26 ޑިސެމްބަރ 2024
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެސް ރަހީނުން މިނިވަންކުރުމާ ބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވުމާ ގާތްވެފައިވާ ކަމަށް ހަމާސް އިން އިޒްރޭލުން ބުނުމަށް ފަހު، އެ އެއްބަސްވުން ލަސްވާ މައްސަލައިގައި ދެ ފަރާތުން އެއްބަކު އަނެއް ބަޔަކު ކުށްވެރިކޮށް ވާހަކަ ދައްކަން ފަށައިފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެސް ރަހީނުން މިނިވަންކުރުމާ ބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވުމާ ގާތްވެފައިވާ ކަމަށް ހަމާސް އިން އިޒްރޭލުން ބުނުމަށް ފަހު، އެ އެއްބަސްވުން ލަސްވާ މައްސަލައިގައި ދެ ފަރާތުން އެއްބަކު އަނެއް ބަޔަކު ކުށްވެރިކޮށް ވާހަކަ ދައްކަން ފަށައިފި އެވެ.
ގަތަރާއި މިސްރާއި އެމެރިކާ މެދުވެރިވެގެން ނުސީދާ މަޝްވަރާތައް ދޯހާގައި ކުރިއަށް ގެންގޮސްފައި ވާއިރު، މީގެ އަހަރެއް ކުރިން ދޭން ފެށި ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމެއް ހެދޭތޯ އެތައް ފަހަރަކު މަޝްވަރާކޮށްފައިވެ އެވެ.
މަޝްވާރަތައް ކުރިއަށް ދާއިރު އިޒްރޭލުން އަނެއްކާވެސް ވަނީ ޣައްޒާގައި ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އިއްޔެ އެކަނި ވެސް 17 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު ހަމާސް އާއި އިޒްރޭލުން ވެސް ބުނަނީ މަޝްވަރާއަށް ހުރަހަކަށް ވަނީ އަނެއް ފަރާތް ކަމަށެވެ.
ހަމާސް އިން ކުރިން ވެސް ބުނެފައިވަނީ އިޒްރޭލުން އާ ޝަރުތުތަކެއް ނުކޮށްފި ނަމަ އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. އެކަމަކު އިއްޔެ ބުނީ އިޒްރޭލުން އަނެއްކާވެސް އާ ކަންތައްތަކެއް ޝަރުތުކޮށްފައިވާ ކަމަށެވެ. އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ އެހެންވަ ކަމަށް ހަމާސް އިން ބުންޏެވެ.
ހަމާސް އިން ބުނީ އިޒްރޭލު ކަންބޮޑުވަނީ ޣައްޒާއިން ސިފައިން އަނބުރާ ގެންދިއުމާއި، ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ޝަރުތުތަކާއި، އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގައިދީން ދޫކޮށްލުމާއި، ޣައްޒާއިން ގެދޮރު ގެއްލުނު މީހުން އަނބުރާ އައުމަށް ފުރުސަތުދޭން ބުނާތީ ކަމަށެވެ.
އެކަމަކު އިޒްރޭލުން ބުނީ ހުރަސްތައް ކުރިމަތިކުރަނީ ހަމާސް އިން ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލާއި އެތައް ބަޔަކު ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 45،000 އަށް ވުރެ ގިނަ މީހުން ފަލަސްތީނުން ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލުގެ 34 ރަހީނަކު މިނިވަންކުރަން ހަމާސް ތައްޔާރު
އިޒްރޭލުން ހަމަލާދިން ހޮސްޕިޓަލްގެ ވެރިޔާ ހައްޔަރުކޮށްފި
ހަނިއްޔާ އަވަހާރަކޮށްލި ކަމަށް އިޒްރޭލުން އެއްބަސްވެއްޖެ
ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކާ ގާތަށް
ޝަރުތަކާނުލައި ޣައްޒާގެ ހަމަލާތައް ހުއްޓާލަން ގޮވާލަނީ
ހަމާސްއިން ޣައްޒާ ދޫކޮށްލުމާ ބެހޭ މަޝްވަރާތައް ފަށައިފި
ޣައްޒާގެ ހަމަލާތައް ހުއްޓުވޭނެ އެއްބަސްވުމެއް އަދި ނެތް
ހަމަލާތައް ހުއްޓާލަން ތައްޔާރުކަމަށް ހަމާސް ވެސް ބުނެފި
ހަމާސް އޮތީ ހަމަލާތައް ހުއްޓާލަން ތައްޔާރަށް
ހަމާސް އާއި އިޒްރޭލު ސުލްހަކުރުން ގަތަރުން ހުއްޓާލައިފި