24 ޑިސެމްބަރ 2024
ކޮންސްޓްރަކްޝަން މަސައްކަތަށް ރާއްޖެ ގެނައި އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖެހިގެން އެ މީހުން ސަލާމަތްކޮށްދޭން އެދިއްޖެ އެވެ.
ކޮންސްޓްރަކްޝަން މަސައްކަތަށް ރާއްޖެ ގެނައި އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖެހިގެން އެ މީހުން ސަލާމަތްކޮށްދޭން އެދިއްޖެ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، އެ ގައުމުގެ ސާޅީހަކަށް ލޭބަރުން ރާއްޖޭގައި ހާލުގައި ޖެހިގެން އެ މީހުން ސަލާމަތްކޮށްދިނުމަށް އިންޑިއާގެ ސަރުކާރުގައި އެދި ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުކޮށްފަ އެވެ.
ހާލުގައި ޖެހިފައި ވަނީ އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ އެކި ހިސާބުތަކަށް ނިސަބަތްވާ މީހުންނެވެ.
ބިދޭސީން އާންމުކުރި ވީޑިއޯއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނީ އެއީ އިމާރާތެއް އެޅުމުގެ މަސައްކަތަށް މިދިޔަ ޖޫން/ޖުލައި މަހު ރާއްޖެ ގެނައި ބައެއް ކަމަށެވެ. އެ މީހުން ރާއްޖެ އައި ފަހުން މުސާރަ ދީފައި ވަނީ އެންމެ މަހަކު ކަމަށާއި މުސާރަ ނުދޭ މައްސަލާގައި ކުންފުންޏާ ދެކޮޅަށް އިހުތިޖާޖު ކުރުމުން، އެ މީހުންނަށް ހަމަޖައްސާފައިވާ އެކޮމޮޑޭޝަން ބްލޮކުން ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.
އޭގެ ތެރެއިން ބައެއް މީހުންގެ އާއިލާއިން ވެސް ވަނީ ޓައިމްސް އޮފް އިންޑިއާ އަށް މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ. އެ މީހުން ރާއްޖެ އައީ އަމިއްލަ ކުންފުންޏެއްގެ ފަރާތުންނެވެ.
އެ މީހުންގެ އާއިލާތަކުން މި މައްސަލަ އިންޑިއާގެ ސަރުކާރަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.
ނަމަވެސް، މި މީހުން ތިބީ ރާއްޖޭގެ ކޮން ތަނެއްގައި ކަމާއި އެ މީހުން ރާއްޖެ ގެނައީ ކޮން ކުންފުންޏަކުން ކަމެއް އަދި ސާފެއް ނުވެ އެވެ. މިހާތަނަށް ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް ވެސް އަދި ނުލިބެ އެވެ.
ރާއްޖެއިން ބޭރުން ލޭބަރުން ގެނެސް މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅޭ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ.
ހާލުގައި ޖެހުނީ އިންޑިއާގެ ރެނާޓަސްގެ ލޭބަރުން!
އިންޑިއާގެ ލޭބަރުންގެ މައްސަލަ އެލްއާރުއޭ އިން ބަލަނީ
ހައްޔަރުކުރި އިންޑިއާ މީހާ އަތުން 100،000 ޑޮލަރު
ބްރިޖު މަސައްކަތްކުރާ ބިދޭސީ މަރުވި މައްސަލަ ބަލަނީ
މާލޭގެ އިމާރާތަކުން މީހަކު ވެއްޓިގެން ފަރުވާދެނީ
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ
އިންޑިއާ، ނޭޕާލުން ވެސް ލޭބަރުން ގެނެވޭ ގޮތް ހަދައިފި
ދެ ބިދޭސީއަކަށް ހަމަލާދިން މީހަކު 10 އަހަރަށް ޖަލަށް
އިންޑިއާ މީހަކު 12 ކިލޯގެ ޑްރަގާ އެކު ހައްޔަރުކޮށްފި