09 ޖެނުއަރީ 2025
ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީ ހާލަތު ބެލުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އޮޓިޑް ފާމެއް ކަމަށްވާ އެމްއެޗްޕީއޭއާ ހަވާލުކޮށްފި އެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީ ހާލަތު ބެލުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އޮޓިޑް ފާމެއް ކަމަށްވާ އެމްއެޗްޕީއޭއާ ހަވާލުކޮށްފި އެވެ.
އެއީ މިދިޔަ ހަތް ވަރަކަށް އަހަރު އެފްއޭއެމް އޮޑިޓް ކުރުމުގެ މަސައްކަތް ކުރި ފާމް ވެސް މެ އެވެ.
ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، އެސޯސިއޭޝަންތަކުގެ ފައިނޭންޝަލް ގަވަނެންސް ހަރުދަނާ ކުރުމަށްޓަކައި އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ފައިނޭންޝަލް އެސެސްމެންޓެއް ހެދުމަށް އޮލިމްޕިކް ކޮމިޓީން ހަވާލުކުރި މިނިވަން އޮޑިޓް ފާމަކީ އެމްއެޗްޕީއޭ ކަމަށް ވެސް ސާކިއުލާގައި ވެ އެވެ.
ފައިނޭންޝަލް އެސްއެސްމެންޓް ހެދުމަށް ވަކިވަކި އެސޯސިއޭޝަންތަކާ އެކު، އިންޓަވިއުތަކެއް އެމްއެޗްޕީއޭ އިން ކުރިއަށް ގެންދާނެ ކަމަށް ވެސް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ބުންޏެވެ.
މާލީ ގޮތުން އަޑިއަޅާލާފައިވާ އެފްއޭއެމްގެ ހާލަތާ ބެހޭގޮތުން، އެމްއެޗްޕީއޭ އިން ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. ހާއްސަކޮށް އެ އެސޯސިއޭޝަންގެ 2022 ގެ އޮޑިޓް ރިޕޯޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވީ ނަމަވެސް އެފްއޭއެމްގެ މެންބަރު ކްލަބްތަކުން ވަނީ 2023 ގެ ކޮންގްރެސްގައި އެ އިން އެއްވެސް މައްސަލައެއް ފާހަގަނުކޮށް އޮޑިޓް ރިޕޯޓަށް ރުހުން ދީފަ އެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީ ހާލަތު ބެލުން އެމްއެޗްޕީއޭއާ ހަވާލު ކުރުމުން ކުޅިވަރު ދާއިރާގެ ބައެއް މީހުންގެ ކަންބޮޑުވުންތައް އުޅޭތީ އެ ފާމުން ދިން ޖަވާބުގައި ބުނީ، އޮޑިޓަރެއްގެ ހައިސިއްޔަތުން މައިގަނޑު މަސްއޫލިއްޔަތަކީ ބަލަން ޖެހޭ ބެލުންތައް ބަލައި ކަންކަން ފާހަގަ ކުރުން ކަމަށެވެ.
"އެންމެ ކުޑަމިނުން [އެފްއޭއެމްގެ] އެންމެ ފަހުގެ އޮޑިޓް ރިޕޯޓް 2022 ގެ [ރިޕޯޓް] ވިދާޅުވެލެއްވުމައް އެދެމެވެ. އޮޑިޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މައިގަނޑު މަސްއޫލިއްޔަތަކީ ބަލަންޖެހޭ ބެލުންތައްތައް ބެލުމަށް ފަހު ރިޕޯޓް ނެރުމެވެ. ރިޕޯޓު ކިޔުއްވުމަށް ފަހު ފިޔަވަޅު އެޅުމަކީ އޮޑިޓަރުގެ މަސްއޫލިއްޔަތެއް ނޫނެވެ،" އެމްއެޗްޕީއޭއިން ލިޔުމުން "މިހާރު" އަށް ދިން ޖަވާބުގައި ވެ އެވެ.
"މިހާރު" އަށް ވެސް ކޮޕީ ލިބިފައިވާ ސްޕޯޓްސް ކޮމިޝަނަރުގެ ސާކިއުލާގައި ބުނީ، އެސޯސިއޭޝަންތަކުގެ އަހަރީ އޮޑިޓް ހެދުމުގައި ސްޕޯޓްސް ކޮމިޝަނަރާއި އޮލިމްޕިކް ކޮމިޓީ ގުޅިގެން އެހީތެރިވެދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެސޯސިއޭޝަންތަކުގެ ފައިނޭންސާ ގުޅޭ މަސައްކަތް ކުރާ މީހުންނަށް ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމާ ގުޅޭ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ސާކިއުލާގައިވެ އެވެ.
އެފްއޭއެމް ރިފޯމްކުރުމުގެ އެޖެންޑާގެ ތަރުތީބު ގޯސް!
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
"ކަރުދާސް ކްލަބްތައް"ނުކުމެ އިންތިހާބުތައް ހަރާބުކުރަނީ
އެފްއޭއެމްގެ މައްސަލާގައި ފީފާގެ ލަފާ ސަރުކާރުން ހޯދަނީ
އެފްއޭއެމް ވާނުވާގައި: އެޅޭނެ ފިޔަވަޅެއް ހަމަ ނެތީތަ؟
އެފްއޭއެމާ މެދު ފީފާ އިން ގޮތެއް ނިންމާނެ: ތޮލާލް
އެފްއޭއެމް ނުލައި ފީފާއިން ސަރުކާރާ މަޝްވަރާ ކުރަނީ
މާލީ ތަފުސީލު ސްޕޯޓްސް ކޮމިޝަނަރަށް ފޮނުވީ މާޒިޔާއިން
މާލީ ތަފުސީލު ހޯދަން ކޮމިޝަނަރު އެނގުމުން ނުރުހުން
އިންޒާރަކަށް ނުސިހުނު، އެފްއޭއެމް ފިތްކަނޑުވާލައިފި