ޑީސީ ޔުނިވާސްގެ ސުޕަހީރޯ "ސުޕަމޭން"ގެ އާ ފިލްމުގެ ފުރަތަމަ ޕޯސްޓަރު އިއްޔެ އާންމުކޮށްފި އެވެ.
ޑީސީ ޔުނިވާސްގެ ސުޕަހީރޯ "ސުޕަމޭން"ގެ އާ ފިލްމުގެ ފުރަތަމަ ޕޯސްޓަރު އިއްޔެ އާންމުކޮށްފި އެވެ.
"ސުޕަމޭން"ގެ ޕޯސްޓަރުގައި ފެންނަނީ މި ފިލްމުގައި ސުޕަމޭންގެ ރޯލު ކުޅޭ ޑޭވިޑް ކޮރެންސްވެޓް އެވެ. އޭނާ ހުރީ ސުޕަމޭންގެ ކޮސްޓިއުމްގަ އެވެ. މީގެ މޯޝަން ޕޯސްޓަރެއް ވެސް ވަނީ އާންމުކޮށްފަ އެވެ. އަދި އެ ފިލްމުގެ ފުރަތަމަ ޓްރެއިލާ މާދަމާ ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފިލްމު ޑައިރެކްޓުކުރަނީ ޑީސީ ސްޓޫޑިއޯ ހިންގުމާ މިހާރު ހަވާލުވެ ހުރި ޖޭމްސް ގަން އެވެ.
ދުނިޔޭގައި އުޅެ ބޮޑުވި ސުޕަމޭންގެ އުފަން ޕްލެނެޓް، ކްރިޕްޓޯންގެ ސަގާފަތާއި ތަރިކަ އަލުން ހޯދުމަށް ކުރާ ދަތުރުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ވެސް އޭނާ އެވެ.
ޖޭމްސް ވަނީ މާވެލްގެ "ގާޑިއަންސް އޮފް ދަ ގެލެކްސީ"ގެ ސީކުއެލް އާއި ޑީސީގެ "ސުއިސައިޑް ސްކޮޑް" ކަހަލަ ފިލްމުތައް ޑައިރެކްޓުކޮށްފަ އެވެ.
"ސުޕަމޭން" ޕްރިމިއާކުރަނީ އަންނަ އަހަރު ޖުލައި 11 ގަ އެވެ.
"ސުޕަމޭން"ގެ ދެވަނަ ފިލްމު 2027 ގައި ގެނެސްދެނީ
އެއް ހަފުތާއިން "ސުޕަމޭން"އަށް 300 މިލިއަން ޑޮލަރު
"ސުޕަގާލް"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި
"ސުޕަމޭން"އަށް ތަރުހީބު ބޮޑު؛ 56 މިލިއަން ޑޮލަރު
"ސްޕައިޑަމޭން"ގެ ފުރަތަމަ ދުވަސް ކެމެރާގެ ފުރަގަހުން
ސްޕައިޑަމޭން 4 އަންނަ އަހަރު ގެނެސްދެނީ
"ބެޓްމޭން ޕާޓް 2"ގެ ސްކްރިޕްޓް ލިޔެ ނިމިއްޖެ
ބޮލީވުޑަށް ޝޮކެއް؛ ޝާހު މާވެލްއާ ގުޅެނީ؟
"ފެންޓާސްޓިކް ފޯ"ގެ ޓްރެއިލާ އާންމުކޮށްފި
ސޭޑީ ސިންކް އަށް "ސްޕައިޑަމޭ 4"ގެ ރޯލެއް