އިނގިރޭސި ވިލާތުން އިސްތިއުމާރުކޮށްފައި އޮންނަ ޗާގޯސް އަލުން މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުން ކޯޓު އަމުރަކުން ފަހު ވަގުތު ހުއްޓުވުމަށް ފަހު މާ ގިނައިރުތަކެއް ނުވެ އެ އަމުރު އުވާލައި އެއްބަސްވުމައިގެން ކުރިއަށްދިއުމުގެ ހުއްދަ އިނގިރޭސި ވިލާތުގެ ކޯޓަކުން މިއަދު ދީފި އެވެ.
އިނގިރޭސި ވިލާތުން އިސްތިއުމާރުކޮށްފައި އޮންނަ ޗާގޯސް އަލުން މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުން ކޯޓު އަމުރަކުން ފަހު ވަގުތު ހުއްޓުވުމަށް ފަހު މާ ގިނައިރުތަކެއް ނުވެ އެ އަމުރު އުވާލައި އެއްބަސްވުމައިގެން ކުރިއަށްދިއުމުގެ ހުއްދަ އިނގިރޭސި ވިލާތުގެ ކޯޓަކުން މިއަދު ދީފި އެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުންއިސްތިޝާރީ ލަފައެއް ނެރެފައި ވާއިރު އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.
މި ލަފާގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެއްބަސްވުމުގައި ޗާގޯސް އަލުން މޮރިޝަސްއާ ހަވާލުކޮށް އަދި ޗާގޯސްގެ ރަށްތަކުގެ ތެރެއިން އެމެރިކާގެ އަސްކަރީ ބޭސް ހަދަން އިނގިރޭސި ވިލާތުން ކުއްޔަށް ދީފައިވާ ޑިއޭގޯ ގާސިއާ އެގޮތުގައި ބޭއްވުމުގެ ބަދަލުގެ ގޮތުގައި މޮރިޝަސް އަށް ފައިސާ ވެސް ދޭނެ އެވެ. ޗާގޯސް ކުއްޔަށް ދޭނީ 99 އަހަރަށް ކަމަށާއި ކޮންމެ އަހަރަކު ކުލީގެ ގޮތުގައި 90 މިލިއަން ޕައުންޑް (111 މިލިއަން ޑޮލަރު) މޮރިޝަސްއަށް ދޭން އެއްބަސްވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ކުއްޔާ ބެހޭ ގޮތުން އިނގިރޭސި ވިލާތުން ވާހަކައެއް ނުދައްކަ އެވެ.
ޗާގޯސްގެ ރަށެއް: މި ރަށްތަކުން ޗާގޯސްގެ ރައްޔިތުން ގަދަކަމުން ބާލުވައި އެމެރިކާގެ އަސްކަރީ ބޭނުންތަކަށް ވަނީ ނަގާފައި.
ނަމަވެސް ޗާގޯސްގެ ދެ އަންހެނުން ކަމަށްވާ ބާޓްރިސް ޕޮމްޕޭ އާއި ބާނަޑެޓް ޑުގާސޭ ވަނީ އެއްބަސްވުން ކުރިއަށްދާ ގޮތާ މެދު ހުރި ކަންބޮޑުވުންތަކަކާ ގުޅިގެން އެކަން ވަގުތީ ގޮތުން ހުއްޓުވަން ލަންޑަންގެ ހައި ކޯޓުން ވަގުތީ އަމުރެއް ހޯދައިފަ އެވެ. ފަތިހު ބޭއްވި އަޑުއެހުމެއްގައި ނެރުނު އަމުރަށް ފަހު، ހެނދުނު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު މާޓިން ޗެމްބަލެއިން ވަނީ އެ އަމުރުގެ މުއްދަތު އިތުރުކުރުމުން އިނގިރޭސިވިލާތުގެ ގައުމީ މަސްލަހަތާއި އާންމު މަސްލަހަތަށް ނޭދެވޭ އަސަރުކުރާނެ ކަމަށާއި އެކަމާ ގުޅޭ "ވަރަށް ހަރުދަނާ މައްސަލައެއް" އޮތް ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އަމުރު ބާތިލްކުރެއްވީ އެވެ.
މި ނިންމުމަށް އިނގިރޭސި ވިލާތުގެ ސަރުކާރުން މަރުހަބާ ކިޔާފައި ވާއިރު މިއަދު ކޮންމެވެސް ވަގުތެއްގައި އެއްބަސްވުން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ބައި ގަރުނަށް ފަހު މި ރަށްތައް މޮރިޝަސް އަށް ދޫކޮށްލަން އެއްބަސްވެފައި މި ވަނީ އެތައް އަހަރެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހު އެވެ.
ޗާގޯސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް އިޓްލޮސް އިން ކަނޑައަޅައި، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބަހާލި ގޮތް.
އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސް ވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރު ކޮށްގެން ތިބުމަށްފަހު މޮރިޝަސް އަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970 ގެ އަހަރުތަކުގެ ތެރޭގައި ބަދަލު ކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީ އެވެ. އޭރު އެތަނުގެ އާބާދީއަކީ ގާތްގަނޑަކަށް 2،000 އެވެ.
އައިސީޖޭ އިން 2019 ވަނަ އަހަރު ޗާގޯސްގެ މައްސަލައިގައި ނިންމި ނިންމުމުގެ މައްޗަށް ބުރަވެ މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އަށް މައްސަލަ ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ދިވެހިރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސި ވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެންވެ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން މިހާރު ވަނީ ވަކިކޮށްފަ އެވެ.
ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.
ޗާގޯސް ދިނަސް، އެމެރިކާގެ އަސްކަރީ ބޭސް ދެމިއޮންނާނެ
ފޯޅަވަހީގައި ވަޒަންވެރި ނުވެވޭތީ އަދިވެސް ހައްގު ނުލިބޭ
އެމެރިކާގެ ވެސް ރުހުމާ އެކު ޗާގޯސް މޮރިޝަސްއަށް ދީފި
ފޯޅަވަހީގެ އެއްބަސްވުމަކަށް ބަދަލެއް ނުގެންނަން: ޔޫކޭ
ޗާގޯސްގެ މައްސަލައިގައި ޔޫކޭ-މޮރިޝަސްގެ އާ ޑީލެއް
ޗާގޯސް ޑީލަށް ޓްރަމްޕުގެ ބަހެއް އޮންނަންވާނެ: ޔޫކޭ
ޗާގޯސް މޮރިޝަސްއަށް ދޭނެ ކަމާ މެދު ސުވާލުއުފެދިއްޖެ
ޓްރަމްޕް ސަރުކާރުން ޗާގޯސް ޑީލަށް ހުރަސް އަޅާފާނެ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
ޗާގޯސްގައި އަލުން ވަޒަންވެރިއެއް ނުކުރެވޭނެ: ކެމަރަން