19 ޑިސެމްބަރ 2024
މެކްސިކޯގެ ޕަޗޫކާގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކުރި ހޯދައި އިންޓަ ކޮންޓިނެންޓަލް ކަޕުގެ ތަށި ރެއާލް މެޑްރިޑުން ހޯދައިފި އެވެ.
މެކްސިކޯގެ ޕަޗޫކާގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކުރި ހޯދައި އިންޓަ ކޮންޓިނެންޓަލް ކަޕުގެ ތަށި ރެއާލް މެޑްރިޑުން ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ނިޔަލަށް މި މުބާރާތް ބާއްވާފައިވަނީ ފީފާ ކްލަބް ވޯލްޑް ކަޕުގެ ނަމުގަ އެވެ. އެކަމަކު ކްލަބް ވޯލްޑް ކަޕް، އާ ފޯމެޓަކާ އެކު އަންނަ އަހަރު ބާއްވަން ފީފާއިން މިހާރު ވަނީ ނިންމައިފަ އެވެ. އެހެންވެ ހުރިހާ ބައްރަކުން ކްލަބް ޗެމްޕިއަނުން ވާދަކުރާ މުބާރާތް މިހާރު ބާއްވަނީ އިންޓަކޮންޓިނެންޓަލް ކަޕުގެ ނަމުގަ އެވެ.
މުބާރާތް ރެއާލުން ފެށީ ވެސް ފައިނަލުންނެވެ. ގަތަރުގެ ދޯހާގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އުތުރު އެމެރިކާގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ރެއާލުން މުޅި މެޗު ޑޮމިނޭޓް ކުރި އެވެ. ދޭތެރެދޭތެރެއަކުން ޕަޗޫކާއިން ރެއާލްގެ ގޯލަށް ނުރައްކާ ކުރި އެވެ. އެކަމަކު ޓިބޯ ކޯޓުއާ ބެލެހެއްޓި ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.
ރެއާލްގެ ލަނޑުތައް ޖެހީ ކިލިޔަން އެމްބާޕޭ އާއި ރޮޑްރިގޯ ގޮއިސް އާއި ވިނީޝިއުސް ޖޫނިއާ އެވެ.
މެޗުގެ 37 ވަނަ މިނެޓް ރެއާލް އަށް ލީޑް ނަގައިދޭން އެމްބާޕޭ ޖެހި ލަނޑުގައި ޖޫޑެ ބެލިންހަމް އާއި ވިނީޝިއުސްގެ ދައުރު ބޮޑެވެ. އެ ހަމަލާގައި ބެލިންހަމް ތަނަވަސްކޮށް ދިން ބޯޅަ ވިނީޝިއުސް އަށް ޖެހޭ ގޮތް ނުވުމުން ގޯލްގެ އަރިމައްޗަށްވާ ގޮތަށް ހުރެފައި ވިނީ ނަގައި ދިނީ ގޯލްގެ ކުރިމައްޗަށެވެ. އެމްބާޕޭ އަށް ބޯޅަ ފޮނުވާލީ ހުސް ގޯލަށެވެ.
ވިނީޝިއުސް ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.
މި ތައްޓާ އެކު ރެއާލުން ވަނީ މި އަހަރު ހަތަރު ތަށި ހޯދައިފަ އެވެ. އެއީ ލަލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޔޫއެފާ ސުޕަ ކަޕް ވެސް ހިމަނައިގެންނެވެ. މި ތައްޓަކީ ގްލޯބަލް ކްލަބް މުބާރާތުގެ ގޮތުގައި ރެއާލުން ހޯދި އަށް ވަނަ ތައްޓެވެ. ކްލަބް ވޯލްޑް ކަޕް ފަސް ފަހަރު އެ ޓީމުން ހޯދި އެވެ. އެ މުބާރާތް 2000 ވަނަ އަހަރު ތައާރަފު ކުރުމުގެ ކުރިން ބާއްވަމުން ދިޔަ އިންޓަކޮންޓިނެންޓަލް ކަޕް ދެ ފަހަރު އެ ޓީމުން ކާމިޔާބު ކުރި އެވެ.
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
70 އަހަރަށްފަހު ރެއާލުން ސްޓޭޑިއަމްގެ ނަންބަދަލުކުރަނީ
ރޮޑްރީގެ މައްޗަށް މި ފަހަރު ކުރި ހޯދީ ވިނީ
އެމްބާޕޭ ފުރުސަތު ނަގާލުމުން ރެއާލް ބަލިވެއްޖެ
އަންޗެލޮޓީގެ އެކްސްޕެރިމެންޓް ކާމިޔާބު!
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ
ރިޓަޔާ ކުރުމަށް ފަހު ދާނީ ރާއްޖެއަށް: އަންޗެލޮޓީ
ރެއާލުގެ ޔޫތު ޓީމުގެ ކޯޗުކަމުން ރައުލް ވަކިކުރަނީ
ވަކި އެއް ސްޓައިލަކަށް ރެއާލުން ބަރޯސާ ނުވާނެ: ކޯޗު
ރެއާލްގެ ވާހަކަތައް ލީކު ކުރުމުން މައްސަލަ ޖެހިއްޖެ