އިނގިރޭސި ވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރިޔަސް އެ ރަށްތަކުން ބޭރުކޮށްލި މީހުންގެ ހައްގުތައް އަދިވެސް ކަށަވަރު ނުވާ ކަމަށް އދ.ގެ ތަޖުރިބާކާރުންގެ ޓީމަކުން އިއްޔެ ބުނެފި އެވެ.
އިނގިރޭސި ވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރިޔަސް އެ ރަށްތަކުން ބޭރުކޮށްލި މީހުންގެ ހައްގުތައް އަދިވެސް ކަށަވަރު ނުވާ ކަމަށް އދ.ގެ ތަޖުރިބާކާރުންގެ ޓީމަކުން އިއްޔެ ބުނެފި އެވެ.
މިދިޔަ މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައ ވިޔަސް އެ އަތޮޅުގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) މިހާރުވެސް އިނގިރޭސި ވިލާތާއި އެމެރިކާއިން އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ ދީފަ އެވެ. އެ ރަށް 99 އަހަރަށް އެ ގޮތުގައި ބާއްވަން އެއްބަސްވެފައިވަނީ އަހަރަކު 137 މިލިއަން ޑޮލަރުގެ ކުއްޔަށެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އދ.ގެ އެންމެ މަތީ ކޯޓުން ނެރުނު ލަފަޔާ އެއްގޮތަށް، ޗާގޯސްގެ 50 އަށް ވުރެ ގިނަ ރަށުގައި، އެތަނުން 1960ގެ ތެރޭ އިނގިރޭސި އިސްތިއުމާރުގައި ނެރެލި މީހުން ވަޒަންވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު ފޯޅަަވަހި އަދިވެސް އޮންނާނީ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ކަމަށް ވާތީ އެތަނުގައި ވަަޒަންވެރިއެއް ނުވެވޭނެ އެވެ.
"އިނގިރޭސި ވިލާތާއި އެމެރިކާގެ އަސްކަރީ ބާރުތައް ފޯޅަވަހީގައި ދަމަހައްޓައި، އެތަނުގައި ޗާގޯސްގެ އަސްލު ރަށްވެހިންނަށް އަލުން ވަޒަންވެރި ނުވެވޭ ގޮތަށް އޮތުމުން، މި އެއްބަސްވުމަކީ ޗާގޯސް ރައްޔިތުން އެނބުރި އައުމުގެ ހައްގު ގެއްލޭ އެއްބަސްވުމެއް ކަމަށް ބެލެވޭ،" އދ.ގެ އެކްސްޕާޓުންގެ ގުޅިފައިވާ ބަޔާނުގައިވެ އެވެ.
މިއީ އެ މީހުންގެ ކާބަފައިންގެ ބިންތަކަށް އެނބުރި އައުމާއި ސަގާފީ ހައްގުތަކަށް ހުރަސް އެޅޭ އެއްބަސްވުމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ޗާގޯސް ހަވާލުކުރުމުގެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން ވަނީ ވަޒަނުން ނެރެލާފައިވާ ޗާގޯސް މީހުންގެ 10،000 މީހުންނަށް 40 މިލިއަން ޕައުންޑުގެ ޓްރަސްޓް ފަންޑެއް އުފައްދަން ނިންމައިފަ އެވެ. އެކަމަކު އދ.ގެ މާހިރުން ބުނެފައިވަނީ މިއީ ޗާގޯސް މީހުންގެ ގެއްލިފައިވާ ހައްގުތައް ހޯދުމަށާއި އަލުން ވަޒަންވެރިކުރުވުމުގައި އެކަށީގެންވާ ގޮތުގައި ބޭނުންކުރެވިދާނެ ފަންޑެއްތޯ ސުވާލު އުފައްދައިފަ އެވެ. -- އޭއެފްޕީ
އެމެރިކާގެ ވެސް ރުހުމާ އެކު ޗާގޯސް މޮރިޝަސްއަށް ދީފި
ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތަށް ހުއްދަދީފި
ފޯޅަވަހީގެ އެއްބަސްވުމަކަށް ބަދަލެއް ނުގެންނަން: ޔޫކޭ
ޗާގޯސްގެ މައްސަލައިގައި ޔޫކޭ-މޮރިޝަސްގެ އާ ޑީލެއް
ޗާގޯސް ޑީލަށް ޓްރަމްޕުގެ ބަހެއް އޮންނަންވާނެ: ޔޫކޭ
ޗާގޯސް މޮރިޝަސްއަށް ދޭނެ ކަމާ މެދު ސުވާލުއުފެދިއްޖެ
ޓްރަމްޕް ސަރުކާރުން ޗާގޯސް ޑީލަށް ހުރަސް އަޅާފާނެ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
ޗާގޯސްގައި އަލުން ވަޒަންވެރިއެއް ނުކުރެވޭނެ: ކެމަރަން
ކަނޑުގެ ސަރަހައްދު ހޯދުން އަވަސްކުރަން ގާސިމް އެދިއްޖެ