތި ހޯދަން ދަތި ތަނެއްގައި އެ ދުވަހު އެމީހުންގެ ހާލަތު ހުންނާނެ ގޮތް އަމިއްލައަށް ތަސައްވަރު ކޮށްލާށެވެ.
ވުހާން ސިޓީގެ މި ހާލަތު ތަޖުރިބާކުރި ދިވެއްސަކު ވަނީ ނަން ހާމަނުކުރުމަށް "މިހާރު" އަށް އޭނާގެ ތަޖުރިބާ ތަފްސީލްކޮށް ހިއްސާކޮށްފަ އެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ ދާއިރާއިން ވޫހާންގައި މާސްޓާސް ހާސިލްކުރަމުން ހާސިލްކުރަމުން އައީ އަންހެނުންނާއި ދެ އަހަރުގެ ތުއްތު ފިރިހެން ދަރިފުޅާ އެކުގަ އެވެ.
ވޫހާން ސިޓީގައި ކަމާ ބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ
އޭނާ ބުނި ގޮތުގައި ޗައިނާ އަކީ މުސްލިމް ގައުމަކަށް ނުވާތީ އާންމު ހާލަތުގައި ވެސް ކާބޯތަކެތި ހޯދަން އޭހާ ފަސޭހައެއް ނޫނެވެ. ކައިރީގައި ކިތަންމެ ބައިވަރު މޯލްތަކެއް ހުއްޓަސް ހަލާލް ކާބޯތަކެތި ހޯދަން ވަރަށް ދިގު ދަތުރެއް ކުރަން ޖެހެ އެވެ. އެގޮތުން އޭނާ ދިިއުޅެމުން އައި ސަރަހައްދާ އެންމެ ކައިރިން ވެސް ހަލާލް ކުކުޅާއި މަސް ގަންނަން ސައިކަލުގައި 30 މިނެޓު ދުއްވަ އެވެ.
އާންމުކޮށް އުޅޭ އިރު ރާއްޖެއިން މަސްދަޅާއި ވަޅޯމަސް ފަދަ ދިވެހި ކާތަކެތި އާއިލާ މެދުވެރިކޮށް ޗައިނާ އަށް ގެންދެ އެވެ. ނަމަވެސް ލޮކްޑައުންއަށް ދިއުމުން އެކަން ވެސް ބަންދުވީ އެވެ. އަދި އެ ހާލަތު އައި އިރު އަތުގައި ހުރި ކާތަކެތި ވެސް ހުސްވެއްޖެ އެވެ.
"އޭރު ގޭގައި ވަރަށް މަދު އެތިކޮޅެއް ހުރީ. މާލެއިން ފޮނުވާފައި ހުރި އެއްޗެހީގެ ތެރޭގައި ހަމައެކަނި ކުޑަ ވަޅޯ މަސްކޮޅެއް އޮތީ،" އޭނާ ބުންޏެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ ބަނަކަމާއި އެ ބަންދުން ދޫވާނެ އިރެއް ނޭނގޭތީ، އޭނާ ބުނީ، އެ ވަޅޯ މަސްކޮޅުން ގަރުދިޔަ ކައްކައިގެން ވެސް ދެ ހަފުތާ ހިފަހައްޓާލި ކަމަށެވެ. މިނަރަލް ވޯޓާ ހުސްވުމުން ދެން ބޭނުންކުރީ އިސްކުރު ފެނެވެ. އެ ފެން ބުއީ ކައްކައިގެންނެވެ.
"އޭރު ގޭގައި ވަރަށް މަދު އެތިކޮޅެއް ހުރީ. މާލެއިން ފޮނުވާފައި ހުރި އެއްޗެހީގެ ތެރޭގައި ހަމައެކަނި ކުޑަ ވަޅޯ މަސްކޮޅެއް އޮތީ."
