18 ޑިސެމްބަރ 2024
ސްރީ ލަންކާއިން ހިޖުރަކުރި ބަޔަކު ޗާގޯސްގައި އޮންނަ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ [ފޯޅަވަހި] ގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިފަހައްޓައިގެން ގެންގުޅެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސްރީ ލަންކާއިން ހިޖުރަކުރި ބަޔަކު ޗާގޯސްގައި އޮންނަ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ [ފޯޅަވަހި] ގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިފަހައްޓައިގެން ގެންގުޅެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ހުކުމުގައި ބުނެފައިވަނީ 1965 ވަނަ އަހަރު އިނގިރޭސިވިލާތުން ބީއައިއޯޓީގެ ނަމުން ނަން ދީފައިވާ ޗާގޯސް އައިލެންޑްސްގެ ތެރޭގައި ހިމެނޭ އިނގިރޭސި-އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާގެ ޖަލެއް ފަދަ ކޭމްޕްތަކުގައި ބަންދުކޮށްގެން ގެންގުޅުނީ ސްރީ ލަންކާގެ ތަމަޅައިން ތެރެއިން ހިމާޔަތް ހޯދަން އުޅުނު 64 މީހުން ކަނޑުމަތިން ސަލާމަތް ކުރުމަށް ފަހު ކަމަށެވެ.
އޭގެ ތެރެއިން ގިނަ ބަޔަކު ބުނެފައިވަނީ އެ މީހުންނަކީ ލަންކާގައި ބައި މަދު ތަމަޅައިން ކަމަށް ވާތީ ޒަމާނުންސުރެ އެ ނަސްލުގެ މީހުންނަށް އަނިޔާވެރިކޮށް ކަންކަން ކުރާ ކަމަށެވެ. އެހެންވެ ޑިއެގޯ ގާސިއާއަށް އެރުމަށް ފަހު އެ މީހުން ވަނީ ބައިނަލްއަގުވާމީ ހިމާޔަތަށް އެދިފަ އެވެ.
މި މީހުންގެ ތެރެއިން ގިނަ މީހުން މި މަހުގެ ކުރީކޮޅު ވަނީ އިނގިރޭސިވިލާތަށް ގެންގޮސް ލަންޑަނުން ހިމާޔަތަށް އެދުމުގެ ފުރުސަތު ދީފަ އެވެ.
ލަންކާގައި ކުރިމަތިވި އަނިޔާތަކުން ސަލާމަތްވުމަށް ގައުމު ދޫކޮށް ދިޔަ ކަމަށް ބުނާ ތަމަޅައިން ޑިއޭގޯ ގާސިއާއަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކެނެޑާއަށް ދަނިކޮށް އެ މީހުން ދަތުރުކުރި އުޅަނދަށް މައްސަލަތަކެއް ދިމާވުމުން އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިންނެވެ.
ކަނޑުގެ ސިފައިން އެ މީހުން ސަލާމަތްކޮށް ޑިއެގޯ ގާސިއާއަށް ގެންދިޔަ ފަހުން އުޅެމުން ދަނީ ފުޓްބޯޅަ ދަނޑެއްގެ ސައިޒުގައި އޮތް ޓެންޓް ކޭމްޕެއްގަ އެވެ. މީދާ ގިނަ އަދި ވަށައިގެން ކަށިނަރު ޖަހާފައިވާ އެތަނުގައި އުޅެމުން ދަނީ ވަރަށް ވޭންދެނިވި ހާލަތެއްގައި ކަމަށް އެ މީހުން ބުނެ އެވެ.
ޗާގޯސް މޮރިޝަސްއަށް ދޭނެ ކަމާ މެދު ސުވާލުއުފެދިއްޖެ
ޓްރަމްޕް ސަރުކާރުން ޗާގޯސް ޑީލަށް ހުރަސް އަޅާފާނެ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
ޗާގޯސްގައި އަލުން ވަޒަންވެރިއެއް ނުކުރެވޭނެ: ކެމަރަން
ކަނޑުގެ ސަރަހައްދު ހޯދުން އަވަސްކުރަން ގާސިމް އެދިއްޖެ
މޮރިޝަސްއަށް ޗާގޮސް ދިނުމުގެ ވިސްނުން ދޫކޮށްލައިފި
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!
ޗާގޯސް ދިނަސް، އެމެރިކާގެ އަސްކަރީ ބޭސް ދެމިއޮންނާނެ
ޗާގޮސް މޮރިޝަސްއާ ހަވާލުކުރަން ޔޫކޭއިން މަޝްވަރާ ފަށަނީ
ޗާގޯސް މައްސަލަ: ރާއްޖެއިން މޮރިޝަސްއަށް ތާއީދުކުރަނީ