Roadha Mihaaru
ބްރިޖު މަސައްކަތްކުރާ ބިދޭސީ މަރުވި މައްސަލަ ބަލަނީ

ތިލަމާލެ ބްރިޖްގައި މަސައްކަތްކުރާ ބިދޭސީއަކު މަރުވި މައްސަލަ ތަހުގީގުކުރަނީ

19 ޖޫން 2024

މުޅި މާލެ ސަރަހައްދު ގުޅާލާ ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ހަރަކާތްތެރިވި ބިދޭސީ މުވައްޒަފަކު މަރުވި މައްސަލައެއް ތަހުގީގު ކުރަން ފަށައިިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މުޅި މާލެ ސަރަހައްދު ގުޅާލާ ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ހަރަކާތްތެރިވި ބިދޭސީ މުވައްޒަފަކު މަރުވި މައްސަލައެއް ތަހުގީގު ކުރަން ފަށައިިފި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނީ، ތިލަމާލެ ބްރިޖު ސައިޓްގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ރައްޔިތަކު ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ އެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސް ކުންފުނީގެ މުވައްޒަފެކެވެ. އޭނާ މަރުވެފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިނިސްޓްރީން ނުބުނެ އެވެ.

މިނިސްޓްރީން ބުނީ، މުވައްޒަފު މަރުވި މައްސަލަ ކޮންޓްރެކްޓަރުގެ އެހީއާއެކު މިނިސްޓްރީން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

އެފްކޮންސް އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގައި އިންޑިއާގެ އެތައް ސަތޭކަ ބަޔަކު އަންނަނީ މަސައްކަތް ކުރަމުންނެވެ.