އޭނާ ކިޔާދިން ގޮތުގައި ވޫހާން ސިޓީ އެ ހާތަލަށް ދިއުމުން، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީން އެހީތެރިކަން ފޮރުކޮށްދޭން ވަރަށް މަސައްކަތް ކުރި އެވެ. އެގޮތުން ދިވެހިން ބޭނުންވަނީ ކޮން އެއްޗެއްތޯ އަހާ އޮޅުންފިލުވައި އޯޑަރު ވެސް ކޮށްދިނެވެ. ނަމަވެސް ހާލަތު އޭރު އޮތް ގޮތަށް ބަލައި އެތަކެތި ލިބޭނެ ކަމަށް ހީކޮށްގެން ތިބެވެން ނެތް ކަން ގަބޫލުކޮށް އޭނާ މަސައްކަތްކުރީ އަތުގައި އޮތް އެއްޗެއް ވީ އެންމެ ގިނަ ދުވަހަކަށް ހިފަހައްޓާލާށެވެ.
ވޫހާން ސިޓީ ލޮކްޑައުންގައި އޮތް އިރު މީހަކު ބިސް ގަނެގެން ދަނީ --ފޮޓޯ:އޭއެފްޕީ
އޭނާ ބުނީ އޯޑަރުކުރި ތަކެތި ލިބުނީ ކުރިން ވެސް ހީކުރި ގޮތަށް ވަރަށް ދުވަހުން ކަމަށެވެ. އެއްޗެހި ލިބެމުން އައީ ހަފްތާއަކު އެތިކޮޅެއް އެކަހަލަ ގޮތަކަށެވެ. އެ އެއްޗެހި ގެންނަ މީހާއަށް ވެސް މީހުން ދިރިއުޅޭ ހިސާބަކަށް ނުވަދެވެ އެވެ. އެއްޗެހި ބެހެއްޓީ އޭނާގެ އެޕާޓްމަންޓް ހުރި ތަނާ 100 ވަރަކަށް މީޓަރު ދުރުގަ އެވެ.
ހަފުތާއެއް ފަހުން އެންމެ ފުރަތަމަ ލިބުނީ ކެރޮޓްކޮޅެކެވެ. އެ ބަލާ އޭނާ ގެއިން ނުކުތީ މަތިމަތިން ދެ މާސްކް އަޅައި، ވިއްސާރަ ކޯޓެއް ލުމުގެ އިތުރުން އަންގިއެއް ވެސް ލައްވައިގެންނެވެ. ދޮރު މަތީގައި ހުރެގެން ކޮތަޅު ކަނޑައި، އެ ދޮވުނެވެ. ދެން ވަގުތުން ކައްކަން ފެށީ އެވެ. އެޕާޓްމަންޓް ބޭރުގައި ހުރެގެން މާސްކް އާއި އަންގި ވެސް ނައްޓައި، އުކާލީ އެވެ. ދެން އަވަހަށް ފެންވެރީ އެވެ.
އޭނާ ކިޔައިދިން ގޮތުގައި އެ ވަރަށް ބަލައިގެން އުޅެގެން ނޫނީ މި ހާލަތުގައި ދިވެހިން ވެސް ސަލާމަތެއް ނުވާނެ އެވެ. ޗައިނާ ކުއްލި ލޮކްޑައުންއަކަށް ދިޔަ އިރު އެ ގައުމުގެ ހާލަތު އޮތީ ހަމަ ބޮއްސުން ލައިގެން ގޮސްފަ އެވެ. ހަރުކަށި ފިޔަވަޅު އަޅައިގެން ނޫނީ ދެން އަތުނުވާ ހިސާބުގަ އެވެ. އެކަމަކު ދިވެހިން އެންމެން ވިސްނައިގެން އުޅެފިއްޔާ ރާއްޖެ އަދި އެ ހިސާބަށް ދާން ގާތް ވެސް ނުވާ ކަމަށް އޭނާ ބުންޏެވެ.
ގެއަށް ބޭނުންވާ އެއްޗެހި ވަގުތުން ނުލިބޭތީ ގިނަ މީހުން ކަންބޮޑުވެ، ޝަކުވާ ކުރަމުން ދާ އިރު، އޭނާ ބުނީ، ބަނޑަށް ޖެހިދާނެތީ ބިރުން އުޅެން އަދި ނުޖެހޭ ކަމަށެވެ.
"ޗައިނާގެ ފިހާރަތަކުން ވެސް އެއްޗިސް ހުސްވި. ވާނުވާ ނޭނގި އެހެން މިހެން އެބަލި ފެތުރުނު. ރާއްޖެ އަދި އެވަރުވާން ގާތް ވެސް ނުވޭ،" އޭނާ ބުންޏެވެ.
