28 ޑިސެމްބަރ 2024
އަމިއްލަ މީހުންގެ ގޭގޭގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްތައް ހިންގުން މަނާކޮށްފި އެވެ.
އަމިއްލަ މީހުންގެ ގޭގޭގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްތައް ހިންގުން މަނާކޮށްފި އެވެ.
ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި މުދާތަކެއް ގެއްލުނު ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން "އެކްސް"ގައި ވިދާޅުވީ މައްސަލަ ޖެހިގެން އުޅެނީ ގެއެއްގައި ހަދާފައި ހުރި ވެއާހައުސްއެއްގައި ކަމަށެވެ.
އަމިއްލަ ގޭގޭގައި ބޮންޑެޑް ވެއާހައުސް ހިންގުމަކީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ބޮންޑެޑް ވެއާހައުސް ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ސަަރަހައްދުގައި އެކަނި ކަމަށް ނިންމައި އެކަން ތަންފީޒު ކުރަން ސަރުކާރުން ފަށާފައިވާ ކަމަށެވެ.
ފުލުހުންނާއި ކަސްޓަމްސް އިން ބަލަމުން އަންނަނީ ކަސްޓަމްސްއަށް އެންގުމެެއް ނެތި ބޮންޑެޑް ވެއާހައުސް އެއް ހިންގަމުން ދިޔަ ތަން ދޫކޮށްލައި އެހެން މަސައްކަތެއް އެ ތަނުގައި ފެށި މައްސަލައެކެވެ.
އިހުސާން ވިދާޅުވީ ކަސްޓަމްސް އިން ބެލި ބެލުމުން އެކަން ޔަގީން ވެފައިވާތީ ވެއާހައުސްގައި ހުރި ކަމަށް ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާ ކަމަށެވެ.
މިކަން ހިނގި ގޮތް އިތުރަށް ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަސްޓަމްސާއި ފުލުހުން ގުޅިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސިނގިރޭޓްތައް ގެއްލުމުން 40 މިލިއަން ދައްކަންޖެހިއްޖެ
ކަސްޓަމުން ހިފެހެއްޓި ވޭޕް ފްލޭވާތަކުގައި ޑްރަގެއް ނެތް
ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތް ހަދައިފި
ރަށްރަށަށް ބަނގުރާ އެރުވުން ހުއްޓުވަން ފިޔަވަޅު އަޅަނީ
ވޭޕްގެ ނަމުގައި ޑްރަގް ގެނައުން:މީހަކު ހައްޔަރެއްނުކުރޭ
"ވޭޕް ފްލޭވާ"ގެ ކެނަބިސް ޝިޕްމަންޓެއް އަތުލައިގެންފި
ފަސް އަހަރުން 106 މިލިއަންގެ ވޭޕް އެތެރެކުރި
ގިނައިން ފައިސާ ބޭރުކުރާ ނަމަ، ޑިކްލިއާކުރަން ޖެހޭނެ
ތެލަށް ކުރާ ހަރަދު 95 ޕަސެންޓް އިތުރުވެއްޖެ
މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް ވެސް މައްޗަށް