އެކަމަކު މިހާރު އަތުގައި ހުރި އެއްޗަކާ އެއްކޮށް މި ހާލަތަށް އެޖަސްޓުވާން ނޭނގިއްޖެ ނަމަ ރާއްޖެ ސަލާމަތްނުވުމުގެ ބިރު އޭނާއަށް އެބަ އޮތެވެ. އެހެން ގައުމުތަކުގައި ކަން ވަމުން އަންނަ ގޮތް މިހާރު ވެސް ދިވެހިންނަށް ފެނިފައި ވާތީ، އެއީ ލިބެން ޖެހޭ އިބުރަތެއް ކަމަށް އޭނާ ދެކެ އެވެ. އެހެންކަމުން އެ ކެތްތެރިކަން މިވަގުތު ނެރެން އެބަ ޖެހޭކަން، ދިވެހިންނަށް އޭނާ ހަނދާންކޮށްދިނެވެ.
"ޗައިނާގެ ފިހާރަތަކުން ވެސް އެއްޗިސް ހުސްވި. ވާނުވާ ނޭނގި އެހެން މިހެން އެބަލި ފެތުރުނު. ރާއްޖެ އަދި އެވަރުވާން ގާތް ވެސް ނުވޭ."
ވޫހާން ސިޓީގައި ތަރުކާރީ އަށް އޯޑަރުކުރި މީހުންނަށް ވޮލަންޓިއަރުން ތަކެތި ފޯރުކޮށްދެނީ --ފޮޓޯ:އޭއެފްޕީ
ދިވެހިންނަށް ވުރެ ޗައިނާ މީހުންގެ އަހުލާގީ މިންގަނޑު މާ ފުރިހަމަ ކަމަށެވެ. ލޮކްޑައުންއަށް ދިޔަ ހިސާބުން ފެށިގެން އެމީހުން އެއްވެސް ވަރަކަށް ބޭރަށް ނުކުމެ ނޫޅެ އެވެ. ކާބޯތަކެއްޗަށް އެވަރަށް ދަތިވި އިރު ވެސް ކަމާ ބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފެއްނުވެ އެވެ.
ޗައިނާ ސަރުކާރުންނާއި ކަމާ ބެހޭ އިދާރާތަކުން އެޅި ފިޔަވަޅުތައް ވަރަށް ހަރުކަށިކަން އޭނާ ވެސް ގަބޫލުކުރެ އެވެ. އެކަމަކު ކޮވިޑް-19 އިން ވޫހާން އާއި ޗައިނާ ސަލާމަތްވީ ރައްޔިތުން ވެސް ހިފެހެއްޓި އަހުލާގީ މިންގަނޑުގެ ސަބަބުން ކަމަށް، އޭނާ ބުންޏެވެ.
"ރާއްޖެ އެ ހިސާބަށް ނުދަނީސް މި ހާލަތުގައި ކެތްކުރުން އެންމެ ރަނގަޅީ. މި ގައުމު ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ އެއީ،" އޭނާ ބުންޏެވެ.
ސިނޮފާމްގެ ވެކްސިންގެ 100،000 ޑޯޒް ގެނެސްފި
ސައިނޯފާމް ވެކްސިނަށް ހުއްދަދިނުމުގެ ދިރާސާ އަދި ނުނިމޭ
ޗައިނާ ވެކްސިންގެ 5،000 ޑޯޒު ރާއްޖެ ގެނެސްފި
ރާއްޖެއަށް ޗައިނާގެ އެހީތައް ގެނައުމުގެ ދަތުރު ފަށައިފި
ފެލައިނީއަށް ޖެހުނު ކަމަށް ބެލެވެނީ ރާއްޖޭން ދިޔަފަހުން
ކޮވިޑް-19- ރާއްޖެއަށް އެހީވާން ޗައިނާއިން ލިސްޓެއް
ޗައިނާ އިން އައި ދިވެއްސަކު ކަރަންޓީނުކޮށްފި
ވައިރަސްއާ ގުޅިގެން، ކްރޫޒްލައިނާތައް ރާއްޖެ އައުން މަނާކޮށްފި
ޗައިނާ އިން އައި ދެ ދިވެއްސަކު ކަރަންޓީން ކޮށްފި
ވޫހާން އިން ގެންދިޔަ ދިވެހިން ވައިރަހަށް ނެގެޓިވް